މީގެ 10 އަހަރު ކުރިން މާލޭގައި މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ދެ މީހުންނަށް ވަކީލުން ހަމަޖައްސަން ހައި ކޯޓުން އެންމެ ފަހުގެ ފުރުސަތު މިއަދު ދީފި އެވެ.
05 އެޕްރީލް 2022
މީގެ 10 އަހަރު ކުރިން މާލޭގައި މަރާލި އަބްދުލްމުހީތު (ބޮބީ) ގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ދެ މީހުންނަށް ވަކީލުން ހަމަޖައްސަން ހައި ކޯޓުން އެންމެ ފަހުގެ ފުރުސަތު މިއަދު ދީފި އެވެ.
ފެބްރުއަރީ، 2012 ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅިގަނޑު ތެރޭގައި ބޮބީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު މަރުގެ ހުކުމް އިއްވީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫނާއި ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހުގެ މައްޗަށެވެ.
އެ ދެ މީހުންގެ ފަރާތުން އެ މައްސަލަ އޭރު އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ފެށިއިރު، އެ ދެ މީހުންގެ ވަކީލަކު ނެތެވެ. އެ މީހުން ބުނީ މައްސަލަ އިސްތިއުނާފް ކުރިއިރު ވަކީލަކު ހަމަޖެއްސިޔަސް، އެ ވަކީލު މިއަދު ހާޒިރުނުވީ ކީއްވެގެން ކަން ނޭނގޭ ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތެއް ދޭން އެ ދެ މީހުން އެދުނެވެ.
މުހީތު -- ފޮޓޯ/ފޭސްބުކް
އެ މައްސަލަ ހައި ކޯޓުން ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ އެ މައްސަލައަކީ މަރުގެ މައްސަލައަކަށް ވާތީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ.
އެ މައްސަލައަކީ ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ، އެއީ ވަކީލަކު ހަމަޖައްސަން ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކު ނެތަސް، އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު ހާތިފްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
މުހީތުގެ މަރާ ގުޅިގެން، އޭރު ކުޑަކުދިންގެ ގޮތުގައި ތިބި ދެ މީހަކު މަރަން ވެސް ޖުވެނައިލް ކޯޓުން 2013 ވަނަ އަހަރު ހުކުމްކުރި އެވެ. އެ ދެ މީހުންގެ މަރު ހުކުމް ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ މައްސަލަ އޮތީ މިހާރު ސުޕްރީމް ކޯޓުގަ އެވެ.
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
މުހީތުގެ ދެ ގާތިލުން މަރަން ހައި ކޯޓުން ތާއީދުކޮށްފި
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ނޫރުގެ ގާތިލަށް ކުށް ސާބިތުވިޔަސް މަރުގެއަދަބު ނުދެވޭނެ
ގާތިލަކު މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި