ކޮވިޑް-19 އަކީ ގޮތް ނޭނގޭ ބިރުވެރި ބައްޔެއްގެ ގޮތުގައި އޮތް އިރު ވެސް އެއިން ރައްކާތެރިކަން ހޯދަން އަހަރެމެން މާސްކް އަޅުވަންޖެހުނީ ގަދަކަމުންނެވެ. ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މީގެ އެއް އަހަރާއި އަށް މަސް ކުރިން މަޖުބޫރުކުރަން ޖެހުނީ އެހެންވެ އެވެ. އެވަރުން ވެސް އެކަން ނުކުރެވިގެން، މާސްކް ނާޅާ ނަމަ ބޮޑެތި ޖޫރިމަނާތައް ވެސް ކުރަން ޖެހުނެވެ. އެކަމަކު މިހާރު - ދަތްދޮޅީގައި ނަމަވެސް - މާސްކް ނެތް ނަމަ ފަޅެއް ނޫންހެއްޔެވެ؟
ކޮވިޑް-19 އަކީ ގޮތް ނޭނގޭ ބިރުވެރި ބައްޔެއްގެ ގޮތުގައި އޮތް އިރު ވެސް އެއިން ރައްކާތެރިކަން ހޯދަން އަހަރެމެން މާސްކް އަޅުވަންޖެހުނީ ގަދަކަމުންނެވެ. ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މީގެ އެއް އަހަރާއި އަށް މަސް ކުރިން މަޖުބޫރުކުރަން ޖެހުނީ އެހެންވެ އެވެ. އެވަރުން ވެސް އެކަން ނުކުރެވިގެން، މާސްކް ނާޅާ ނަމަ ބޮޑެތި ޖޫރިމަނާތައް ވެސް ކުރަން ޖެހުނެވެ. އެކަމަކު މިހާރު - ދަތްދޮޅީގައި ނަމަވެސް - މާސްކް ނެތް ނަމަ ފަޅެއް ނޫންހެއްޔެވެ؟
ކޮވިޑް-19 ފެތުރުން އިތުރުވެ ނުރައްކާ ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ބޭރުގައި އުޅޭ އިރު މާސްކް އެޅުން ސަރުކާރުން މަޖުބޫރުކުރީ ޖުލައި 30، 2020 ގަ އެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމުގެ ބޭނުމަށް އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ އުވާލާއި މާސްކް އެޅުމުގެ މަޖުބޫރުކަން ވެސް ނިމުމަކަށް ގެނައި އިރު މާސްކަކީ މިހާރު އެކުވެރިއަކަށް ވެއްޖެ އެވެ. މާސްކް ދޫކޮށްލެވޭނީ ކޮން ދުވަހަކުހޭ އެތައް ބަޔަކު ބުންޏަސް ފަސޭހައިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމުގެ ބޭނުމަށް ފިޔަވައި އެހެން ބޭނުންތަކަށް ވެސް މާސްކް މުހިންމުވީ އެވެ.
އެއީ އަވިން މޫނަށް ލިބޭ ގެއްލުން ކުޑަކޮށްލަން މުހިންމު އެއްޗެއްގެ ގޮތުގައި އަދި ބޭރަށް ނުކުންނައިރު މީހުންނަށް "ފޮރުވިގެން" އުޅެން ބޭނުންކުރާ އެއްޗަކަށް ވެސް ވީ އެވެ. އެކަމަކު އަދިވެސް މާސްކަކީ ކޮވިޑުން އަދި، ފައިސޭހައިން ފެތުރޭ އެހެން ބަލިތަކުން ރައްކާތެރިވެ ތިބުމަށް އަޅަން މުހިންމު އެއްޗެކެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭން ބޭރުން އައި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަން ދާއިރު، ކޮވިޑުން ރައްކާތެރިވުމުގެ އިރުޝާދުތައް ލިޔެފައިވާ ބޯޑަކަށް ބަލަނީ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ރެއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މާސްކުގެ މަޖުބޫރީ ހާލަތު އުވާލައި މިހާރު ހަމަޖައްސާފައި ވަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުޅޭއިރު އާއި ކޮވިޑްގެ އައުޓްބްރޭކެއް އޮތް ރަށެއްގައި ނަމަ މާސްކް އަޅަންޖެހޭނެ އެވެ. އައުޓްބްރޭކެއް އޮތް ކަމަށް ބަލަނީ ކޮވިޑަށް ޓެސްޓްކުރާ މީހުންގެ ތެރެއިން 20 ޕަސެންޓަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވާ ނަމަ އެވެ، ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށް ވުރެ މަތި ނަމަ އެވެ.
ރާއްޖޭން ކޮވިޑްގެ ފުރަތަމަ ކޭސް މާޗް 7، 2020 ގައި ފެނުނު ފަހުން އެ ބައްޔާ ދެކޮޅަށް އަޅަންފެށި ފިޔަވަޅުތަކަށް ހާލަތާ ގުޅޭ ގޮތުން އެކި ބަދަލުތައް ގެންނަމުން ގޮސް މިހާރު އޮތީ ފިޔަވަޅުތައް އެކީގައިހެން އުވިފަ އެވެ.
● ރާއްޖޭން ބޭރުން އަންނަ، ރާއްޖޭގައި ދިރިއުޅޭ މީހުންނާއި ޓޫރިސްޓުން ފިޔަވައި، ބަލީގެ އަލާމަތް ހުންނަ މީހުން އެންޓިޖެން ޓެސްޓް ހެދުން
● ރާއްޖޭން ބޭރުން އަންނަތާ ތިން ދުވަސް ތެރޭ އެންޓިޖެން ޓެސްޓް ހެދުން، އެދެވޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުން
● ކޮވިޑް ވެކްސިން ޖަހާފައި ނެތަސް، ރާއްޖެ އައިސް ކަރަންޓީނުވާން ނުޖެހުން
● ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުޅޭއިރު އާއި ކޮވިޑް ޕޮޒިޓިވިޓީ ރޭޓް 20 ޕަސެންޓަށް ވުރެ މަތި ރަށްރަށުގައި ނޫނީ، ބޭރުގައި އުޅޭއިރު މާކްސް އެޅުން މަޖުބޫރު ނުވުން
● ބަލީގެ އަލާމާތް ހުންނަ މީހުންނާއި ބަލި ޖެހުމުން ނުރައްކާ ވެދާނެ މީހުން އަދި މި ފަދަ މީހުންނާ އެކު އުޅޭ މީހުން، ގިނަ މީހުން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ އެދެވޭ ކަމެއްގެ ގޮތުގައި ހަމަޖެއްސުން
މި ކަންކަން މިހެން ބަދަލުކުރިޔަސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާއި އެ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން، އޮންނަ އުސޫލެއްގެ ދަށުން ކަރަންޓީނުކޮށް ޓެސްޓްކުރަމުން ގެންދާނެ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިކަން އިއުލާނުކޮށް ރޭ ބޭއްވި ޕްރެސްގައި ވެސް، މިއީ އަދި ކޮވިޑް ނިމުން ނޫން ކަމަށާއި އަދިވެސް އުޅެންވާނީ ރައްކާތެރިކަމަށް އިސްކަން ދީގެންކަން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެތަނުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ފާހަގަކުރެއްވި އެވެ. އަދި ހާއްސަކޮށް، ބަލީގައި ބޮޑުވަރުވެ ނުރައްކާ ވެދާނެ މީހުން އިތުރަށް ސަމާލުވާން ކުރައްވާ އިލްތިމާސް ތަކުރާރުކުރެއްވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެތަނުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަށް ވެސް ވަނީ ކޮވިޑްގެ ސަބަބުން އެތައް ކަމެއް ބަދަލުކުރަންޖެހިފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް.
"ކޮވިޑާ ގުޅިގެން ސިއްހީ ނިޒާމްގެ ... ހާއްސަކޮށް، އާންމު ސިއްހަތުގެ ވަރަށް ގިނަ ކަންކަން ރަނގަޅުވެގެން، ބަދަލުވެގެން ހިނގައްޖެ،" އެކި ފަރާތްތަކުން ލިބުނު އެހީގައި ސިއްހީ ދާއިރާގެ ކަންކަމަށް އައި ބަދަލަށް އިޝާރާތްކުރައްވަމުން ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މީގެ ކުރިން މައިނަސް 70-80 ގައި ވެކްސިން ގެންގުޅުމަކީ ރާއްޖޭގައި ކުރި ކަމެއް ނޫން ކަމަށެވެ.
"ފުރަތަމަ މާލޭގައި މި ވެކްސިން ސްޓޯކުރުމުގެ ކެޕޭސިޓ ގާއިމްކުރީ. މިހާރު ކޮންމެ އަތޮޅެއްގައި މި ކެޕޭސިޓީ ހުންނާނެ. ވެކްސިން ރައްކާކުރާ ފްރިޖަކީ ވަކި ހާއްސަ ވައްތަރެއްގެ ފްރިޖެއް. މިހާރު ކުދި ރަށްރަށުގައި ވެސް، ހާއްސަ ވެކްސިން ރައްކާކުރާ ފްރިޖްތައް ފޯރުކޮށްދެވިއްޖެ. އަދި ގިނަ ތަންތނުގައި އެ އިންސްޓޯލް ވެސް ކުރެވިފައި،" ނަޒްލާ ވިދާޅުވި އެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ނަޒްލާ ވިދާޅުވީ، ފަސޭހައިން ގައިންގަޔަށް އަރާ، ހިމަބިހި، ފާނަބަސަންދު ފަދަ ބަލިތަކަށް ޝައްކުވާ މީހުންނަށް ފަރުވާ ދޭންޖެހެނީ އެކަހެރިކޮށްގެން ކަމަށް ވާތީ މާލޭ ނަމަ އެފަދަ މީހަކަށް ފަރުވާދޭން ޖެހެނީ ޕްރައިވެޓް ރޫމެއްގައި ބާއްވައިގެން ކަމަށެވެ. މާލޭގެ ހޮސްޕިޓަލްތަކުގައި މިގޮތަށް ރޫމްތައް ހުންނައިރު އަތޮޅު ހޮސްޕިޓަލްތަކުގައި މީގެ ރޫމްތައް މަދު ކަމަށާއި އައިސޮލޭޝަންއަށް ހާއްސަ ރޫމްތައް ވަރަށް މަދު ކަމަށެވެ.
މޭ 21، 2021 ގައި މާލެ ސަރަހައްދުން ކޮވިޑް-19 ގެ ސަބަބުން މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ: ކޮވިޑްގެ ނުރައްކާ ހާލަތުގައި އެތައް ބައެެއްގެ ފުރާނަ ގެއްލުނުއިރު އެ މީހުންނަށް ފަހުގެ އިހްތިރާމް އަދާކުރުމުގައި ވެސް އެތައް ހުރަހެއް ކުރިމަތިވި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
އެހެންވެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އަލުން ހަދާއިރު އާއި މަރާމާތުކުރާއިރު، ގައިގަޔަށް އަރާ ބަލިތަކުގެ މީހުން ވަކިން ގެންގުޅޭ، މުޅިން ވަކިން ހިދުމަތް ދެވޭ ގޮތަށް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ކަމަށް ނަޒްލާ ވިދާޅުވި އެވެ. ހުޅުމާލޭގައި ހެދި އިންފެކްޝަސް ޑިޒީޒް ސެންޓަރަކީ ކޮވިޑާ ގުޅިގެން ހެދި ތަނަކަށް ވިޔަސް އެއީ ވެސް ހަމައެކަނި ކޮވިޑަށް ހާއްސަ ތަނެއް ނޫން ކަމަށައި ގައިންގަޔަށް އަރާ ބަލިތަކުގެ މީހުން އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ހާލަތުގައި އެތަން ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްލަ ގޮތެއްގައި އޭނާ ފާހަގަކުރެއްވީ ކޮވިޑް އަދި މިފަދަ އެހެން ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމަށް މިހާރު ވެފައި އޮތް ތައްޔާރީ އެވެ.
ފިޔަވަޅުތައް ކިތަންމެ ބޮޑަކަށް ލުއިކޮށްލި ނަމަވެސް މިއީ އަދިވެސް ދުނިޔޭގައި ޕެންޑަމިކެއްގެ ހާލަތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅަފައިވާ ބައްޔަކަށް ވާތީ ރާއްޖޭގައި ވެސް އެކަން އޮންނާނީ އެހެން ކަމަށާއި މިއީ އާންމު ރޯގާއެއްގެ ގޮތުގައި ނުވަތަ އެންޑަމިކެއްގެ ގޮތުގައި ނުބަލާނެ ކަމަށް ޕްރެސް ކޮންފަރެންސްގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވި އެވެ.
ކޮވިޑާ ދެކޮޅު ފިޔަވަޅުތަކަށް މި ބަދަލުތައް ގެނައިއިރު ރާއްޖޭން މިހާތަނަށް 174،658 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. މީގެ ތެރެއިން 163،687 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތައް އުޅެނީ 2،000 ގަ އެވެ. ބަލީގައި މިހާތަނަށް މަރުވީ 297 މީހެކެވެ.
ރާއްޖެ ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ކުރިން ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހަން ފެށި އެއް ގައުމަށެވެ. އަދި އާބާދީގެ ނިސްބަތުން ވެސް އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ އެއް ގައުމެވެ. މިހާތަނަށް 398،348 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި 371،439 މީހަކު ދެވަނަ ޑޯޒް ޖަހައި އަދި 143،477 މީހަކު ވަނީ ބޫސްޓަ ޑޯޒް ވެސް ޖަހައިފަ އެވެ.
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
މާސްކް އަޅާތޯ ބަލާނެ ކަމަށް ފުލުހުން ބުނެފި
މާފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް، މާސްކެއް ނާޅާ
ގެސްޓު ހައުސް ހުޅުވާ ރަށްރަށުގައި މާސްކު މަޖުބޫރު
ކޮވިޑުގެ ޖޫރިމަނާ މިލިއަނަކަށް ވުރެ މައްޗަށް
މާސްކް ނާޅަައި އުޅުމުން 73 މީހަކު ޖޫރިމަނާކޮށްފި
މާސްކް ނާޅައިގެން ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
"ބޭރަށް ދާ ނަމަ މާސްކް އެޅުން ވަރަށް މުހިއްމު"
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ