Roadha Mihaaru
އަލިބޭ ޓްރެއިނިން ކޭމްޕް: ޓެނިސް ތަމްރީނަށް ތުރުކީއަށް

އަލިބޭ ޓްރެއިނިން ކޭމްޕް: ޓެނިސް ތަމްރީނުތަކަށް ތުރުކީއަށް

20 އެޕްރީލް 2023

ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުން އިންތިޒާމް ކުރާ އަލިބޭ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ކުދިން ތުރުކީއަށް ފުރަން ތައްޔާރު ވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުން އިންތިޒާމް ކުރާ އަލިބޭ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ކުދިން ތުރުކީއަށް ފުރަން ތައްޔާރު ވެފައިވާކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އަލިބޭ ޓްރެއިނިން ކޭމްޕް ކުރިއަށް ދާނީ މެއި މަހުގެ 3-10 އަށް ތުރުކީގެ އަންޓަލްޔާގަ އެވެ.

މި ކޭމްޕަކީ 2017 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާއި އަލިބޭ މޯލްޑިވްސް އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫ އެއްގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި އަހަރުގެ ކޭމްޕަކީ މި ހަރަކާތުގެ ދަށުން އަލިބޭ މޯލްޑިވްސްގެ ހަރަދުގައި ކުރިއަށް ގެންދާ މީގެ ފަސްވަނަ ކޭމްޕެވެ.

"ތުރުކީގެ އަންތަލިޔާގައި އޮންނަ ރާއްޖޭގެ ޖޫނިއާ ޓެނިސް ޓީމަށް މި ޓްރެއިނިން ކޭމްޕް ސްޕޮންސާ ކުރުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" އަލިބޭ މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވި އެވެ.

މި އެމްއޯޔޫގެ ދަށުން ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިންގެ ފެންވަރު މަތިކޮށް، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކޮންމެ އަހަރަކު 12 ކުޅުންތެރިން ތުރުކީއަށް ފޮނުވަ އެވެ.