Roadha Mihaaru
ސެމްސަން ގެލެކްސީއެސް22 އަލްޓްރާ އުރީދޫން ޕްރިއޯޑަރަށް

ސެމްސަން ގެލެކްސީ އެސް22 އަލްޓްރާ އުރީދޫން ޕްރިއޯޑަރަށް

02 މާޗް 2022

ސެމްސަންގެ އެންމެ ފަހުގެ ފޯނުތަކުގެ ތެރޭގައި ހިމެނޭ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ޕްރިއޯޑަ ކުރުމުގެ ފުރުސަތު އުރީދޫން މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސެމްސަންގެ އެންމެ ފަހުގެ ފޯނުތަކުގެ ތެރޭގައި ހިމެނޭ ގެލެކްސީ އެސް 22 އަލްޓްރާ ފޯނު ޕްރިއޯޑަ ކުރުމުގެ ފުރުސަތު އުރީދޫން މިއަދު ހުޅުވާލައިފި އެވެ.

ފޯނު ޕްރިއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

އުރީދޫން ޕްރީއޯޑަ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު ހަ މަސް ވަންދެން، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލައްވާ އުރީދޫ ސިމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރު ކުރާ ފޯނުތަކާ އެކު ސެމްސަން ގެލެކްްސީ ބަޑްސް2 ވެސް ހިލޭ ލިބޭނެ އެވެ.

އުރީދޫން ޕްރިއޯޑާގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18އާ ހަމައަށެވެ.

ސެމްސަން ގެލެކްސީ އެސް22 އަލްޓްރާ އަކީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކޮށްފައިވަނީ ސެމްސަންގުގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާ އެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ކޮލިޓީ ރަނގަޅު ފޮޓޯ އާއި ވީޑިއޯ ކުރެވޭ ގޮތަށެވެ.

މި ފޯނުތަކުގެ ތަފާތު ކުލަތައް ސެމްސަންގުން ވަނީ ނެރެފަ އެވެ.