Roadha Mihaaru

ސައްދާމް ހުސައިންގެ ފަހު ބަސް ދަރިކަނބަލުން އާއްމުކޮށްފި

އައްމާން (ޖެނުއަރީ 2) - އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ދަންޖައްސާ އަވަހާރަކޮށްލުމުގެ ކުރިން ރައްޔިތުންނަށް ދެއްވި މެސެޖުގެ ބައެއް ދަރިކަނބަލުން ރަޣާދު ހުސައިން ޓްވިޓާގައި އާއްމު ކުރައްވައިފި އެވެ.

ސައްދާމް ހުސައިންގެ ފަހުބަސް ދަރިކަނބަލުން އާއްމުކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

02 ޖެނުއަރީ 2019

އައްމާން (ޖެނުއަރީ 2) - އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ދަންޖައްސާ އަވަހާރަކޮށްލުމުގެ ކުރިން ރައްޔިތުންނަށް ދެއްވި މެސެޖުގެ ބައެއް ދަރިކަނބަލުން ރަޣާދު ހުސައިން ޓްވިޓާގައި އާއްމު ކުރައްވައިފި އެވެ.

އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އެރި ފަހުން ޖޯޑަންގައި ދިރިއުޅުއްވާ ރަޣާދު، ބައްޕާފުޅުގެ މެސެޖް އާއްމުކުރެއްވި ސައްދާމު އަވާހަރަކޮށްލިތާ 12 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށެވެ.

ޖޯޑަންގައި ދިރިއުޅޭ ސައްދާމުގެ ދަރިކަނބަލުން. --ފޮޓޯ:އަލް ޖަޒީރާ

ޖޯޑަންގައި ދިރިއުޅޭ ސައްދާމުގެ ދަރިކަނބަލުން. --ފޮޓޯ:އަލް ޖަޒީރާ

ދަރިކަނބަލުންގެ ޓްވީޓްގައި ހިމަނާފައިވާ ބައިގައި، އިރާގުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ، މާތްﷲ އަށް ހަމްދުކުރާ ހާލު ސައްދާމު ވިދާޅުވެފައި ވަނީ ތެދުވެރި، އިމާންތެރިއަކު އެކަލާނގެ މާޔޫސް ނުކުރައްވާނެ ކަމަށެވެ. އޭގެ ފަހުން މެސެޖް ނިއްމަވާލައްވާފައި ވަނީ ﷲ އަކްބަރު މި ކަލިމައިންނެވެ. މި މެސެޖުގައި ވަނީ އިރާގުގެ ރައީސް އަދި އިރާގު ސިފައިންގެ ކޮމާންޑަ-އިން-ޗީފްގެ ސޮއި ހިމަނައިފަ އެވެ.

ސައްދާމް ދަންޖައްސާފައި ވަނީ ޑިސެމްބަރު 30، 2006 ގަ އެވެ. އެއީ އެ އަހަރުގެ ބޮޑު އީދު ދުވަހު އެވެ.

ސައްދާމު ދަންޖެއްސުމުގެ ހަތަރު ދުވަސް ކުރިން ދެއްވި މެސެޖްގައި ވަނީ އެމެރިކާ އާއި އީރާނާ ދެކޮޅަށް ރައްޔިތުން އެއްބައިވުމަށް ގޮވާލައްވައިފަ އެވެ. ދުޝްމަނުންނަށް އިރާގުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ އެއްބައިވަންތަކަން ކަން ހަނދާން ކޮށްދެއްވައިފައިވެ އެވެ. އަދި އޭނާ ދުނިޔެ ދޫކޮށް ދަނީ ޝަހީދެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ އެވެ.