އިންޑިއާގެ އަހްމަދު އާބާދުގައި 2008 ވަނަ އަހަރު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ ކުރި މީހުންގެ ތެރެއިން 28 މީހަކަށް މަރުގެ އަދަބު ދިނުމަށް އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
އިންޑިއާގެ އަހްމަދު އާބާދުގައި 2008 ވަނަ އަހަރު ދިން ސިލްސިލާ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ ކުރި މީހުންގެ ތެރެއިން 28 މީހަކަށް މަރުގެ އަދަބު ދިނުމަށް އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
ޖުލައި 26، 2008 ގައި އަހްމަދު އާބާދުގައި ދިން ބޮމުގެ ހަމަލާތަކުގައި 56 މީހަކު މަރުވެ 200 މީހުން ޒަހަމްވި އެވެ. އަދި ހަމަލާތައް ދިން ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށާއި އެއްގަމު އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މި ހަމަލާތަކާ ގުޅިގެން އިންޑިއާ ސަރުކާރުން 77 މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ. އޭގެ ތެރެއިން 28 މީހަކު ވަނީ ކުށް ސާބިތުނުވުމުން މިނިވަންވެފަ އެވެ. އެ ހާދިސާގައި ކުށް ސާބިތުވި 49 މީހުންގެ ތެރެއިން 11 މީހަކު އުމުރަށް ޖަލަށް ލުމަށް ވެސް، އެމީހުންގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ހުކުމް އިއްވައިފަ އެވެ.
ކުށް ސާބިތުވި މީހުންގެ ދިފާއީ ވަކީލުން ބުނި ގޮތުގައި، ތުހުމަތު ކުރެވުނު އެންމެން ވެސް މިހާރު 13 އަހަރު ޖަލުގައި ހޭދަކޮށްފައިވާތީ، އުންމީދު ކޮށްގެން ތިބީ އެމީހުންގެ މައްޗަށް ތަންކޮޅެއް ލުއި ހުކުމެއް އިއްވާނެ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު މެރުމަށާއި ދެން ތިބި މީހުން އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.
ގާތްގަނޑަކަށް 10 އަހަރަށް ދެމިގެން ދިޔަ ޝަރީއަތުގެ އަޑުއެހުންތަކުގައި 1000 މީހުންގެ ހެކިބަސް ނަގާފައިވެ އެވެ. އަދި ހެކީގެ ގޮތުގައި ހުށަހެޅި އެތައް ހާސް ލިޔުންތަކާއި ފޮޓޯތައް އަދި ޑީއެންއޭ ރިޕޯޓްތަކާއި ސައެންޓިފިކް ހެކިތައް ބަލައި ވަޒަންކޮށްފައިވެ އެވެ.
އަހްމަދު އާބާދުގައި ދިން ސިލްސިލާ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އިންޑިއާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިންޑިއަން މުޖާހިދީން ކިޔާ ޖަމާއަތަކުންނެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި އެ ހަމަލާތައް ދިނީ 2002 ވަނަ އަހަރު އިންޑިއާގެ ހިންދީންނާއި މުސްލިމުންނާ ދެމެދު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަރުވި މުސްލިމުންގެ މަރުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަނުޖެހުންތަކުގައި 1000 މީހުން މަރުވި އިރު އޭގެ ތެރެއިން ގިނައީ މުސްލިމުންނެވެ.
ހިންދީންނާއި މުސްލިމުންނާ ދެމެދު 2002 ވަނަ އަހަރު ހަމަނުޖެހުންތަކެއް އުފެދުނީ ގިނަ ބަޔަކު ގޮވައިގެން ދަތުރުކުރި ރޭލެއްގައި ބަޔަކު ހުޅުޖެހުމުގެ ސަބަބުން 59 ހިންދީން މަރުވުމާ ގުޅިގެންނެވެ. އެ ހާދިސާގައި ތުހުމަތު ކުރެވި 31 މުސްލިމެއްގެ މައްޗަށް ވަނީ، މީހުން މެރުމާއި މީހުން މެރުމަށް ރޭވުމުގެ ކުށް ސާބިތުވެ ޖަލަށް ލައިފަ އެވެ.
ސަމާސާ ވިހަވެއްޖެ: މަޖަލަކަށް ކުރިޔަސް، ކުށްވެރިވާނެ!
ޔޫގެންޑާގެ ސްކޫލަކަށް ހަމަލާދީ 38 ކުދިން މަރާލައިފި
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ޓެރަރިޒަމްގެ ފޮޓޯ އާއި ވީޑިއޯ ގެންގުޅުން ސާބިތެއް ނުވި
ޓެރަރިޒަމް އޮޕަރޭޝަން: ބަންދުކުރި އެކަކު މިނިވަންކޮށްފި
އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި 6 މީހުން މަރާލައިފި
ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން ބަޔަކު ހައްޔަރު
ނައިޖީރިއާގެ ޖަލެއް ފަޅާލައި 900 ގައިދީން ފިލައިފި
ނާޒިމް ދައުވާއަށް އިންކާރު،މައްސަލަ ކުރިއަށް ގެންދެެވޭނެ
"ކުނޫޒްގައި އޮތް ޖަލްސާއެއްގައި ބޮމެއް ގޮއްވަން ރޭވި"