Roadha Mihaaru
5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި

އިތުރު 5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި

23 މާޗް 2022

މި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި 5،000 އަށް ވުރެ ގިނަ އިތުރު ދުނިޔެތައް ނުވަތަ ޕްލެނެޓްތައް ވާކަމަށް ނާސާ އިން ޔަގީންކޮށްފި އެވެ.

މި ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުން ބޭރުގައި 5،000 އަށް ވުރެ ގިނަ އިތުރު ދުނިޔެތައް ނުވަތަ ޕްލެނެޓްތައް ވާކަމަށް ނާސާ އިން ޔަގީންކޮށްފި އެވެ.

ސައިންސްގެ ހޯދުންތަކުގެ އެ ބޮޑު ކާމިޔާބީ ހާސިލުވީ ނާސާގެ އެކްސޯޕްލެޓް [ސޯލާ ސިސްޓަމުން ބޭރުގެ ދުނިޔެތައް] އާކައިވް އަަށް އިއްޔެ އިތުރުކުރި ސޯލާ ސިސްޓަމުން ބޭރުގެ 65 އެކްސޯޕްލެނެޓާ އެކު އެވެ. އެ އާކައިވް އަކީ އެކްސޯޕްލެޓްތަކުގެ ހޯދުންތައް ޕިއާ ރިވިއުކޮށް، ކަށަވަރުކުރުމަށް ފަހު ޝައިއުކުރާ ތަނެވެ.

"އެއީ ހަމައެކަނި ނަންބަރެއް ނޫން،" އެ އާކައިވްގެ ސައިންސް ލީޑް ޖެސީ ކްރިސްޓީނާސެން ވިދާޅުވި އެވެ.

"އެއީ މުޅިން އާ ދުނިޔެތަކެއް. އަދި އެ ދުނިޔެތަކާ ބެހޭ އެއްވެސް އިތުރު މައުލޫމާތެއް ނޭނގޭތީ އަހަރެން ވަރަށް ޝައުގުވެރިވޭ."

ސައިންސްވެރިން މިފަހުން ވަރަށް ގިނަ އެކްސޯޕްލެނެޓްތައް ހޯދާފައިވާއިރު، މިއީ އެ ހޯދުންތަކުގެ ރަންޒަމާނުގެ ގޮތުގައި ވަނީ ސިފަކޮށްފައިވެ އެވެ. ސޯލާ ސިސްޓަމުން ބޭރުން ފުރަތަމަ ފަހަރަށް ދުނިޔެއެއް ހޯދީ 1990 ގަ އެވެ.

ހޯދުންތަކުން އެނގޭ ގޮތުގައި، އެއް ތަރިއަށް ވުރެ ގިނަ ތަރީގެ [އިރު] ވަށައިގެން އެނބުރޭ ޕްލެނެޓްތައް ވެސް ހުރެ އެވެ. އަދި މަރުވެފައިވާ ތަރިތަކުގެ ވަށައިގެން އެނބުރޭ ބައެއް ދުނިޔެތައް ހުރެ އެވެ.

މިހާތަނަށް މައުލޫމާތު ޔަގީންކޮށްފައިވާ ޕްލެނެޓްތަކުގެ ތެރެއިން 30 ޕަސެންޓް ދުނިޔެ އަކީ ގޭސް ޖަޔަންސްޓް، 31 ޕަސެންޓް ދުނިޔެ އަކީ ސުޕަ އާތުސް އަދި 35 ޕަސެންޓް ދުނިޔެތައް ނެޕްޓިއުންއާ އެއްގޮތް ކަމެއް ހުރެ އެވެ. އަދި ހަތަރު ޕަސެންޓް ދުނިޔެ އަކީ ހިކިފަސް، ހިލަ ހުންނަ އަދި ދުނިޔެ ނުވަތަ މާސްއާ އެއްގޮތް ކަންތައްތަކެއް ހުންނަ ޕްލެނެޓްތަކެކެވެ.