Roadha Mihaaru
ބަޔާންދޭނެ މީހުން މަދު، ތިނަދޫގެ އަޑުއެހުން ފަސްްކޮށްފި

ތިނަދޫން މީހުން ބޭލި މައްސަލާގައި ބަޔާން ދޭނެ މީހުން މަދުކަމުން، މާލޭގައި ބާއްވާ އަޑުއެހުން ފަސްކޮށްފި

24 މާޗް 2022

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު، ގދ. ތިނަދޫން މީހުން ބޭލި މައްސަލައާ ގުޅިގެން މާލޭގައި ބާއްވަން ތާވަލުކުރި އަޑުއެހުންތައް ފަސްކޮށްފި އެވެ. އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުން އަންނަ އެ މައްސަލައިގެ އަޑުއެހުންތައް ފެށީ މިދިޔަ ހޮނިހިރު ދުވަހު ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގަ އެވެ. އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ އަޑުއެހުންތަކުގައި ތިނަދޫގެ ދުވަސްވީ ބައެއް މީހުން ވަނީ އޭރުގެ ރައީސްް އިބްރާހިމް ނާސިރު، ސަރުކާރުގެ ވަފުދާ އެކު ގދ. ތިނަދު އަށް ވަޑައިގެން އެ ރަށު މީހުންނާ މެދު އަމަލުކުރި ލާއިންސާނީ އަނިޔާތައް ވަރަށް ތަފްސީލާ އެކު ކިޔައިދީފަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އާންމުކޮށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް އެ އޮފީހުން ކުރިއަށް ގެންދާ އެ އަޑުއެހުންތަކާ ގުޅިގެން އިންތިގާލީ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް ސޮއިކުރައްވައި މިއަދު ނެރުނު އިއުލާނެއްގައި ވަނީ މިމަހުގެ 27 ގައި މާލޭގައި ބާއްވަން ނިންމި އަޑުއެހުންތަކުގައި އެކަށީގެންވާ މިންވަރަށް ބަޔާންދޭނެ ބަޔަކު ނެތުމުން އަޑުއެހުންތައް ފަސްކޮށްފައިވާ ކަމަށެވެ.

"މާލޭގައި ބާއްވާ ޕަބްލިކް ހިއަރިން ބާއްވާނެ ތާރީހުތަކާއި ގަޑިތައް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ވާހަކަ ވެސް ދަންނަވަމެވެ." އިންތިގާލީ އިންސާފުގެ އޮފީހުން ކުރި އިއުލާނުގައި ބުންޏެވެ.

އިންތިގާލީ އޮފީހުން ބަލާނީ ހާދިސާ ހިނގި ގޮތް ހޯދައި ސުލްހަކުރެވޭތޯ އެވެ. އެ އޮފީހުން ބަލައި މައްސަލަތަކުގައި އެއްވެސް ބަޔަކަށް ބަދަލު ދޭން އަދި ނިންމާފައި ނުވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އެކަމަކު އެ މައްސަލައިގައި ތިނަދޫގައި ބޭއްވި އަޑުއެހުންތަކުގައި އެކި ގޮތްގޮތުން އަނިޔާ ލިބުނު މީހުން ވަނީ އެމީހުން ކުރި ހިތި ތަޖުރިބާގެ ބަދަލު ބޭނުންވާ ކަމަށް ބުނެފަ އެވެ.

ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް މައްސަލަ ބެލި އެވެ.

މީގެ ދެ އަހަރު ކުރިން ފާސްކޮށް، އަމަލުކުރަމުން އަންނަ އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮތް ގޮތުން އެ ގާނޫނުގެ ދަށުން އިންސާފު ހޯދޭނީ ޖެނުއަރީ 1، 1953 އިން ނޮވެމްބަރު 17، 2018 އާ ހަމަ އަށް ހިންގާފައިވާ ކަންކަމަށެވެ. އެ މުއްދަތުގައި ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުން ގާނޫނުން އެ އޮފީހަށް ލާޒިމްކޮށްފައިވެ އެވެ.