Roadha Mihaaru
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަށް ކުރީގެ އެމްޑީ މިހާދު

އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ އެމްޑީ މިހާދު

09 ޖެނުއަރީ 2024

އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 18 އާ ހަމައަށް މިހާދު ހުންނެވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މާޗް 2021 ގަ އެވެ.

ތިން އަހަރެއްހާ ދުވަހު އައިލެންޑް އޭވިއޭޝަންގެ އެމްޑީގެ މަގާމު ފުރުއްވި މިހާދު ވަނީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމާއި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 28 ގައި ވަނީ އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސަވައިފަ އެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަންނަނީ ކުންފުނިތަކުގެ އިސް މަގާމުތަކާއި ބޯޑަށް ބޭފުޅުން އައްޔަނުކުރަމުންނެވެ.