Roadha Mihaaru
ލޯބިވެރިންނަށް ދޯކާދިން ކަމަށް ރަންބީރު އެއްބަސްވެއްޖެ

ކުރީގެ ލޯބިވެރިންނަށް ދޯކާދިން ކަމަށް ރަންބީރު އެއްބަސްވެއްޖެ

04 އެޕްރީލް 2022

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރަކީ "ވަރަށް ބިޓިން" މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ، އޭނާ އަކީ ރައްޓެހިވެގެން އުޅުނު އެއްވެސް މީހަކާ އެކީގައި މާ ގިނަ ދުވަހު އުޅެވުނު މީހަކަށް ނުވާތީ އެވެ.

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރަކީ "ވަރަށް ބިޓިން" މީހެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަނީ، އޭނާ އަކީ ރައްޓެހިވެގެން އުޅުނު އެއްވެސް މީހަކާ އެކީގައި މާ ގިނަ ދުވަހު އުޅެވުނު މީހަކަށް ނުވާތީ އެވެ.

ރަންބީރު ރައްޓެހިވި މީހުންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯނާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ. އެކަމަކު މިހާރު އާލިއާ ބަޓްއާ އެކު، ވަރަށް ލޯބިން އުޅެމުން އަންނައިރު، އެމީހުން މިހާރު އަންނަނީ ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ.

ދީޕިކާ އާއި ރަންބީރަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ޖޯޑެކެވެ. "ބަޗްނާ އޭ ހަސީނޯ" ގެ ސެޓުން އެކަކު އަނެކަކާ ދިމާވެ ލޯބިވެގެން އުޅުނަސް އެ ގުޅުން ނިމުމަކަށް އައީ ކެޓްރީނާއާ އެކު ރަންބީރް، "އަޖަޕް ޕްރެމް ކީ ގަޒަބް ހަކާނީ" ގައި މަސައްކަތްކުރި ހިސާބުން ކެޓްރީނާއާ ހިތާވުމުންނެވެ.

ދީޕިކާއާ ވަކިވެ، ކެޓްރީނާއާ ރައްޓެހިވެގެން އުޅެމުން ވެސް ރަންބީރު، "ޗީޓް" ކުރި އެވެ. އެހެންވެ، އެ ގުޅުން ވެސް ނިމުނީ އެވެ.

ކުރީގެ ލޯބިވެރިންނަށް ދޯކާ ދެވުނު ކަމަށް އޭނާ އެއްބަސްވެ އެވެ. ތަންކޮޅެއް ކުރިން ދިން އިންޓަވިއުއެއްގައި ރަންބީރް ބުނީ އަންހެން ކުދިންނަށް "ޗީޓް" ކުރެވުނީ ޒިންމާދާރު ކަމެއް ނެތުމުގެ ސަބަބުން ކަމަށެވެ.

އެ އިންޓަވިއުގައި އޭނާ ލަނޑު ދިނީ ކޮން ބަޔަކަށް ކަމެއް ނުބުނެ އެވެ. އެކަމަކު ދީޕިކާ އާއި ކެޓްރީނާ ކަހަލަ ތަރިންނަށް އޭނާ ދޯކާ ދިން ވާހަކަ، ވަރަށް ކުރިން ވެސް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އެރި އެވެ.

ރަންބީރާއި އާލިއާ އަދި ދީޕިކާ އާއި ރަންވީރު އެކުގައި އެވޯޑް ހަފްލާއެއްގައި ބައިވެރިވަނީ.

ރަންބީރާއި އާލިއާ އަދި ދީޕިކާ އާއި ރަންވީރު އެކުގައި އެވޯޑް ހަފްލާއެއްގައި ބައިވެރިވަނީ.

ރައްޓެހިވެގެން އުޅުނުއިރު މައްސަލަ ހޫނުވިޔަސް، ދީޕިކާ އާއި ރަންބީރަކީ މިހާރު ވަރަށް ގާތް އެކުވެރިންނެވެ. ދީޕިކާގެ ފިރިމީހާ، ރަންވީރާ ވެސް ރަންބީރްގެ ގުޅުން ރަނގަޅެވެ.

މި މަހު ރަންބީރާއި އާލިއާ ކައިވެނިކުރާނެ ކަމަށްވެ އެވެ. ވަރަށް ސިއްރު ހަފުލާއެއްގައި އެމީހުން ކައިވެނިކުރަނީ ރަންބީރުގެ ބޮޑުބޭބެ، ރަންދީރުގެ ގޭގައި ކަމަށްވެ އެވެ. އެ ކައިވެނީގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް މީޑިއާ އަށް ހިއްސާކޮށްފައި ނުވެ އެވެ.