Roadha Mihaaru
ހައްޔަރެއް ނުކުރެވޭނެ، ކުރަނީ ދޮގު ތުހުމަތެއް

ހައްޔަރެއް ނުކުރެވޭނެ، ކުރަނީ ދޮގު ތުހުމަތެއް: ސޮނާކްޝީ

10 މާޗް 2022

ފްރޯޑް ކޭސްއެއްގެ ތުހުމަތުން ސަލާމަތްނުވެ ބޮލީވުޑްގެ އެކްޓްރެސް ސޮނާކްޝީ ސިންހާ ހައްޔަރުކުރަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން ސޮނާކްޝީ އެކަމާ ހިތްހަމަނުޖެހިއްޖެ އެވެ. "ދަބަންގް" ގެ އެކި ބައިތަކުން ފެނުނު ސޮނާކްޝީއާ ދެކޮޅަށް ކަފާލާތުގެ ދަށުން ވެސް މިނިވަން ނުވާނެ ކަހަލަ، ހައްޔަރުކުރުމުގެ އަމުރެއް އިންޑިއާގެ ސިޓީއެއް ކަމަށްވާ މޮރަދަބާދުގެ ކޯޓަކުން ނެރުނު ކަމަށް ޅަބަރުތައް ފެތުރުނީ މީގެ ދެތިން ދުވަސް ކުރިންނެވެ.

އެއީ ދިއްލީގައި އޮތް އިވެންޓެއްގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ސެޕްޓެމްބަރު، 2018 ގައި ސޮނާކްޝީ ހަމަޖެއްސި ނަމަވެސް އެ އިވެންޓަށް ދާން ފައިސާ ނެގުމަށް ފަހު ވެސް އޭނާ އެތަނަށް ނުދިޔަ މައްސަލައެކެވެ. އެހެންވެ، އިވެންޓް އިންތިޒާމުކުރި މީހުން 2019 ގައި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އެ އިވެންޓަށް ދާނެ ކަމަށް ބުނެ، 3.7 މިލިއަން ރުޕީސް ނެގުމަށް ފަހު އެތަނަށް ނުދިޔަ ނަމަވެސް، އެ ފައިސާ އަނބުރާ ދޭން އެތައް ފަހަރަކު އެދުމުން ވެސް އޭނާގެ މެނޭޖަރު އެކަމާ ދެކޮޅު ހެދި ކަމަށް ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ސޮނާކްޝީ ނެރުުނު ބަޔާނެއްގައި ބުނީ އޭނާ ކަފާލާތުގެ ދަށުން މިނިވަން ނުވާނެ ކަހަަލަ އަމުރެއް ނެރުނު ކަމަށް ބުނެ މީޑިއާތަކުން އެކަން ރިޕޯޓްކުރީ އޭނާގެ ބަހެއް ނެތި ކަމަށެވެ. އެއީ މީހަކު އޭނާ އަށް ކުރާ ޖެއްސުމެއް ކަމަށް ބުނެ ސޮނާކްޝީ އެދުނީ އޭނާގެ ނަން ބޭނުންކޮށްގެން ބަޔަކު މަޝްހޫރުވާން ފަތުރާ ދޮގު ހަބަރުތައް ނުލިޔުމަށް އެދިފަ އެވެ.

ސޮނާކްޝީގެ އިންސްޓަގްރާމު ސްޓޯރީއަށްލާފައިވާ ޕޯސްޓްގެ ސްކްރީންޝޮޓް--

ސޮނާކްޝީގެ އިންސްޓަގްރާމު ސްޓޯރީއަށްލާފައިވާ ޕޯސްޓްގެ ސްކްރީންޝޮޓް--

"އޭނާ [އިވެންޓް މެނޭޖަރު ޕްރަމޯދު ޝަރްމާ] އުޅެނީ އަހަރެންގެ އަނބުރަށް އަރައިގަނެގެން މަޝްހޫރުވާން އަދި އަހަރެން އަތުން ފައިސާ ހޯދަން. މީހުންގެ ލޯތްބާއި ގަދަރު އަހަރެން ހޯދީ އެތައް އަހަރަކު ކުރި ބުރަ މަސައްކަތުން. އަހަރެންގެ ލީގަލް ޓީމުން މި މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އޭނާއާ ދެކޮޅަށް އަޅާނެ،" ސޮނާކްޝީގެ ޕޯސްޓުގައިވެ އެވެެ.

ސޮނާކްޝީ ބުނީ އޭނާ އަދިވެސް ހުރީ ގޭގައި ކަމަށާއި އޭނާއާ ދެކޮޅަށް އެއްވެސް އަމުރެއް ނެރެފައި ނުވާ ކަމަށެވެ. އަދި ގޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އޭނާ ވަނީ "ހައުސް އެރެސްޓް" ކަމަށް ބުނެ އެކަމަށް ޖޯކު ޖަހައިފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މި ހަފުތާގައި ރިޕޯޓްކުރީ އެ މައްސަލައިގައި ސޮނާކްޝީގެ ބަޔާންދޭން ދިޔަސް، ފަހުން އެތަނުން ނުފެނުމުން ކޯޓުން ނެރުނީ ކަފާލާތުގެ ދަށުން ވެސް އޭނާ މިނިވަން ނުވާނެ ކަހަލަ އަމުރެއް ކަމަށެވެ. ސޮނާކްޝީ ހައްޔަރުކުރުމަށް ފުލުހުންނަށް ކޯޓުން އަމުރުކުރި އިރު، އަންނަ މަހުގެ 24 ވަނަ ދުވަހު އޮންނަ އަޑުއެހުމަށް އޭނާ ހާޒިރުކުރުމަށް ކޯޓުން އެންގި ކަމަށް ވެސް ބުނެފައިވެ އެވެ.