Roadha Mihaaru
ވެއްޓުނު ބޯޓުގެ ޕައިލެޓް ވަނީ ތަމްރީނު ފުރިހަމަނުކޮށް

ކޮލަމްބިއާ އަށް ވެއްޓުނު ބޯޓުގެ ޕައިލެޓް ވަނީ ތަމްރީނު ފުރިހަމަނުކޮށް

19 ޑިސެމްބަރ 2016

ބޮގޯޓާ (ޑިސެމްބަރު 19) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓުގެ ޕައިލެޓް ވަނީ ކޮމާޝަލް ފްލައިޓްތައް ދުއްވަން ތަމްރީނު ފުރިހަމަ ނުކޮށް ކަމަށް އެ ބޯޓުގެ ކޯ-ޕައިލެޓުގެ އާއިލާގެ ވަކީލް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ޑިސެމްބަރު 19) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓުގެ ޕައިލެޓް ވަނީ ކޮމާޝަލް ފްލައިޓްތައް ދުއްވަން ތަމްރީނު ފުރިހަމަ ނުކޮށް ކަމަށް އެ ބޯޓުގެ ކޯ-ޕައިލެޓުގެ އާއިލާގެ ވަކީލް ބުނެފި އެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ޕައިލެޓް މިގުއެލް ގުއިރޮގާ އާއި ކޯ-ޕައިލެޓް ފެނާންޑޯ ގޮއިޓިއާއާ އެކު 71 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ. ސަލާމަތްވި ހަ މީހުންގެ ތެރޭގައި ތިން ކުޅުންތެރިންނާއި ދެ ފަޅުވެރިންނާއި ނޫސްވެރިއެއް ހިމެނެ އެވެ.

ވެއްޓުނު ބޯޓުގެ ޕައިލެޓް

ވެއްޓުނު ބޯޓުގެ ޕައިލެޓް

ކޯ-ޕައިލެޓުގެ އާއިލާގެ ވަކީލު އުމަރު ދުރާން ބުނީ ކޮމާޝަލް ފްލައިޓްތައް ދުއްވަން ބޭނުންވާ އަދަދަށް ތަމްރީނު ގަޑި ޕައިލެޓް ގުއިރޮގާ ފުރިހަމަކޮށްފައި ނުވާކަން ސާބިތުކޮށްދެވޭނެ ކަމަށެވެ. އަދި އޭނާ އަށް ލައިސަންސް ދީފައި ވަނީ ވެސް ފްލައިޓް ގަޑި ހަމަނުކޮށް ކަމަށް ދުރާން ބުންޏެވެ. މީގެ އިތުރުން ކޯ-ޕައިލެޓަށް ވެސް އެކަން އެނގޭ ކަމަށާއި ނަމަވެސް އެކަން ހާމަ ނުކުރީ އެއާލައިނުގެ އަގު ހިފެހެއްޓުމަށް ކަމަށް ވެސް ވަކީލް ބުންޏެވެ.

ބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ތަޖްރިބާކާރުން ލަފާ ކުރަނީ ތެޔޮ ހުސްވުމެވެ. ބޮލީވިއާ އިން މިހާރު ވަނީ އެއާލައިނުގެ ހުއްދަ ހިފަހައްޓައިފަ އެވެ. އަދި އެއާލައިނގެ މެނޭޖަރާއި އޭނާގެ ދަރި ވަނީ ހައްޔަރުކޮށްފަ އެވެ.

ބްރެޒިލްގެ ފުޓުބޯޅަ ޓީމު ޗަޕެކޮއެންސްގެ ކުޅުންތެރިން ގޮވައިގެން ދަތުރުކުރި ބޮލީވިއާގެ ލަމިއާ އެއާލައިނުގެ ބޯޓުގެ ކޮލަމްބިއާގެ މެޑެޔިން އަށް ވެއްޓުނީ ނޮވެމްބަރު 29 ގަ އެވެ.