ރާއްޖޭގައި ހަދަން ނިންމާފައިވާ ފްލޯޓިން ސިޓީ ބައިނަލްއަގުވާމީ ފަހުރުވެރި އެވޯޑެއް ކަމަށްވާ އެމްއައިޕީއައިއެމް އެވޯޑަށް ޝޯޓްލިސްޓް ވެއްޖެ އެވެ.
17 މާޗް 2022
ރާއްޖޭގައި ހަދަން ނިންމާފައިވާ ފްލޯޓިން ސިޓީ ބައިނަލްއަގުވާމީ ފަހުރުވެރި އެވޯޑެއް ކަމަށްވާ އެމްއައިޕީއައިއެމް އެވޯޑަށް ޝޯޓްލިސްޓް ވެއްޖެ އެވެ.
މި އެވޯޑް މަޝްހޫރުވެފައި ވަނީ "އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް"ގެ ގޮތުގަ އެވެ. އެހެންވެ، މިއީ އިމާރާތް ކުރުމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެވޯޑެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑަށް ޝޯޓްލިސްޓް ވެފައި ވަނީ 'ބެސްޓް ފިއުޗެރާ މެގަ ޕްރޮޖެކްޓް' ކެޓެގަރީން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓްގެ ތެރެއިންނެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ އަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހަދާ އީޖާދީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ. ނެދަލެންޑްސްގެ ފްލޯޓިން ޓެކްނޯލޮޖީ އާއެކު ހަދާ މި ސިޓީގައި 5،000 ފްލޯޓިން ހައުސިން ޔުނިޓް ފަޅުގައި ހުންނާނެ އެވެ. މި ޔުނިޓްތައް ހަދާނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ގޮތަށެވެ.
އެމްއައިޕީއައިއެމް ޕްރޮޖެކްޓަށް ޝޯޓްލިސްޓް ވެފައިވާ އަނެއް ތިން ޕްރޮޖެކްޓަކީ ބާސެލޯނާގައި ހުންނަ ކުރީގެ މާސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓްއަކަށް ބަދަލުކުރާ ޕްރޮޖެކްޓަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔާސް ކެމްޕަސްއަކާއި، ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެކެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ޑިރެކްޓަރު އިބްރާހިމް ރިޔާޒް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދޭ އެންމެ ފަހުރުވެރި އެވޯޑަކަށް ޝޯޓްލިސްޓް ވުމަކީ އެ ޕްރޮޖެކްޓަށް އިތުބާރު ބޮޑުވެ މި ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް ކަމަށެވެ.
ފްލޯޓިން ސިޓީގެ ޕާޓްނަރަކަށް މާލޭ ސިޓީ ކައުންސިލް
ފްލޯޓިން ސިޓީގެ މަސައްކަތް އަންނަ މަހު ފަށަނީ
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ޕީއެސްއައިޕީ އަށް ކުރި ހޭދަ 40 ޕަސެންޓު ދަށަށް
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ