Roadha Mihaaru
އުރީދޫން ގެލެކްސީ އެސް 21 ޕްރީއޯޑަރަށް ހުޅުވާލައިފި

އުރީދޫން ގެލެކްސީ އެސް 21 ފޯނުތައް ޕްރީއޯޑަރަށް ހުޅުވައިފި

21 ޖެނުއަރީ 2021

އުރީދޫން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި އަލްޓްރާ 5ޖީ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫން ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް 5ޖީ އަދި އަލްޓްރާ 5ޖީ ފޯނުތައް ޕްރީ އޯޑަރަށް މިއަދު ހުޅުވާލައިފި އެވެ.

އެ ކުންފުނި މެދުވެރިކޮށް، ޕްރީއޯޑަރު ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް ސީރީޒްގެ ފޯނަކާއެކު، ކޮންމެ މަހަކު ދެ ޖީބީ ޑޭޓާ، ހަ މަސް ދުވަހަށް ހިލޭ ލިބޭނެ އެވެ. ޕްރީއޯޑަރު ކުރާ ކޮންމެ ފޯނަކާ އެކު ސްމާޓް ޓެގަކާއި "ގެލެކްސީ ފިޓް 2" ފިޓްނަސް ބޭންޑެއް ލިބޭނެ އެވެ.

ޕްރީއޯޑާ ކުރާ ކޮންމެ ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާއަކާ އެކުވެސް ހިލޭ ޑޭޓާ އެކު ސްމާޓް ޓެގެއްގެ އިތުރުން ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ގެލެކްސީ އެސް 21 ޕްލަސް ސީރީޒް ޕްރީއޯޑަރު ކުރުމުން އީސިމް އަޕްގްރޭޑް ވެސް މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ. މި ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، "މޫލީ" މެދުވެރިކޮށް ޕްރީއޯޑަރު ކުރުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ގެންގޮސްދޭނެ އެވެ.

ޕްރީއޯޑަރުގެ އަގުތައް:

- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް، 256ޖީބީ: 22،799ރ.

- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ، 256ޖީބީ: 27،399ރ.