Roadha Mihaaru
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި

އެއްވުމުގެ ކުރިން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި

25 މާޗް 2022

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި މިއަދު ބާއްވާ "އިންޑިއާ އައުޓް" އެއްވުން ފެށުމުގެ ކުރިން އެ ހަރަކާތް އޮންނަ ސަރަހައްދުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި މިއަދު ބާއްވާ "އިންޑިއާ އައުޓް" އެއްވުން ފެށުމުގެ ކުރިން އެ ހަރަކާތް އޮންނަ ސަރަހައްދުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ހައްޔަރުކޮށްފި އެވެ.

ނަރީޝް ހައްޔަރުކޮށްފައި ވަނީ އިތުރު މީހަކާ އެކު ޗައިނާ އެމްބަސީ ކުރިމަތީގައި މަޑުކޮށްގެން ހުއްޓަ އެވެ. ފުލުހުން އޭނާއާ ވާހަކަތަކެއް ދެއްކުމަށް ފަހު ދެން ފެނުނީ ހައްޔަރުކޮށްގެން ގެންދާ ތަނެވެ.

"އިންޑިއާ އައުޓް" މުޒާހަރާ ނުފެށެނީސް ފުލުހުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" މުޒާހަރާ ނުފެށެނީސް ފުލުހުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: ޕީޕީއެމް

ނަރީޝް ހައްޔަރުކުރި ސަބަބެއް ފުލުހުންގެ ބަހެއް ނުލިބޭތީ އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

މާލޭގައި "އިންޑިއާ އައުޓް" މުޒާހަރާ ނުބާއްވަން ފުލުހުން އިންޒާރު ދީފައި ވަނިކޮށް، އިިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި މިއަދު ހަވީރު އެ މުޒާހަރާ ފަށަން މިހާރު އޮތީ ތައްޔާރަށެވެ.

އެ އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދާ ދިމާލުން އެ މަގުގެ ދެކޮޅުން ވެހިކަލްތަކަށް ނުދަވެވޭ ގޮތަށް ބެރިކޭޑް ބަހައްޓައިފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ދަނީ އެތަނާއި އެ ސަރަހައްދާ ކައިރި އެހެން ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ޔާމީން އިސްކޮށް ހުންނަވައި، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ފަށައިގެން އުޅޭ "އިންޑިއާ އައުޓް" ކެމްޕެއިންގެ ބޮޑު އެއްވުމެއް ބާއްވަން ރޭވުމުން ފުލުހުން މިދިޔަ ބުދަ ދުވަހު ބުނީ އެ އެއްވުން ނުބޭއްވޭނެ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންގޮސްފި ނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފަ އެވެ.