Roadha Mihaaru

ލަންކާގައި ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަނީ، ހޮސްޕިޓަލްތަކުގެ އޮޕަރޭޝަންތައް ވެސް ހުއްޓުމަކަށް

ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ އިގްތިސާދު އިނދަޖެހި، ބޭރުން ތެޔޮ ގަންނަން ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން މިއަދުން ފެށިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ނިންމައިފި އެވެ.

ލަންކާގައި ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަނީ
ހަސަން އާމިރު
ހަސަން އާމިރު

31 މާޗް 2022

ކޮލަމްބޯ (މާޗް 31) - ސްރީ ލަންކާގެ އިގްތިސާދު އިނދަޖެހި، ބޭރުން ތެޔޮ ގަންނަން ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން މިއަދުން ފެށިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ނިންމައިފި އެވެ.

މީގެ އިތުރުން ފުރާނަ ސަލާމަތްކުރަން ކޮންމެހެން ބޭނުންވާ އަސާސީ ބޭސްތައް ހުސްވަމުންދާތީ ބައެއް ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް ކުރުން ވެސް ހުއްޓާލައިފަ އެވެ.

މިއީ 1949 ވަނަ އަހަރު ސްރީ ލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ.

ލަންކާ ސަރުކާރުގެ ކަރަންޓް ކުންފުނިން ބުނީ ދުވާލަކު 10 ގަޑިއިރަށް އިއްޔެ ކަރަންޓް ކެނޑި ނަމަވެސް މިއަދުން ފެށިގެން ތިން ގަޑިއިރު އިތުރުކޮށް، ކޮންމެ ދުވަހަކު ވެސް މުޅި ގައުމުގައި 13 ގަޑިއިރަށް ކަރަންޓް ކަނޑާނެ ކަމަށެވެ. މި މަސް ފެށުނު އިރު ވެސް ލަންކާގައި ކަރަންޓް ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އޭރު ދުވާލަކު ހަތްގަޑިއިރަށް ކަރަންޓް ކަނޑަ އެވެ.

ސަރުކާރުގެ ކުންފުނިން ބުނީ ކަރަންޓް ކަނޑާ ވަގުތު އިތުރު ކުރަން ޖެހުނީ ޖަނެރޭޓްތައް ހިންގާނެ ތެޔޮ ނުލިބިގެން ކަމަށެވެ.