20 މާޗް 2022
ސަރުކާރުން މުޅިން އަލަށް ބާއްވަން ފެށި ސްޕޯޓްސް އެވޯޑްގައި، އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ހިމެނުމުން ކުޅިވަރުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް، އެސޯސިއޭޝަން އެވޯޑް ހޯދި ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މުޅިން އަލަށް ބާއްވަން ފެށި ސްޕޯޓްސް އެވޯޑްގައި، އެންމެ ރަނގަޅު އެސޯސިއޭޝަންގެ އެވޯޑް ހިމެނުމުން ކުޅިވަރުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް، އެސޯސިއޭޝަން އެވޯޑް ހޯދި ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކުޅިވަރުގެ އެވޯޑް ހަފުލާގައި ސްޕޯޓްސް އެސޯސިިއޭޝަން އޮފް ދި އިޔާ އަށް ޓީޓީއޭއެމްއާ ވާދަކުރީ އެތުލެޓިކްސް އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނެވެ. އެ ތިން އެސޯސިއޭޝަނަކީ 2019 ގެ ބޭއްވި ގޭމްސްތަކުގައި ރަން މެޑަލް ހޯދި ތިން އެސޯސިއޭޝަން ވެސް މެ އެވެ.
އަލީ ވިދާޅުވި ގޮތުގައި އެސޯސިއޭޝަން އެވޯޑް ޓީޓީއޭއެމް އަށް ލިބުމުގައި އެންމެ ބޮޑަށް މަގުފަހިވީ ކޮވިޑްގެ ހާލަތުގައި ވެސް އެސޯސިއޭޝަންގެ ހިންގުން ރަނގަޅަށް ގެންދެވިފައިވުމެވެ. ކޮވިޑުގެ ހާލަތުގައި ޓީޓީއޭއެމް އިން ކުރި މަސައްކަތް ދުނިޔޭގެ ޓީޓީ ފެޑެރޭޝަން، (އައިޓިޓީއެފް) އިން ވެސް ބަލައިގެންފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"އައިޓީޓީއެފް އިން ފާހަގަކުރި ކޮވިޑުގެ ހާލަތުގައި ވެސް އެންމެ ރަނގަޅު ފިޔަވަޅުތަކާ އެކު މެނޭޖުކުރި އޭޝިއާގެ ޓީޓީ އެސޯސިއޭޝަންތަކުގެ ތެރޭގައި ޓީޓީއޭއެމް ހިމެނޭ ކަމަށް. އަޅުގަނޑަށް ހީވާ ގޮތުގައި އެސޯސިއޭޝަންގެ އެވޯޑް އަޅުގަނޑުމެންގެ ކުޅިވަރަށް ލިބުމުގައި އެންމެ ބޮޑު ޕްލަސް ޕޮއިންޓަކަށްވި އެއް ކަންތައް އެއީ، އައިޓީޓީއެފްއިން ވެސް ރާއްޖެ ރިކޮގޮނައިޒްކޮށްފައި އޮތުން،" ޓީޓީއޭއެމްގެ އިންތިހާބުގައި 2020 ގައި ދެވަނަ ދައުރަކަށް އިންތިހާބުވި އަލީ ވިދާޅުވި އެވެ.
"ކޮވިޑްގެ ތެރޭގައި ވެސް އިންޓަނޭޝަނަލް ޕާޓްނަރުން އަޅުގަނޑުމެންގެ އެސޯސިއޭޝަނާ އެލައިން ކުރިން. އިންޑިއާގެ ސްޓޭޓް ލެވަލްގެ އެސޯސިއޭޝަންތަކާ ދެމެދު އެއްބަސްވުންތައް ހެދި. ކޮމަންވެލްތު ޓީޓީ ފެޑެރޭޝަނާ އެކު އުފެއްދުނު ގުޅުންތަކަކީ ވެސް ޓީޓީއޭއެމް އަށް މި އެވޯޑް ލިބުމުގައި އެންމެ ބޮޑު އެއް ސަބަބު ކަމަށް އަޅުގަނޑު ދެކެނީ."
އޭނާ ވިދާޅުވީ މަދު އަދަދެއްގެ މުވައްޒަފުންނާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރެވުނީ ޓީޓީ އާއިލާއން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އެސޯސިއޭޝަން އެވޯޑާ އެކު ކުޅިވަރުގެ ހިންގުން ހަރުދާނާވާނެކަން ފާހަގަކޮށް އަލީ ވިދާޅުވީ، ކުޅިވަރު އެވޯޑްގައި އެސޯސިއޭޝަން އެވޯޑް ހިމަނާފައިވުމަކީ ސްޕޯޓްސް މިނިސްޓްރީން ރަނގަޅު ވިސްނުމެއްގައި ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"އެސޯސިއޭޝަން އެވޯޯޑާ އެކު އެސޯސިއޭޝަންތަކުގެ މެދުގައި ސްޕޯޓްސް މެނޭޖުމެންޓްގައި ވެސް ވާދަވެރިކަމެއް އުފެދޭނެ. ހިންގުން ހަރުދަނާ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެސޯސިއޭޝަންތަކުން ފުރިހަމަ ކުރާނެ. މި ކެޓަގަރީ އެވޯޑްގައި ހިމަނާފައި އޮތުމަކީ މިނިސްޓަރު (އަހްމަދު މަހްލޫފް) ވަރަށް ރަނގަޅަށް ކޮށްފައި އޮތް ކަމެއް،" އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން (ޓީޓީއޭއެމް އިން) ވެސް އަދިކިރިޔާ ފުލް ޓައިމް ޖެނަރަލް ސެކްރެޓަރީއެއް ހަމަޖައްސައިގެން ކުރިއަށް މިދަނީ. މީގެ ކުރިން ޓީޓީއޭއެމްގެ ޖެނަރަލް ސެކްރެޓަރީންގެ ގޮތުގައި މަސައްކަތް ކުރި ބޭފުޅުން މަސައްކަތް ކުރީ ޕާޓްޓައިމް އުސޫލުން."
މިދިޔަ އަހަރު ސަރުކާރުން މާޒިޔާ އަށް 5.2 މިލިއަން
ހިންގުން ދޯދިޔާ ނުވާ އެސޯސިއޭޝަނެއް ނެތް
ބައެއް ޖަމިއްޔާތައް އުވާލާ ލިސްޓު ބާތިލުކޮށްފި
ރަށްރަށަށް ދަނޑު، ފުޓްބޯޅައިގެ ބާރު މާލޭ ޓީމުތަކަށް
މަޝްރޫއުތައް ލަސްވަނީ ކުންފުނިތަކުގެ ގާބިލްކަން ނެތީމާ
ގުދަނަކީ ޔޫތުގެ ތަނެއްކަން ހެކިތަކާއެކު އާންމުކޮށްފި
ޔޫތު މިނިސްޓްރީން ގުދަން ހެދީ ހުއްދަ ނުހޯދައި: ސިޓީ ކައުންސިލް
ޔޫތުގެ ގުދަނަކަށް ކައުންސިލުން ވަތް މައްސަލަ ޕޮލިހަށް
ކުޅިވަރުތައް ތަފާތު ނުކޮށް ބޮޑު އިންގިލާބެއް ގެނެވިއްޖެ
ހިދުމަތްތެރިންގެ އަގު ސްޕޯޓްސް އެވޯޑްސްގައި ވަޒަންކޮށްފި