މީގެ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސްކުރިން ފާހަގަވި އެއްކަމަކީ ހދ. ނޭކުރެންދޫގެ ކަނޑޫފާތަކަށް ބަލި ޖެހި ގަސްތައް މަރުވަމުންދާ ކަމެވެ. ކަނޑޫ ގަސްތައް ބެލެހެއްޓުމުގައި ކޮންމެ ދުވަހަކު ވެސް ކަނޑޫ ދަނޑަށް ޒިޔާރަތްކުރާ މީހުންނަށް ފާހަގަވާ މިންވަރަށް ގަސްތައް ހަލާކުވަމުން ދިޔަ އެވެ.
26 ފެބުރުއަރީ 2022
މީގެ ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަސްކުރިން ފާހަގަވި އެއްކަމަކީ ހދ. ނޭކުރެންދޫގެ ކަނޑޫފާތަކަށް ބަލި ޖެހި ގަސްތައް މަރުވަމުންދާ ކަމެވެ. ކަނޑޫ ގަސްތައް ބެލެހެއްޓުމުގައި ކޮންމެ ދުވަހަކު ވެސް ކަނޑޫ ދަނޑަށް ޒިޔާރަތްކުރާ މީހުންނަށް ފާހަގަވާ މިންވަރަށް ގަސްތައް ހަލާކުވަމުން ދިޔަ އެވެ.
ކޮވިޑުގެ ބަލިމަޑުކަން 2020 ވަނަ އަހަރު ރާއްޖެ އަށް ފެތުރިގަތުމުގެ ކުރިން އެކަން ވަނީ ރަށު ކައުންސިލުގެ ފަރާތުން އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. އެހެންވެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އެޖެންސީން ވަނީ ފީލްޑް ސާވޭއަކާއި ލެބޯޓްރީ ތަހުލީލުތައް ކުރުމަށް ތަޖްރިބާކާރުުންގެ ޓީމެއް އެ ރަށަށް ފޮނުވައިފަ އެވެ.
މިއީ ހަމައެކަނި ނޭކުރެންދު އަށް އެކަނި ދިމާވި މައްސަލައެއް ނޫނެވެ. އުތުރުގައި ކަނޑޫފާތައް ހުރި 11 ވަރަކަށް ރަށަށް މި މައްސަލަ ދިމާވި އެވެ. އެހެންވެ މި މައްސަލަ ދިމާވި ސަބަބު ހޯދައި ހައްލަކަށް ދިއުމަށް ސަރުކާރުން ވެސް އަވަސްވެގަތެވެ.
އިންޑިއާގެ ހައި ކޮމިޝަންގެ އެހީގައި ވަނީ ކެރަލާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައެންސް އެންޓް ޓެކްނޮލޮޖީގެ ޕްރޮފެސަރު ބިޖޯއީ ނަންދަންގެ އެހީ ހޯދައިފަ އެވެ. އޭނާ އަކީ އިންޑިއާގައި ވެސް ކަނޑޫ ގަސްތަކާ ބެހޭ ދިރާސާތައް ހައްދަވާފައިވާ ފަރާތެކެވެ.
ކަނޑޫ ގަސްތައް މަރުވުމަކީ ހަމައެކަނި ރާއްޖެ އަށް ދިމާވި މައްސަލައެއް ނޫނެވެ. މިސާލަކަށް ކަނޑޫ ގަސް ހައްދާ އުޅޭ ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، ވިއެޓްނާމް އަދި އިންޑިއާގައި ވެސް ވަނީ މި މައްސަލަ ދިމާވެފަ އެވެ.
ނޭކުރެންދޫ ކަނޑޫފަލުން ގަސްތަކެއް މަރުވެ، ހިކިފައި: އެކަން ދިމާވި އަސްލު ސަބަބު އަންނަނީ ހޯދަމުން-- ފޮޓޯ: އީޕީއޭ
ރާއްޖޭގައި ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ ދިރާސާކުރުމަށްޓަކައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭ އިން ވަނީ ގަސްތަކާއި ވެލި އަދި ފެނުގެ ސާމްޕަލް ނަގައިގެން ކޮޗިން ޔުނިވާސިޓީ އަށް ފޮނުވައިފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ ޕްރޮފެސަރު ނަންދަން ޓީމުން ވަނީ ރާއްޖޭގެ އުތުރުގައި ކަނޑޫފާތައް މަރުވާ މައްސަލައިގެ ދިރާސާއެއް ހަދައިފަ އެވެ. އެ ޓީމުގައި ހިމެނުނު ކޮޗިން ޔުނިވާސިޓީގެ ރިސާޗަރެއް ކަމަށްވާ ޑރ. އެސް. ސްރީލެކްޝްމީ ވިދާޅުވީ ކަނޑޫ ގަސްތަކަށް އެވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ މަންޒަރު އޭނާ އަށް ފެނިފައި ނުވާ ކަމަށެވެ.
ރާއްޖޭގެ ކަނޑޫފާތަކުގައި 15 ބާވަތެއްގެ ކަނޑޫ ހެދޭ ކަމަށް ހޯދިފައިވެ އެވެ. މީގެ ތެރޭގައި ނެތި ހިނގައިދާނެ ކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން ނޭޗާސް (އައިޔޫސީއެން) ރެޑް ލިސްޓްކޮށްފައިވާ ބާވަތްތައް ވެސް ހިމެނެ އެވެ.
ދުނިޔޭގައި ކަނޑުލުގެ 80 ވައްތަރު ހެދޭ ކަމަށް ހޯދުންތަކުން ދައްކަ އެވެ.
ކަނޑުލަކީ ރާއްޖޭގައި ކާނާގެ ގޮތުގައި ވެސް ބޭނުންކުރާ ބާވަތެކެވެ. ތާރީޚުން އެނގޭ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކެލާ ފަދަ ރަށްތަކުން ވަނީ ކާނާގެ ގޮތުގައި ކަނޑޫ އެހެން ރަށްތަކަށް ހަދިޔާކޮށްފަ އެވެ. "ބޮޑު ތަދު" ގައި ވެސް ދިވެހިންގެ މައިގަނޑު ކެއުމެއްގެ ގޮތުގައި ކަނޑޫ ބޭނުންކޮށްފައިވެ އެވެ.
ކަނޑޫ ކާން ބޭނުންކުރުމުގެ ކުރިން އޭގެ ޕްރޮސެސް ވަރަށް ދިގެވެ. ކަނޑުލުން ތޮށި ނެގުމަށް ފަހު އެތައް ފަހަރަކު ކައްކަން ޖެހެ އެވެ. ކަނޑޫ މަޑުވުމުން ދޮވެ އަވީލައި ހިއްކަ އެވެ. އޭގެ ފަހުން އެތައް ދުވަހެއް ވަންދެން ކަނޑޫ ސްޓޯކޮށްފައި ބެހެއްޓެ އެވެ. ކަނޑުލަކީ ރާއްޖޭގައި އޮޑި ދޯނިފަހަރު ބަންނަން ބޭނުންކުރި ވަރުގަދަ ލަކުޑި އެވެ. ނަމަވެސް މީގެ ވިއްސަކަށް އަހަރު ކުރިން ވަނީ ކަނޑޫ ގަސް ކެނޑުން ހުއްޓާލައިފަ އެވެ.
ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި ކަނޑޫފާތަކުގެ ބޮޑުމިން 80 މިލިއަން ހެކްޓަރަށް އަރަ އެވެ. ނަމަވެސް މިއަދު ކަނޑޫފާތަކުގެ ބޮޑުމިން ވަނީ 15 މިލިއަން ހެކްޓަރަށް ކުޑަވެފަ އެވެ. އަވަށްޓެރި އިންޑިއާގައި ވެސް ކަނޑޫފާތައް ވަނީ 20-25 ޕަސެންޓަށް ކުޑަވެފަ އެވެ.
ކަނޑޫފާތަކަކީ ބައެއް ރަށްރަށުގެ ހިމާޔަތަށް ވެސް މުހިންމު ތަންތަނެވެ. ކަނޑޫގަސްތަކުގެ ސަބަބުން ބައެއް ރަށްތައް ގިރުމުން ހިމާޔަތް ކޮށްދެ އެވެ.
ވަރަށް އާދަޔާޚިލާފު މާހައުލުތަކުގައި ވެސް ކަނޑޫ ހެދެ އެވެ. ފެން ލޮނަސް، ބިންގަނޑު ކިސަޑުވެފައި އޮތަސް ވެސް މެ އެވެ. އޮކްސިޖަން ލެވެލް ވަރަށް ދަށްވިޔަސް ކަނޑޫ ހެދެ އެވެ. އެހެންވެ ސައެންސްވެރިން ގަބޫލްކޮށްފައި ވަނީ ރާއްޖޭގެ ކަނޑުފާތައް މަރުވާން ދިމާވެފައި ވަނީ އާދަޔާޚިލާފު ކަމެއް ދިމާވެގެން ކަމަށެވެ.
އެހެންވެ ކޮޗިން ޔުނިވާސިޓީގެ ޓީމުގެ ދިރާސާގެ އިތުރު ހޯދުންތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ނިންމާނެ ކަމަށް ބުނެފައިވެ އެވެ.
ޑރ. ނަންދަން ވިދާޅުވީ ކަނޑޫފާތައް މަރުވާން ދިމާވުމުގައި އެތައް ކަމެއް ހިމެނިދާނެ ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ މޫސުމަށް ބަދަލުއައިސް ކަނޑުގެ ލޮނުގަނޑު އުފުލުން، ގޮނޑުދޮށްތަކަށް ބަދަލު ގެނައުން، ކުޅިތައް ހިއްކުން ފަދަ ކަންކަން ހިމެނެ އެވެ. އޭގެ އިތުުރުން ކަނޑޫފާތަކުން ފެނުނު ބައެއް ފަނިފަހުސާތަކާ ބެހޭ އިތުރު ދިރާސާތައް ވެސް ސައެންސްވެރިން ހަދާނެ އެވެ.
ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގައި ކަނޑޫފާތަކުގެ ބޮޑުމިން 80 މިލިއަން ހެކްޓަރަށް އަރަ އެވެ. ނަމަވެސް މިއަދު ކަނޑޫފާތަކުގެ ބޮޑުމިން ވަނީ 15 މިލިއަން ހެކްޓަރަށް ކުޑަވެފަ އެވެ. އަވަށްޓެރި އިންޑިއާގައި ވެސް ކަނޑޫފާތައް ވަނީ 20-25 ޕަސެންޓަށް ކުޑަވެފަ އެވެ. މަލިކުގެ ކަނޑޫފާތައް ވަނީ ވިއްސަކަށް އަހަރުކުރިން ނެތިގޮސްފަ އެވެ. ނަމަވެސް އެ ގަސްތައް ނެތި ދިޔަ ސަބަބު ހޯދިފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގައި ކުރާ ދިރާސާގެ އަލީގައި ކަނޑޫފާ ތައް ދުނިޔެ އިން ނެތިދާ ސަބަބަށް ކޮންމެވެސް ވަރެއްގެ އަލިމަގެއް ހޯދޭނެ ކަމަށް ސައެންސްވެރިން އުއްމީދުކުރެ އެވެ.
ބްލޫ ކާބަން ފަންޑުގެ ފުރަތަމަ އެހީ ލަންކާއަށް
މަރުވަމުންދާ ކެލާގެ ކަނޑޫފަލަށް އާ އުންމީދެއް!
ދުބާއީ ފެހިކުރަން މިލިއަން ގަސް އިންދަނީ
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ރާއްޖޭގެ ހަމައެކަނި ޖަންގަލި މަރުވެ ނެތިދަނީ!
ޅ. އަތޮޅުން ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި
މެންގްރޫވްގެ ނާދިރު ބާވަތެއްގެ ރާއްޖޭން ފެނިއްޖެ
ވައިކަރަދޫގެ ކަނޑޫފަލަށް ވެސް ކުއްލި މަރެއް
ކެނދިކުޅުދޫ ކުޅީގައި ޕާކެއް، އަޖައިބެއްހާ ރީތި!
ކެލައާއި ނޭކުރެންދޫ ކަނޑޫފަލަށް ދިމާވި މައްސަލަ ތަފާތު