Roadha Mihaaru
ރާއްޖޭގައި 30 މިލިއަންގެ ބޮޑު ފްރޯޑެއް، ސަމާލުވޭ!

ރާއްޖޭގައި ބޮޑު ފްރޯޑެއް، މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފި!

10 މާޗް 2022

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ބޮޑު ފްރޯޑް ސްކޭމެއް ރާއްޖޭގައި ހިންގަމުންދާތީ، އެ ކަމަށް ސަމާލުވާން މަރުކަޒީ ބޭންކުން މިރޭ އެދިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ބޮޑު ފްރޯޑް ސްކޭމެއް ރާއްޖޭގައި ހިންގަމުންދާތީ، އެ ކަމަށް ސަމާލުވާން މަރުކަޒީ ބޭންކުން މިރޭ އެދިއްޖެ އެވެ.

އެ ކަން ހިންގާ މީހުންގެ ނަން އެ އިދާރާ އިން އަދި އާންމު ނުކުރި ނަމަވެސް އެ ކުންފުންޏާ މެދު ފިޔަވަޅުން އަޅަން އެމްއެމްއޭއިން ބޭންކުތަކަށް އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފްރޯޑް ހިންގަނީ ރާއްޖޭގެ ވަރަށް ބޮޑު ކުންފުންޏަކުން ކަމަށް ވާއިރު، މިހާތަނަށް 30 މިލިއަނަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ދައުރުކޮށްފަ އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފްރޯޑް ހިންގަނީ ފޭސްބުކާއި ޓެލްގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް އަނބުރާ ދޭނެ ކަމަށް ބުނި ނަމަވެސް އިންވެސްޓް ކުރުމުގެ ބަދަލުގައި އަމިއްލަ ބޭނުންތަކަށް އެ ސްކީމްގައި ފައިސާ ބޭނުންކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެ ސްކީމުގައި ކުރީކޮޅު ފައިސާ ނަގާ މީހުންނަށް އަނބުރާ ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ. އެހެންވެ، އެފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން ކަމަށާއި އެ ސްކީމް ރޫޅޭއިރު، ބައިވެރިވި ގިނަ މީހުންނަށް ފައިސާ ވެސް އަނބުރާ ނުލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

އެ އިދާރާ އިން ސިފަ ކޮށްފައިވާ ސްކީމަށް އާއްމުކޮށް ކިޔައި އުޅެނީ “ޕޮންޒީ ސްކީމް” އެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް މަނާ އެއްޗެކެވެ.