Roadha Mihaaru
ބޯޓުން ސަލާމަތްވީ ސަލާމަތީ އިރުޝާދުތަކަށް އަމަލުކުރުމުން

ބޯޓު ވެއްޓުމުން ސަލާމަތްވީ ސަލާމަތީ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމުން

02 ޑިސެމްބަރ 2016

ބޮގޯޓާ (ޑިސެމްބަރު 2) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓުން ސަލާމަތްވި ޓެކްނީޝަނެއް ކަމަށްވާ އެރްވިން ޓުމިރީ ބުނާ ގޮތުގައި އޭނާ ސަލާމަތްވެފައި ވަނީ ބޯޓުގެ ސަލާމަތީ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމުންނެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޮގޯޓާ (ޑިސެމްބަރު 2) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާ އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު މަތިންދާ ބޯޓުން ސަލާމަތްވި ޓެކްނީޝަނެއް ކަމަށްވާ އެރްވިން ޓުމިރީ ބުނާ ގޮތުގައި އޭނާ ސަލާމަތްވެފައި ވަނީ ބޯޓުގެ ސަލާމަތީ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމުންނެވެ.

"ގިނަ މީހުން ތިބީ ބޯޓުގައި ކޮޅަށް ތެދުވެގެން. އަދި އަނެއް ބަޔަކު ދިޔައީ ބިރުން ހަޅޭއްލައްވަމުން. އެކަމަކު އަހަރެން ކަންތައް ކުރީ އިމަޖެންސީ ހާލާތުގައި ކުރަން ޖެހޭ ގޮތަށް. އެއީ ގޮނޑީގައި އިށީނދެ ދަބަސް ފައި ދޭތެރެއަށް ލުމަށް ފަހު ބޯތިރިވާ ގޮތަށް ގުދުވީ،" އެރްވިން ބުންޏެވެ.

ސަލާމަތްވި ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ޒިމެނާ ސުއަރޭޒް

ސަލާމަތްވި ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ޒިމެނާ ސުއަރޭޒް

ބޯޓު ވެއްޓުނު ހާދިސާ އިން ސަލާމަތްވި ފްލައިޓް އެޓެންޑެންޓެއް ކަމަށްވާ ޒިމެނާ ސުއަރޭޒް ބުނީ ބޯޓު ކުއްލިއަކަށް ތިރިވާން ފެށުމާ އެކު ލައިޓްތައް ނިވުނު ކަމަށެވެ. އަދި އޭގެ ފަހުން ވީކަންތަން ހަނދާން ނެތް ކަމަށް ބުންޏެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ވެއްޓުނު ބޯޓުގެ ޕައިލެޓް މިގުއެލް 'މިކީ' ގުއިރޮގާގެ ބައްޕަ ވެސް ވަނީ މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި މަރުވެފަ އެވެ. އޭރު މިގުއެލް އަކީ ކުޑަ ކުއްޖެކެވެ. ބޯޓު ވެއްޓުމުގެ ހާދިސާގައި މިގުއެލް މަރުވި އިރު އޭނާ އަށް ވަނީ މީގެ ތިން ހަފުތާ ކުރިން ކުއްޖަކު ލިބިފަ އެވެ. މިގުއެލް، 36، ކައިވެނިކޮށްފައި ވަނީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރެއްގެ ދަރިއަކަށެވެ.

ވެއްޓުނު ބޯޓުގެ ޕައިލެޓް މިގުއެލް

ވެއްޓުނު ބޯޓުގެ ޕައިލެޓް މިގުއެލް

ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ހަ މީހުންގެ ތެރޭގައި ތިން ކުޅުންތެރިން ހިމެނެ އެވެ. ޓީމުގެ ކޯލް ކީޕަރުގެ ކަނާތު ފައި ބުރިކޮށްލާފައިވާ އިރު އޭނާ އަށް ފަރުވާ ދެނީ އައިސީޔޫގަ އެވެ. ދެ ވަނަ ކުޅުންތެރިޔާގެ މައިބަދައުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. ތިން ވަނަ ކުޅުންތެރިޔާގެ ވަރަށް ގިނަ އޮޕަރޭޝަންތައް ކޮށް އޭނާ އޮތީ އޮބްޒަވޭޝަނުގަ އެވެ. ދެން ސަލާމަތްވި ނޫސްވެރިޔާގެ މެ އާއި ފައިގެ ކަށިތައް ވަނީ ބިނދިފަ އެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ބްރެޒިލް ޓީމުގެ ކީޕަރު.

ބޯޓު ވެއްޓުމުގެ ހާދިސާ އިން ސަލާމަތްވި ބްރެޒިލް ޓީމުގެ ކީޕަރު.

ކޮލަމްބިއާގެ މެޑެޔިން އަށް ޖައްސަން ފަސް މޭލަށް ކައިރިވެފައި ވަނިކޮށް ބޮލީވިއާގެ އެއާލައިނަކުން ޗާޓަރުކޮށްފައިވާ ލަމިއާ 2933 ފްލައިޓް ވެއްޓުނު ހާދިސާގައި ވަނީ ބޯޓުގައި ތިބި 77 މީހުންގެ ތެރޭން 71 މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ބްރެޒިލްގެ 20 ނޫސްވެރިން ވެސް ހިމެނެ އެވެ.

ބޯޓުން ދަތުރު ކުރަން ހަމަޖެހި އެކަމަކު އެންމެ ފަހު ވަގުތު ހަތަރު މީހަކު ދަތުރެއް ނުކުރެ އެވެ.

ވެއްޓުނު ބޯޓުން ދަތުރުކުރި ބްރެޒިލްގެ ފުރަަތަމަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޗަޕެކޮއެންސްގެ ކުޅުންތެރިން ކޮލަމްބިއާގެ މެޑެޔިން އަށް ދަތުރުކުރީ ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ލެގުގައި ކުޅުމަށެވެ. ބޯޓު ވެއްޓުނު ހާދިސާގައި ފުޓުބޯޅަ ޓީމުން 19 ކުޅުންތެރިން މަރުވި އެވެ.