Roadha Mihaaru
"ގެލެކްސީ އަންޕެކްޑް" ބަލަން އުރީދޫގެ ވޮޗް ޕާޓީއެއް

"ގެލެކްސީ އަންޕެކްޑް" އިވެންޓް ބަލަން އުރީދޫގެ ވޮޗް ޕާޓީއެއް

17 ޖެނުއަރީ 2024

ސެމްސަންގް އިން މިރޭ އެ ކުންފުނީގެ އާ އުފެއްދުންތައް ދައްކާލަށް ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓް ބަލަން އުރީދޫއިން ވޮޗް ޕާޓީއެއް އިންތިޒާމުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސެމްސަންގް އިން މިރޭ އެ ކުންފުނީގެ އާ އުފެއްދުންތައް ދައްކާލަށް ބާއްވާ "ގެލެކްސީ އަންޕެކްޑް" އިވެންޓް ބަލަން އުރީދޫއިން ވޮޗް ޕާޓީއެއް އިންތިޒާމުކޮށްފި އެވެ.

މި ވޮޗް ޕާޓީ 9:30 އިން ފެށިގެން ލައިވް މިއުޒިކާ އެކު އޮންނާނީ މިރޭ ސީހައުސްގަ އެވެ. ސެމްސަންގްގެ އިވެންޓް ފަށާނީ 11 ޖަހާއިރު އެވެ.

އުރީދޫ އިން ބުނީ މިއީ ގިނަ ބަޔަކު އެއްތަނުގައި ތިބެ، ސެމްސަންގުގެ އިވެންޓު ބެލުމުގެ ފުރުސަތު މަޖާ، އެކުވެރި މާހައުލެއްގައި ފޯރުކޮށްދިނުން ކަމަށް ބާއްވާ އިވެންޓެއް ކަމަށެވެ.

އާއްމުންނަށް ހުޅުވާލައިގެން އުރީދޫ އިން ރާވާފައިވާ މި ވޮޗް ޕާޓީގައި ހާއްސަ ލަކީޑްރޯއެއް އޮންނާނެ އެވެ. މި ލަކީޑްރޯއިން ހޮވޭ ފަސް މީހަކަށް ގެލެކްސީ ބަޑްސް ލިބޭނެ އެވެ.

"ގެލެކްސީ އަންޕެކްޑް" އަކީ ސެމްސަންގުން އަލަށް ނެރޭ ޕްރޮޑަކްޓުތައް ދައްކާލުމަށް ބާއްވާ އިވެންޓެވެ. މި އިވެންޓުގައި އެ ކުންފުނީގެ ގެލެކްސީ އޭއައި ޓެކް ހިމެނޭ ޕްރިމިއަމް ގެލެކްސީ އެސް24 ސީރީޒްގެ ފޯނު ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.