Roadha Mihaaru

ސެމްސަންގްގެ ފަތްޖެހޭ ފޯނު އުރީދޫގެ މޫލީ އަށް

ސެމްސަންގުން މާކެޓަށް ނެރުނު އާ ފޯނު އުރީދޫގެ އޮންލައިން ޝޮފް، މޫލީ އިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ސެމްސަންގްގެ ފަތްޖެހޭ ފޯނު އުރީދޫގެ މޫލީ އަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

03 ސެޕްޓެމްބަރ 2022

ސެމްސަންގުން މާކެޓަށް ނެރުނު އާ ފޯނު އުރީދޫގެ އޮންލައިން ޝޮފް، މޫލީ އިން ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ހުރިހާ ކަސްޓަމަރުންނަށް ވެސް "ފޯލްޑަބަލް"، "ސެމްސަންގް ޒީ ފޯލްޑް" ފޯނު ގަތުމަށް "މޫލީ" މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ވިޔަސް އެ މީހެއްގެ ގެ އަށް އެ ފޯނު ޑެލިވަރީ ކޮށްދޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫއިން ކޮށްފައިވާ ޓުވީޓު

ސެމްސަންގް ޒީ ފޯލްޑް ފޯނަކީ ޕްރިމިއަމް ފޯނެކެވެ. މާކެޓުގައި މިހާރު ހުރި އެންމެ އަގު ބޮޑު ފޯނުތަކުގެ ތެރޭގައި ހިމެނޭ އެ ފޯނަކީ 7.6 އިންޗީގެ ޑިސްޕްލޭއެއް ހުންނަ ފަތް ޖަހާލެވޭ ފޯނެކެވެ. މޫލީ އިން ލިބެން ހުރީ އެ ފޯނުގެ 25 ޖީބީގެ ފެންޓަމް ބްލެކް ކުލައިގެ ފޯނެވެ.

Samsung Galaxy Z Fold 4

Samsung Galaxy Z Fold 4

Samsung

މި ލިންކުން ފޯނު ގަންނަން "މޫލީ"އަށް ވަދެވޭނެ.

އުރީދޫން ބުނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމު މެދުވެރިކޮށް ވެސް އެ ފޯނު ގަނެވޭނެ ކަމަށެވެ.