ރާއްޖޭގެ ރީތިި ރާޅުތަކުގެ ތެރޭގައި އާޔާ ނަސީމް ސާފްކުރަން ފެށީ އުމުރުން 16 އަހަރުގަ އެވެ. އޭރު، މިކަމަށް ޝައުގުވެރިވެގެން ކުރިއަށްދާން ބޭނުންވާ އަންހެނުން ވަރަށް މަދެވެ. އެކަމަކު ރާޅުތަކުގެ ތެރޭގައި އެ ލިބޭ ހިތްހަމަޖެހުން ހޯދަން ނުކުންނަ އަންހެނުންގެ ނިސްބަތް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގިނަވެއްޖެ އެވެ.
08 މާޗް 2022
ރާއްޖޭގެ ރީތިި ރާޅުތަކުގެ ތެރޭގައި އާޔާ ނަސީމް ސާފްކުރަން ފެށީ އުމުރުން 16 އަހަރުގަ އެވެ. އޭރު، މިކަމަށް ޝައުގުވެރިވެގެން ކުރިއަށްދާން ބޭނުންވާ އަންހެނުން ވަރަށް މަދެވެ. އެކަމަކު ރާޅުތަކުގެ ތެރޭގައި އެ ލިބޭ ހިތްހަމަޖެހުން ހޯދަން ނުކުންނަ އަންހެނުންގެ ނިސްބަތް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގިނަވެއްޖެ އެވެ.
އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އާޔާއަށް ލިބޭ އުފަލަކީ އެ އެވެ.
އާޔާ ރާޅުތަކުގެ ތެރޭގައި: މި ދާއިރާއަށް އޮތް ޝައުގުވެރިކަމަކީ މީހުން ކިޔާ އެއްޗެއްސަށް ނުލެބުނު ސަބަބު ކަަމަށް އޭނާ ބުނޭ.
"އޭރު [ފެށިއިރު] އަންހެން ކުއްޖަކު ނުފެނޭ. ރާޅަށް ދާ އިރު މީހުން އެއްޗެހި ވެސް ކިޔާ،" އާޔާ ބުންޏެވެ.
ސެއިޝާ ރަޝީދަށް ވެސް ހަމަ މި ތަޖުރިބާކުރަން ޖެހުނެވެ. އޭނާ ސާފްކުރަން ފެށިއިރު ލިބުނު ކޮމެންޓްސް އެހާ ރަނގަޅެއް ނޫނެވެ. އެކަމަކު ގދ. ގައްދޫގައި އޮތް ރާޅު ޓުއާއެއްގައި، ބައިވެރިވީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށް ވާތީ އެވެ.
ސެއިޝާ: ފަތަން އެނގޭތީ ރާޅުތަކުގެ ތެރެއަށް ދާން އޭނާއަށް އުނދަގޫ ކަމަކަށް ނުވި.
"ފަތަން އެނގޭތީ ބައިވެރިވެ އެ ތަނުން [ޓުއާ] އިން ދަސްކުރީ. މިއީ، ރަނގަޅު ފުރުސަތެއް ލިބުނު. މީހުން ބުނޭ އަންހެން ކުދިން ރާޅާ އެޅުމަކީ އެހާ ރީތި ކަމެއް ނޫނޭ. ރާއްޖެ މިއީ ވަށައި ކަނޑެއް އޮތް ތަނަކަށް ވީމަ ރީތި ރާޅުތަކެއް ލިބޭ،" އަންހެނުން ސާފިންގައި ފަހަތަށް ޖެހެންވީ ސަބަބެއް ނެތް ކަން ފާހަގަކުރަމުން ބުންޏެވެ.
އާޔާ އާއި ރިޝްތާ އަދި ސެއިޝާ ގައްދޫގައި.
ރިޝްތާ ސުޖާ ރާޅުތަކުގެ ތެރެއަށް ގެނބުނީ ކުޑައިރެވެ. ފުރަތަމަ ފެނުނީ ބައްޕަ ރާޅާ އަޅާ ތަނެވެ. އެ މަންޒަރުން އުފެދުނުު ލޯތްބާއި ޝައުގުވެރިކަން ވީ އޭނާއަށް ރާޅުތައް ދޫކޮށް ނުލެވުނު ސަބަބަކަށެވެ.
އަންހެނުން ރާޅާ އެޅުމާ މެދު ކުރިން ގިނަ ބަޔަކު ނުރުހުން ވިޔަސް އެ ވިސްނުން ބަދަލުވާން ފަށައިފި އެވެ. އެއީ ތިން މީހުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
"ސާފް ލެސަންސް ދޭ ބައިވަރު ތަންތަނާއި ސްކޫލްތަކުން ސާފިން ކްލަބްސް ހަދާތީ ޕޭރަންޓްސް އާއި މުޖުތަމައުގެ ތެރޭގައި ވެސް އެބަ ބަދަލުވޭ ރާޅާ އެޅުމާ މެދު ދެކޭ ގޮތް،" އާޔާ ބުންޏެވެ.
"އަންހެނުންގެ ކެޓަގަރީ މުބާރާތްތަކުގައި ހިމަނާތީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ."
ރިޝްތާ ބުނި ގޮތުގައި، ރާޅާ އަޅާތީ ހިތްވަރު ދޭ މީހުން ކުރިއާ އަޅާބަލާއިރު ގިނަވެއްޖެ އެވެ. އެއީ ވަކި އަންހެނަކަށް ވީތީ ނުކުރަން ވީ ކަމެއްގެ ގޮތުގައި ގަބޫލުކުރުންްތައް ވެސް މަދެވެ.
"އެކަނި ގޮސް އެރިލާ އިރު ނުވަތަ މީހަކާ އެކީގައި ގޮސް އެރިލާ އިރު ވެސް އަބަދުވެސް ހެލްޕްކޮށްދޭ،" އޭނާ ބުންޏެވެ.
ރިޝްތާ: އޭނާ ރާޅާ އަޅަން ފެށީ ބައްޕަގެ ފަހަތުން.
މި ހިތްވަރު ރާޅާ އަޅާ އަންހެނުންނަށް ދިނުމަކީ ސެއިޝާ އެދޭ ގޮތެވެ. އެއީ މިހާރަށް ވުރެން ވެސް ގިނަ އަންހެން ކުދިންތަކެއް ވެސް މިކަމުގެ ތެރެއަށް ވަންނާނެ ކަމެއް ކަމަށް އާޔާ ވެސް ދެކެ އެވެ.
"ރާއްޖޭގެ އަންހެން ކުއްޖަކު ސާފިންގައި ދުނިޔޭގެ ފެންވަރަށް ދިއުމަކީ އުއްމީދެއް،" އާޔާ ބުންޏެވެ.
"ސާފްކުރަން ބޭނުންވާ އަންހެން ކުދިންނަށް ބުނެލަން ބޭނުންވަނީ، ރާޅަށް އެރޭށޭ، އަޅާށޭ. ބިރުނުގަންނާށޭ. އެހީވާން ތިބޭނަމޭ."
އަންހެނުން ބާރުވެރިކުރުވަން ދިރާގުން އެކްޝަން ޕްލޭނެއް
10 ކުދިންނާ އެކު ސަންފައްތަ ވެސް ރާޅުތަކުގެ ތެރެއަށް
ފާއިޒާ: ގައްދޫގެ ފަހުރު ދަމަހައްޓަނީ ތުނޑުކުނަލުން
މި ވިސްނުމުން ޓޫރިޒަމް ދާއިރާއަށް ހިނިތުންވުން!
އަންހެނުންނަށް ޓަކައި، މި ކުލަބުގެ ހިތްވަރަކީ މިއީ!
އަންހެނުންގެ ދުވަސް ފާހަގަކުރަން ނަހުލާގެ ޖަލްސާއެއް
ބަސް ދުއްވަން އަންހެނުން ތަމްރީން ކުރަނީ
"ކޮކޯ ޝިކް" އާއި "މިހާރު" ގުޅިގެން ކޮންޓެސްޓެއް
އަމީމަތު: ދެ ދަރިންނާއެކު އާއިލާގެ މުހިއްމު ތަނބު!
ކަސަބް ލިބާހުގެ ކަވި މަސައްކަތުގައި ދެމައިން