Roadha Mihaaru
މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ

މާފަރު އެއާޕޯޓުގެ ފިއުލް ފާމް މި އަހަރު ނިމޭނެ

23 ސެޕްޓެމްބަރ 2022

ނ. މާފަރު އެއާޕޯޓުގައި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނ. މާފަރު އެއާޕޯޓުގައި ފިއުލް ފާމެއް ހެދުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި މިހާދު ވިދާޅުވީ އެކުންފުނިން ހިންގާ މާފަރު އެއާޕޯޓުގައި ފިއުލް ސެޓަޕްގެ މަސައްކަތް ކުރަން ފެށިތަނާހެން ކޮވިޑް ކުރިމަތިވި ކަމަށެވެ. އެއަށްފަހު އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަނެއްކާ ވެސް އެކަން ކުރަން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މާފަރުގައި ޖެޓް ފިއުލް ވިއްކޭ ގޮތް ވުމުން އައިލެންޑް އޭވިއޭޝަންގެ އާމްދަނީ އެތަށް ގުނައަކަށް އިތުރު ކުރެވޭނެ ކަމަށެވެ.

"މާފަރަށް ޖައްސަމުން އަންނަ ޕްރައިވެޓް ޖެޓްތަަކަށް ވެސް އަދި އެހެން ޗާޓާ ފްލައިޓުތަކަށް ވެސް ފިއުލްގެ ހިދުމަތްދޭން ފެށީމަ އާމްދަނީ އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ ޑިސެމްބަރު މަހު އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

މާފަރު އެއާޕޯޓަށް ވޭތުވެދިޔަ އަހަރު ތަކުގެ ޕީކް ސީޒަންގައި ގިނަ އަދަދެއްގެ ޖެޓްތައް ޖައްސަ އެވެ.

މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މާލެެ އިން ދިއުމަށް 40 މިނިޓް ނަގަ އެވެ. ގާތްގަނޑަކަށް 3،500 މީޓަރުގެ ދިގު މިނުގެ އެ އެއާޕޯޓަށް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭނެ އެވެ.