29 ޖެނުއަރީ 2022
އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު ޕީޕީއެމަށް ކާމިޔާބު ކުރެވިއްޖެ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަގާމުތައް ވެސް ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވީ، އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ ފަތުހީ އަށް ތާއީދު ހޯދުމަށް މާލޭގެ ރެސްޓޯރެންޓެއްގައި އެ ދާއިރާގެ ބައެއް މީހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޔާމީން ވިދާޅުވީ، ސިޔާސީ ކަންކަމުގައި ކަންކަން ކުރާނެ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަސްކޮށްދީފައިވާ ކަމަށާއި އެ މަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ، ބައެއް ކަންކަން ކުރައްވާނީ މި ވެރިކަމުގައި ވެސް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.
"އަޅުގަނޑު ވެސް ބޭނުންވަނީ ބައެއް ކަންކަން ހަމަ އެ ގޮތަށް ކުރިއަށް ގެންދަން. އޭގެ ތެރެއިން އެއް ކަމެއް އަޅުގަނޑު ދަންނަވާލާނަން. ދެހާސް ތޭވީހުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ހިދުމަތް ކުރަން ލިބިއްޖެ ނަމަ، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ވިޔަސް އަދި މުވައްސަސާތަކުގެ ވަޒީފާތައް ވިޔަސް، މި ތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،" މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ޕީޕީއެމްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ޔާމީން ވިދާޅުވި އެވެ.
"އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އަޅުގަނޑުމެން އޭރު [ވެރިކަން ލިބުމުން] އިސްކަންދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މީހުންނަށް."
އިދިކޮޅު ލީޑަރު ވިދާޅުވިގޮތުގައި، ޕީޕީއެމްގެ އެކި ކަންކަމުގައި އުޅެނިކޮށް އެކި ތުހުމަތުތައް ކޮށް، ވަޒީފާ އިން ވަކިކުރާ މީހުންނަށް ވަކީލުންގެ އެހީތެރިކަން ވެސް ހިލޭ ފޯރުކޮށްދޭނެ އެވެ. އަދި ވަޒީފާތަކުން ވަކިކުރިއިރު، ތިބި މަގާމުތަކަށް ވުރެ ރަނގަޅު މަގާމުތައް ވެސް 2023 ގެ އިންތިހާބު ޕީޕީއެމަށް ލިބިއްޖެ ނަމަ ދޭނެ ކަމަށް ވިދާޅުވި އެވެ.
އިިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ--- މިހާރު ފައިލް ފޮޓޯ
ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން ރާއްޖޭގައި މިހާ ބޮޑަށް ވާދަވެރިކަން އުފެދި ވެރިކަމުގައި ތިބި ބަޔަކު އަނިޔާވެރިވުމުން ދެން ޖެހޭނީ "އެ ބަޔަކު މިނެދިން ނާޅިން މިނެދޭން،" ކަމަށެވެ.
އެގޮތަށް ޔާމީން ފާޑުވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
"ގާސިމް، އާސަންދައިގެ ހިދުމަތް ވެސް ލިބޭނީ ރައީސުލްޖުމްހޫރިއްޔާ [އެމްޑީޕީ] އަަށް މި ގޮނޑި ދޭ މީހުންނަށޭ ވިދާޅުވާ ބީދައިން ވާހަކަ ދެއްކެވީ. އެއީތޯ ރާއްޖޭގައި ކަންތައް އޮންނަން ޖެހޭ ގޮތަކީ. މީހުން ބަލިވީމާ އެހީތެރިވާން ޖެހެނީ އޭނާގެ ޕާޓީގެ ކުލައަށް ބަލާފައިތޯ،" ޔާމީން ސުވާލު އުފެއްދެވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި، ޕީޕީއެމްގައި އެ މަނިކުފާނުގެ ބަސް ހިނގާ ނަމަ އަދި ކުރިމަގުގައި ކޯލިޝަނެއް ހަދަން ޖެހުނަސް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ގޮނޑިއެއް އެހެން ޕާޓީއަކަށް ނުދޭން ވަނީ ނިންމައިފަ އެވެ.
އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އަޅުގަނޑުމެން އޭރު [ވެރިކަން ލިބުމުން] އިސްކަންދޭނަން މިހާރު އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ މީހުންނަށް."--- ޔާމީން
ޔާމީން ވިދާޅުވީ އެ ޕާޓީން ކުރިން ބައެއް ގޮނޑިތައް ޖުމްހޫރީ ޕާޓީ އަށް ދޫކުރި ކަމަށާއި އެކަމަކު ރައްޔިތުން ޖޭޕީ ބަލައިނުގަތުމުން ގޮނޑި ކާމިޔާބުވީ އެމްޑީޕީ އަށް ކަމަށެވެ. އެހެންވެ، އެކަން ތަކުރާރުވާން ބޭނުންފުޅު ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ސަތޭކައިން ސަތޭކަ ޕީޕީއެމް މީހުން ތިބެން ޖެހޭ ގޮނޑިތަކެއް [މަޖިލިސް ގޮނޑިތައް] ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެއްވެސް އިންތިހާބަކަށް މަސައްކަތް ނުކުރާ ވަރަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މަސައްކަތްޕުޅު ކުރައްވަނީ ދީނާއި ގައުމަށްޓަކައި ކަމަށެވެ.
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
މުއިއްޒުގެ އެޖެންޑާގެ ކުރީގައި ޔާމީން މިނިވަންކުރުން!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ބަލަން އުޅުނު ފައިލްގައި ޔާމީންގެ ފޯމެއް ނެތް:ވަކީލުން
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކުރަން ސުޕްރީމްކޯޓަށް
ޔާމީންގެ ފޯމު ހުށަހަޅަން މަސައްކަތް ފަށައިފި
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޔާމީން "ފަރުވާ" ހޯއްދަވައި ދެއްވާނެ: އާދަމް ޝަރީފް