Roadha Mihaaru
ސެމްސަންގެ ފަތްޖެހޭ ފޯނު އުރީދޫން ތައާރަފު ކޮށްފި

ސެމްސަންގެ ފަތްޖެހޭ ފޯނު އުރީދޫން ރާއްޖެ އަށް ތައާރަފު ކޮށްފި

13 އޯގަސްޓް 2020

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް އުރީދޫން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް އުރީދޫން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

ސެމްސަންގެ މި ފޯނަކީ ފުލް ސްކްރީން ފޯނެއް ނަމަވެސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭ ގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ޑިޒައިން ކޮށްފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު ފޮޓޯ ނަގަން ބޭނުންވާ މީހުންނަށް އެކި އޭންގަލްތަކުން ކޮލިޓީ ރަނގަޅު ފޮޓޯ ނަގާލެވޭނެ އެވެ.

މި ފޯނުތައް މިހާރު އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ. އެގޮތުން ގެލެކްސީ ޒެޑް ފްލިކްސް، 256 ޖީބީގެ "މިރާ ޕާޕަލް" ކުލައިގެ ފޯނު 22،699ރ. އަށް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން މޫލީ މެދުވެރިކޮށް ފޯނު ގަތުމުން އުރީދޫ ޕްރީޕެއިޑް މިކްސް އަދި ޕޯސްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް ލިބޭނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.

އުރީދޫން އަންނަނީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ބާޒާރަށް ނުކުންނަ އާ ފޯނުތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދެމުންނެވެ. މިހާރު ވެސް މޫލީ މެދިވެރިކޮށް އެކި ބްރޭންޑުތަކުގެ އުފެއްދުންތައް ލިބެންހުންނާނެ އެވެ.