ނ. އިރުފުށި ރިސޯޓްގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލަށް 26 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައި ވަނިކޮށް ސަން ޓްރެވަލްސަށް 16.6 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
09 މާޗް 2017
ނ. އިރުފުށި ރިސޯޓްގެ އެއްބަސްވުން އުވާލި މައްސަލާގައި ހިލްޓަން އިންޓަނޭޝަނަލަށް 26 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައި ވަނިކޮށް ސަން ޓްރެވަލްސަށް 16.6 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިރުފުށި ކުރިން ހިންގި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަންގެ މައްޗަށް އެ ހުކުމް އައީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް އިން ހިންގާ އިރުފުށި ރިސޯޓް ހިންގުމުގައި އެ ކުންފުނިން އަމަލުކުރި ގޮތުންނެވެ. އެތަން ހިންގަން ހިލްޓަނަށް ދީފައި ވަނިކޮށް 2013 ގައި އެތަން އަތުލި މައްސަލާގައި 26 މިލިއަން ޑޮލަރު ހިލްޓަނަށް ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އޮތީ އަންގައިފަ އެވެ.
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަންގެ މައްޗަށް ހުކުމްކުރީ މަކަރާއި ހީލަތުން އެއްބަސްވުމުގައި ސޮއި ކުރުވައި، އެއްބަސްވުމާ ޚިލާފަށް ހިލްޓަނުން އަމަލުކުރި ކަމަށް ބުނެ ސަން ޓްރެވަލްސް އިން ދައުވާ ކުރުމުންނެވެ.
ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައިވަނީ އެ ރިސޯޓް ހިލްޓަން އިން ހިންގި 2010 އިން ފެށިގެން 2014 އަށް އެ ރިސޯޓުގެ ފައިނޭޝަލް ޕްރޮޖެކްޝަން ހުންނާނެ ގޮތުގެ ލިޔުމެއް ހިލްޓަން އިން ސަން ޓްރެވަލްސް އަށް ފޮނުވި ކަމަށެވެ. އެ ރިޕޯޓުގައި އެތަނުގެ އޮކިއުޕެންސީ އާއި އެވަރެޖް ރޫމް ރޭޓް އަދި ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ހުންނާނެ މިންވަރު ބަޔާންކޮށްފައިވާ ކަމަށާއި އެ ރިޕޯޓާ މެދު ސަން ޓްރެވަލްސް އިން ކަންބޮޑުވުން ފާޅު ކުރުމުން އެ ރިޕޯޓް އިސްލާހުކޮށް، ކުރިއަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ބަޔާންކޮށް އާ ރިޕޯޓެއް ހިލްޓަން އިން ފޮނުވި ކަމަށް އެ ހުކުމުގައިވެ އެވެ.
ފަހުން ފޮނުވި ރިޕޯޓުގައި ހިމެނި ކަންކަން ހާސިލްވާނެ ކަމުގެ ޔަގީންކަން ހިލްޓަން އިން ސަން ޓްރެވަލްސަށް ދިން ކަމަށާއި އެކަމުގައި ހިލްޓަން އިން އަމަލު ކުރިގޮތުން ސަން ޓްރެވަލްސަށް 16.6 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނުކަން ސާބިތުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހިލްޓަނާ ދެކޮޅަށް އެ ހުކުމް އައިއިރު ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް ނިމުނު މައްސަލައިގެ ހުކުމް އަދިވެސް ތަންފީޒެއް ނުވެއެވެ.
އާބިޓްރޭޝަންގެ އެ ނިންމުން ތަންފީޒު ކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމީ އެ ނިންމުން ތަންފީޒުކޮށް ދެވޭނީ ހައި ކޯޓަށް ކަމަށެވެ. އެކަމަކު އާބިޓްރޭޝަން މައްސަލަ ބެލުމާ ބެހޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދު ބުނާގޮތުން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރާނީ ހުކުމް ތަންފީޒު ކުރުމުގެ އާންމު އުސޫލުގެ ތެރެއިންނެވެ.
އާބިޓްރޭޝަންގެ ނިންމުން ތަންފީޒުނުވާ މައްސަލާގައި ހިލްޓަން ކުންފުންޏަށް ގޮސް ހުސްވެ، އެ ކުންފުނިން ވަނީ ސަރުކާރުގެ އިސްވެރިންނާ ވެސް ކުރިން ބައްދަލުކޮށްފަ އެވެ.
ސަން ކުންފުނިން ހިލްޓަނަށް 31 މިލިއަން ޑޮލަރުދީފި
ސިޔާމް މިރޭ ރާއްޖެ ވަޑައިގަންނަވަނީ
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސަން ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފި
ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސިޔާމް، އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް