ބަޣުދާދު (މެއި 6) - އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ސުލްތާން ހާޝިމް އަހުމަދު މިނިވަން ކުރެވޭތޯ އިރާގު ޕާލަމެންޓުގެ ރައީސް މަސައްކަތް ފައްޓަވައިފި އެވެ.
06 މެއި 2018
ބަޣުދާދު (މެއި 6) - އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ޑިފެންސް މިނިސްޓަރު ޖެނެރަލް ސުލްތާން ހާޝިމް އަހުމަދު މިނިވަން ކުރެވޭތޯ އިރާގު ޕާލަމެންޓުގެ ރައީސް މަސައްކަތް ފައްޓަވައިފި އެވެ.
ހާޝިމް އަހުމަދު، 74، މަރަން ހުކުމްކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. ނަމަވެސް ރިޔާސީ ކައުންސިލުން ވަނީ އެ ހުކުމް ތަސްދީގު ކުރަން ދެކޮޅު ހަދައިފަ އެވެ.
އިރާގު ޕާލަމެންޓުގެ ރައީސް ސާލިމް އަލް ޖުބުރީ ވަނީ ހާޝިމް އަހުމަދު މިނިވަން ކޮށްދިނުމަށް އެދި އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އާއި ރައީސް ފުއާދު މައުސޫމް އަދި އިރާގުގެ ޝަރުއީ ދާއިރާގެ އެންމެ އިސް ފަރާތަށް ސިޓީއެއް ފޮނުވައިފަ އެވެ. މާތްވެގެންވާ ރަމަޟާން މަހާ ދިމާކޮށް ހާޝިމް އަހުމަދަށް މައާފް ދިނުމަށް ސާލިމް އަލް ޖުބުރީ ވަނީ އެދިވަޑައިގެންފަ އެވެ.
ހާޝިމް އަހުމަދުގެ ވަކީލް ބާދިއާ އާރިފް ދާދި ފަހުން އޭއެފްޕީ އަށް ވިދާޅުވެފައި ވަނީ ހާޝިމް އަހުމަދު ސިއްހީ ހާލަތު ވަރަށް ގޯސް ކަމަށެވެ.
ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ކުރި، އަށް އަހަރަށް ދިގު ދެމިގެން ދިޔަ އީރާން-އިރާގު ހަނގުރާމައިގައި ހާޝިމް އަހުމަދު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެމެރިކާ ސިފައިން ހިމާޔަތްހޯދީ ސައްދާމުގެ ބަންކަރުތަކުން
ސައްދާމް ހުސައިންގެ ފަހުބަސް ދަރިކަނބަލުން އާއްމުކޮށްފި
އިރާގުގެ ވޯންޓެޑް ލިސްޓުގައި ސައްދާމުގެ ދަރިކަނބަލުން
ސައްދާމް އިރާގުން ގެންދަން ގައްޒާފީ މަސައްކަތް ކުރެއްވި
އިންޑިއާގެ ސައްދާމް ހުސައިނަށް ވަޒީފާއެއް ނުލިބިފައި
ސައްދާމު މެރިތާ 10 އަހަރު: ހަނދާންތައް ފިލައިނުދޭ
ސައްދާމުގެ ދަރިކަނބަލުން ޓްރަމްޕަށް ތައުރީފް ކޮށްފި
ސައްދާމު ވެރިކަމުގައި ބެހެއްޓި ނަމަ މާ ރަނގަޅުވީސް
އައިއެސް ބަލިކުރުމުގެ މަޝްވަރާ އަށް ކާޓާ އިރާގަށް
ޕާކިސްތާނުގެ އިސް ޖެނެރަލަކު ރާއްޖެ ވަޑައިގެންފި