ވޮޝިންޓަން (ޑިސެމްބަރު 17) - އިރާގުގެ ރައީސްކަމުގެ މަގާމުގައި ސައްދާމު ހުސައިން ބެހެއްޓި ނަމަ މާބޮޑަށް ރަނގަޅުވީސް ކަމަށާއި މިއަދު އުފެދިގެން އުޅޭ ހަމަނުޖެހުންތައް އެހެން ނަމަ ނުއުފެދޭނެ ކަމަށް ސައްދާމާ ސުވާލު ކުރި ސީއައިއޭގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
17 ޑިސެމްބަރ 2016
ވޮޝިންޓަން (ޑިސެމްބަރު 17) - އިރާގުގެ ރައީސްކަމުގެ މަގާމުގައި ސައްދާމު ހުސައިން ބެހެއްޓި ނަމަ މާބޮޑަށް ރަނގަޅުވީސް ކަމަށާއި މިއަދު އުފެދިގެން އުޅޭ ހަމަނުޖެހުންތައް އެހެން ނަމަ ނުއުފެދޭނެ ކަމަށް ސައްދާމާ ސުވާލު ކުރި ސީއައިއޭގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ކޯލީޝަނުގެ ސިފައިން ޑިސެމްބަރު، 2003 ގައި ސައްދާމު އަތުލައިގަތުމާ އެކު އޭނާއާ ސުވާލު ކުރި ސީއައިއޭގެ ކުރީގެ އޮފިޝަލް ޖޯން ނިކްސަން މި މަހު ނެރޭ ފޮތުގައި ވަނީ ސައްދާމާ އެކު ދެއްކެވި ވާހަކަތައް ހިމަނައިފަ އެވެ. ސައްދާމު ކުރިން ވެސް ވަނީ އިރާގަށް އަރައިގަނެ އެ ގައުމުގައި ތިބުމަކީ އެމެރިކާ އިން ހީކުރާހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
"އަޅުގަނޑު ސައްދާމާ ސުވާލު ކުރުމުން އޭނާ ވިދާޅުވި ކަލޭމެން އިރާގުގައި ފޭލްވާނެ ކަމަށް. އަދި އިރާގުގައި ވެރިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި. އަދި އެހެން ތި ވިދާޅުވަނީ ކީއްވެތޯ ސުވާލު ކުރުމުން ސައްދާމު ވިދާޅުވީ ކަލޭމެން އިރާގުގައި ފޭލްވާނީ އިރާގު މީހުން ވާހަކަ ދައްކާ ބަސް ކަލޭމެންނަށް ނޭނގުމާއި ތާރީޚާއި ސަގާފަތް ނޭނގުމާއި އަރަބިންގެ ފިކުރު ނޭނގޭނެތީ ކަމަށް،" ނިކްސަންގެ ފޮތުގައި ލިޔުއްވާފައިވެ އެވެ.
ނިކްސަން މިހާރު ގަބޫލް ކުރައްވަނީ އިރާގުގެ ވެރިކަމުގައި ހުންނަން ޖެހޭނީ ސައްދާމު ހުސައިން ފަދަ ވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި ތަފާތު ނަސްލުތަކުގެ މީހުންނާއި ސުންނީންނާއި ޝިއައީންގެ ހަމަނުޖެހުން ކޮންޓްރޯލް ކުރެވޭނީ ސައްދާމު ފަދަ ބޭފުޅަކަށް ކަމަށް އޭނާ ދެކެ އެވެ.
ގިނަ ތަޖްރިބާކާރުން ގަބޫލް ކުރާ ގޮތުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޝިއައީ-ސުންނީގެ ތަޅާފޮޅުން މިހާބޮޑުވެފައި މި ވަނީ އިރާގު ސަރުކާރު ވައްޓާލުމުން އުފެދުނު ހަމަނުޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އރާގަށް 2003 ވަނަ އަހަރު އަރައިގަތުމަށް އެމެރިކާގެ މިހާރު ރައީސް ބަރަކް އޮބާމާ އާއި ރައީސް ކަމަށް ދެން ވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވެސް ތާއީދެއް ނުކުރައްވަ އެވެ.
އެމެރިކާ ސިފައިން ހިމާޔަތްހޯދީ ސައްދާމުގެ ބަންކަރުތަކުން
ސައްދާމް ހުސައިންގެ ފަހުބަސް ދަރިކަނބަލުން އާއްމުކޮށްފި
ސައްދާމުގެ ޑިފެންސް މިނިސްޓަރު މިނިވަންކުރެވޭތޯ ބަލަނީ
އިރާގުގެ ވޯންޓެޑް ލިސްޓުގައި ސައްދާމުގެ ދަރިކަނބަލުން
ސައްދާމް އިރާގުން ގެންދަން ގައްޒާފީ މަސައްކަތް ކުރެއްވި
އިންޑިއާގެ ސައްދާމް ހުސައިނަށް ވަޒީފާއެއް ނުލިބިފައި
ސައްދާމު މެރިތާ 10 އަހަރު: ހަނދާންތައް ފިލައިނުދޭ
ސައްދާމުގެ ދަރިކަނބަލުން ޓްރަމްޕަށް ތައުރީފް ކޮށްފި
އެމެރިކާގައި ބަޑިޖެހީ ސީއައިއޭގެ ކުރީގެ އެޖެންޓެއް
އިރާގުގައި ހޮހޮޅައަކަށް ވަން ސިފައިންތަކެއް މަރުވެއްޖެ