"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ގެ ނަމުގައި މާލެ އަތޮޅުގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
29 ސެޕްޓެމްބަރ 2021
"މޯލްޑިވްސް ފްލޯޓިން އައިލެންޑް" ގެ ނަމުގައި މާލެ އަތޮޅުގައި ތަރައްގީކުރާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީ ހެދުމަށް ނެދަލޭންޑްސް ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށް، މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރީ މިދިޔަ މާޗު މަހު އެވެ.
އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް "މިހާރު" އަށް ވިދާޅުވީ ފްލޯޓިން ސިޓީ އަޅާ ސަރަހައްދުގެ ކަނޑު އަޑީގެ ވެއްޔާއި ފަރުތަކުގެ ހާލަތު ބެލުމަށް ބޯ ހޯލިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އީއައިއޭ ތައްޔާރު ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ މަޝްރޫއުގެ މާސްޓާ ޕްލޭން ނިންމަން ބޭނުންވާ މައުލޫމާތުތަކެއް ކަމަށާއި އެފަދަ ހުރިހާ ޓެކްނިކަލް ޑީޓެއިލް ނިންމުމަށް ފަހު، ހުއްދަތައް ހޯދަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެ ސަރަހައްދުގައި އަމަލީ މަސައްކަތް ހަތަރު ވަނަ ކުއާޓާގައި [އަންނަ މަހު] ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ފްލޯޓިން ސިޓީ ތަރައްގީ ކުރަނީ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް އާއި ސަރުކާރާ ދެމެދު ގާއިމުކުރި ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.
މާލެ އަށް 10 މިނެޓުގެ ތެރޭގައި ދަތުރު ކުރެވޭ މި ފްލޯޓިން ސިޓީގައި 5،000 ގެ ހަދަން އޮތީ ރާވައިފަ އެވެ. ތަފާތު ކޮންސެޕްޓަކަށް ހަދާ ފްލޯޓިން ސިޓީގައި ސްކޫލާއި ހޮސްޕިޓަލާއި މޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހަދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފްލޯޓިން ސިޓީގެ ޕާޓްނަރަކަށް މާލޭ ސިޓީ ކައުންސިލް
ފްލޯޓިން އައިލެންޑް މުހިންމު އެވޯޑަކަށް ޝޯޓްލިސްޓުވެއްޖެ
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
އައްޑޫ ބްރިޖުުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަނީ
ޕީއެސްއައިޕީ އަށް ކުރި ހޭދަ 40 ޕަސެންޓު ދަށަށް
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް
އަހަރު ފެށުނުއިރު އާސަންދައަށް ކުރި ހޭދަ ކުޑައެއް ނުވި
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ