Roadha Mihaaru
ޖޫނިއާ ޑޭވިސް ކަޕްގައި ރާއްޖޭގެ ޒުވާން ޓީމަށް ކުރިއެރުން

ޖޫނިއާ ޑޭވިސް ކަޕްގައި ރާއްޖޭގެ އަންހެން ޓީމަށް ކުރިއެރުން

01 މާޗް 2022

ލަންކާގައި ބޭއްވި ޖޫނިއާ ޑޭވިސް ކަޕް އަދި ޖޫނިއާ ބެލީ ޖީން ކިންގް ކަޕްގައި ރާއްޖޭގެ ޖޫނިއާ އަންހެން ޓީމުން ކުރިއެރުންތަކެއް ހޯދައިފި އެވެ.

ލަންކާގައި ބޭއްވި ޖޫނިއާ ޑޭވިސް ކަޕް އަދި ޖޫނިއާ ބެލީ ޖީން ކިންގް ކަޕްގައި ރާއްޖޭގެ ޖޫނިއާ އަންހެން ޓީމުން ކުރިއެރުންތަކެއް ހޯދައިފި އެވެ.

އޭޝިއާގެ 15 ގައުމަކުން ވާދަކުރި މުބާރާތުގައި ރާއްޖެއިން ވަނީ ހަ ވަނަ ހޯދައިފަ އެވެ. ރާއްޖެއިން ވަނީ ކެމްބޯޑިއާ އާއި އިރާގް ބަލިކޮށްފަ އެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ އާރާ އަރުސާލް އާޒިމް، ނަޔާރާ އުޝާމާ އަލީ އަދި ލުއުލުއު ހަސަން އެވެ.

ސެޕްޓެމްބަރު މަހު ޕާކިސްތާންގައި ބޭއްވި އިންޓަނޭޝަނަލް ޓެނިސް ފެޑްރޭޝަންގެ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި ވެސް ރާއްޖޭގެ އަންހެން ޓީމުން ވަނީ ކުރިއެރުން ހޯދައިފަ އެވެ. އެ މުބާރާތުގައި ބައިވެރިވި ޓީމުގައި ހިމެނޭ ތިން ކުޅުންތެރިންނަކީ އިމާނީ މޫސާ ކަލީމް، ނަބާ ނިޝާން އަދި ސާރާ ސާމީ މުހައްމަދު އެވެ.

ނަބާ މިހާރު ގެންދަނީ އަމިއްލަ ގޮތުން އިންޑިއާގެ ބެންގަލޫރުގައި ޓްރޭނިން ހަދަމުންނެވެ. ބެންގަލޫރުގެ ޕޭސް އެކަޑަމީން ބޭއްވި ޓެނިސް މުބާރާތުގެ 12 އަހަރުންދަށުގެ ޗެމްޕިއަންކަން ނަބާ ވަނީ މިދިޔަ އާދިއްތަ ދުވަހު ހޯދައިފަ އެވެ.