Roadha Mihaaru
އެލްބިއަންގެ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

އެލްބިއަން ސްޓޯރުގެ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

03 މާޗް 2022

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އާއި ސެނިޓަރީ ވެއާގެ ވިޔަފާރި ކުރަމުން އަންނަ އެލްބިއަން ސްޓޯރުން މިދިޔަ އަހަރުގެ ރޯދަ މަހު ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ އާއި ސެނިޓަރީ ވެއާގެ ވިޔަފާރި ކުރަމުން އަންނަ އެލްބިއަން ސްޓޯރުން މިދިޔަ އަހަރުގެ ރޯދަ މަހު ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.

އެލްބިއަން ސްޓޯރުގައި ބޭއްވި ރަސްމިއްޔާތެއްގައި ގުރުއަތު ނެގީ މަޝްހޫރު ފުޓުބޯލަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ގުރުއަތުން ހޮވުނީ އިމްރާން ހުސައިނެވެ. ޕްރޮމޯޝަނުގެ އިނާމެއްގެ ގޮތުގައި ހުށަހެޅީ އެކަކަށް އުމްރާ ދަތުރެކެވެ.

މިދިޔަ އަހަރުގެ ޕްރޮމޯޝަން ކުރިއަށްގެންދިޔައީ މާޗު 14 ން ފެށިގެން މެއި 12 ވަނަ ދުވަހާ ހަމައަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ގުޅުވައިގެން އެލްބިއަން ސްޓޯރުން އެ ކުންފުނީގެ ހުރިހާ ފިހާރަތަކެއްގައި ޕްރޮމޯޝަން ހިންގަ އެވެ. މިއަހަރުގެ ރޯދަ ޕްރޮމޯޝަން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

އެ ޕްރޮމޯޝަނުގައި އެލްބިއަންގެ ފިހާރަތަކުން 5000ރ. އިން މަތީގެ ވިޔަފާރި ކުރާ މީހުންނަށް "ސްޕިން ދަ ވީލް" ކުޅެގެން އިނާމް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރޯދަމަހު ނަގާލެވޭ ގުރުއަތުން ހޮވޭ ދެ މީހަކަށް ރޯދަ ވީއްލުމެއް ލިބޭނެ އެވެ.

ރޯދަ ޕްރޮމޯޝަނުގެ ދަށުން ގުރުއަތުގައި އެލްބިއަން ސްޓޯރާ މަސްލަހަތު އޮންނަ އެއްވެސް މީހަކު ބައިވެރި ނުކުރާ ކަމުގެ ޔަގީން ކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

އެލްބިއަން ސްޓޯރުގެ މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.