Roadha Mihaaru
ވަރުން އާއި ދިވްޔާ ރުޅިވެއްޖެ

ހަތަރު އަހަރު ރައްޓެހިވެގެން އުޅުމަށް ފަހު ވަރުން އާއި ދިވްޔާ ރުޅިވެއްޖެ

08 މާޗް 2022

ޓީވީ ދެތަރިން ކަމަށްވާ، ދިވްޔާ އަގަރްވާލް އާއި އޭނާގެ ލޯބިވެރިޔާ ވަރުން ސޫދު ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުން ރުޅިވެއްޖެ އެވެ.

ޓީވީ ދެތަރިން ކަމަށްވާ، ދިވްޔާ އަގަރްވާލް އާއި އޭނާގެ ލޯބިވެރިޔާ ވަރުން ސޫދު ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފަހުން ރުޅިވެއްޖެ އެވެ.

އާދިއްތަ ދުވަހު އެ ދެ މީހުން ވަކިވި ޚަބަރު ސަޕޯޓަރުންނަށް ހިއްސާކުރީ ހިތްދަތި މެސެޖަކާ އެކު އެވެ.

މަޝްހޫރު ރިއަލިޓީ ޝޯތައް ކަމަށްވާ، "އެމްޓީވީ ސްޕްލިޓްސްވިލާ" އާއި "އޭސް އޮފް ސްޕޭސް" އަދި "ބިގްބޮސް އޯޓީޓީ" އިން ވެސް ފެނުނު 29 އަހަރުގެ ދިވްޔާ، އެމީހުން ރުޅިވި ޚަބަރު ހިއްސާކުރިޔަސް، އެއީ ކީއްވެ ނިންމި ނިންމުމެއް ކަމެއް ނުބުންޏެވެ. ވަރުން ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ދިވްޔާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނީ، އޭނާ އަށް ވަމުންދާ ހިތްދަތި ކަންކަމުގެ ޒިންމާ މީހެއްގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށެވެ. އޭނާ ބޭނުންވަނީ އަމިއްލަ ނަފްސަށްޓަކާ ދިރިއުޅުމައިގެން ކުރިއަށް ދާން ކަމަށާއި މިހާރު އޭނާގެ ހަޔާތުގައި އިތުރު މީހަކު ނެތް ކަމަށެވެ.

"ކޮންމެ ކަމަކަށް ބޮޑު ބަޔާނެއް ނެރޭކަށް ނުޖެހޭ. އެކްސްކިއުޒް އާއި ސަބަބު ބުނެދޭކަށް ވެސް ނުޖެހޭ. ރުޅިވާން ނިންމި ނިންމުމަކީ އަމިއްލަ ނިންމުމެއް. އޭނާއާ އެކު އުޅުނު އުފާވެރި ވަގުތުތަކަކީ އަހަންނަށް އަގު ހުރި ވަގުތުތަކެއް. އޭނާ އަކީ ރަނގަޅު މީހެއް. އޭނާ ވާނީ އަބަދު ވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަށް،" އެ ނިންމުމަށް އިހުތިރާމުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދެމުން ދިވްޔާ ކުރި ޕޯސްޓުގައިވެ އެވެ.

ދިވްޔާ އާއި ވަރުން 2018 ގައި ރައްޓެހިވި އިރު، އެމީހުން ވަނީ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ވެސް ކުރިން ބުނެފަ އެވެ. އެކަމަކު އެންމެ މަގުބޫލު އެއް ޓީވީ ޖޯޑު ކައިވެންޏާ ހިސާބަށް ދިއުމުގެ ކުރިން މިވަނީ ވަކިވެފަ އެވެ.