އުރީދޫން ރާއްޖޭގައި އީސިމް ވެއަރަބަލްސް ހިދުމަތް ތައާރަފު ކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
09 ފެބުރުއަރީ 2025
އުރީދޫން ރާއްޖޭގައި އީސިމް ވެއަރަބަލްސް ހިދުމަތް ތައާރަފު ކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
މިއީ މި ހިދުމަތް ރާއްޖޭގައި ދޭން ފަށާ ފުރަތަމަ ފަހަރެވެ. އުރީދޫން ރާއްޖެ އަށް އީ-ސިމް ވެއަރަބަލްގެ ހިދުމަތް ފުރަތަމަ ދޭން ފަށަނީ ސެމްސަންގް ސްމާޓް ވޮޗް އަލްޓްރާ އަށެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގެންގުޅޭ މި ގަޑިއަށް އީ-ސިމްގެ ހިދުމަތް ދޭން ފެށުމުން ފުރަތަމަ ފަހަރަށް ފޯނާ ދުރުގައި ހުރެގެން ވެސް ގަޑިން ކޯލްކޮށް، މެސެޖު ފޮނުވާ ހެދޭނެ އެވެ.
އީސިމް ވެއަރަބަލްސް ހިދުމަތް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އުރީދޫ އާއި ސެމްސަންގްގެ އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރުމަށް ރޭ އުރީދޫން ވަނީ މިހާރު ކުރިއަށް ގެންދާ މެރިން އެކްސްޕޯގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އާއި ސެމްސަންގް ސްރީ ލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް އެވެ.
މި ހިދުމަތް ރޭ އިފުތިތާހުކުރި ނަމަވެސް، ރަސްމީކޮށް ހިދުމަތް ދޭން ފަށާނީ އަންނަ މަހު އެވެ.
ރޭގެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ހާއްސަ އިސްކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ އީސިމް ވެއަރަބަލްސް ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ސެމްސަންގް އީސިމް ވެއާބަލްސްއާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލައި ވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެ މީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވާނެ،" އޭނާ ވިދާޅުވި އެވެ.
ސެމްސަންގް ސްރީ ލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވިގޮތުގައި، އުރީދޫ މޯލްޑިވްސްއާ ގުޅިގެން އެ ކުންފުނިން ސްމާޓްވޮޗްތަކުގައި އީ-ސިމް ގެ ފަންކްޝަނަލިޓީ ތައާރަފް ކުރީ ކަސްޓަމަރުން ކޮންމެ ވަގުތަކު ވެސް ކޮންމެ ތަނެއްގައި ވެސް ފޯނުން ބޭނުން ވަގުތަކު ގުޅައިގެން ތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.
އުރީދޫން އީ-ސިމް ވެއަރަބަލްސް ތައާރަފް ކުރާނީ ކަސްޓަމަރުން މިހާރު ބޭނުން ކުރާ ނަމްބަރު ގަޑިއާ ކަނެކްޓު ކުރެވޭ ގޮތަށެވެ. އެ ކުންފުނިން ބުނީ އެކަމާ ގުޅޭ ސަޕޯޓެޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.
އެ ހިދުމަތާ އެކު، ސެމްސަންގް ސްމާޓްވޮޗް އަލްޓްރާއިން ކޯލްކޮށް، މެސެޖް ފޮނުވުމާއި މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ އެވެ. އީ-ސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ އެވެ.
ގެލެކްސީ އެސް24 ފޯނުތަކަށް ޕްރީ އޯޑާކުރަން ހުޅުވާލަނީ
"ގެލެކްސީ އަންޕެކްޑް" ބަލަން އުރީދޫގެ ވޮޗް ޕާޓީއެއް
ސެމްސަންގްގެ ފަތްޖެހޭ ފޯނު އުރީދޫގެ މޫލީ އަށް
އީދު މަޖާ ހިއްސާކޮށްގެން ފޯނެއް ހޯދުމުގެ ފުރުސަތު
ސެމްސަން ގެލެކްސީއެސް22 އަލްޓްރާ އުރީދޫން ޕްރިއޯޑަރަށް
އުރީދޫން ގެލެކްސީ އެސް 21 ޕްރީއޯޑަރަށް ހުޅުވާލައިފި
އުރީދޫން ނޯޓް20ގެ ފޯނުތައް ޕްރީއޯޑަރަށް ހުޅުވާލައިފި
ސެމްސަންގެ ފަތްޖެހޭ ފޯނު އުރީދޫން ތައާރަފު ކޮށްފި
އުރީދޫން ސެމްސަންގް އެސް20ގެ ފޯނުތައް ތައާރަފްކޮށްފި
އުރީދޫން ގެލެކްސީ ނޯޓް 10ގެ ޕްރީއޯޑާ ހުޅުވާލައިފި