07 އެޕްރީލް 2022
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުން ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުން ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކުލި ދެއްކުން މިހާރު ވެސް ހަތް މަސް ދުވަހަށް ފަސްކޮށްދީފައިވާ ހިޔާ ފްލެޓުތަކުން މި މަހުން ފެށިގެން ކުލި ނަގަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ނިންމައިފަ އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މި މައްސަލާގައި ބުނެފައި ވަނީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ހަވާލުކުރުމުން ގިނަ ބަޔަކު ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައިގެން އެތަން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ލޯނެއް ލިބޭނެ އިންތިޒާމެއް އެ ފަރާތްތަކަށް ހަމަޖައްސާދީފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް-19 ގެ ތަދުމަޑުކަމުން މާލީ ގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާ އެކު ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީ ގޮތުން ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ
ކުލި ނުދައްކައިފި ނަމަ ޖޫރިމަނާކުރަން އެޗްޑީސީން ނިންމުމުން ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.
"...ހިޔާ ފްލެޓުތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން،" ޕީއެންސީގެ ޕީޖީ ލީޑަރު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.
ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ހަތަރު މަހުގެ މުއްދަތެއް ދިނުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކުލި ނަގަން ފެށުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފްލެޓުތަކަށް ބަދަލު ނުވުމާއި ފިނިޝިން ނުނިމޭތީ އާންމުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން މިދިޔަ މަހާ ހަމަޔަށް ކުލި ނުނަގާ ގޮތަަށް ނިންމީ އެވެ.
Ramadan mahaa dhimaakoh, Hiyaa Flat thakun kuli negumakee nikamethi, fageerunnah varah dhathikameh. Hiyaa flat thakuge kuli negun 3 mas dhuvahah faskohdhevvumah ilthimaas kuran. Miee flat thakufai dhiriulhey gina baehge aadheys. Sarukaarakah miee varah kuda kameh! pic.twitter.com/2fA98eVQ6n
— Adam Shareef Umar (@Adamshareefz) April 6, 2022
އެކަމަކު މި މަހު އެކަކުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިހާރު 3،000 އަށް ވުރެ ގިނަ އާއިލާ ދިރިއުޅެމުން އަންނަ ހިޔާ ފްލެޓްތަކުން މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. ނަމަވެސް ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ސަރުކާރުން ކަނޑައަޅާފައިވާ ކުލި ކުޑަ ކުރުމަށް ގޮވާލަމުންނެވެ. އެކަމަށްޓަކައި 1،500 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ ކުއްޔަށް ބަދަލު ނުގެނެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން މާކުރިން ނިންމާފައިވާ ކަމަށާއި އެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ހިޔާފްލެޓްގެ ފިނިޝިންއަށް އޮޅުވާލާ މައްސަލަ ފާހެއް ނުވި
ހިޔާގެ ކުލި 5،000ރ. އަށް ކުޑަކުރަންޖެހޭ: ސަލީމް
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ހިޔާ ފްލެޓްގެ ފިނިޝިންގެ ފައިސާ ދޭ ގޮތް ބަލަނީ
ފާރުތަޅާލި ދެ ފްލެޓްގެ ޖޫރިމަނާގެ ލުޔެއް ނެތް
އެއްކޮށްލި ދެ އެޕާޓްމަންޓު ރާނާތީ އަތުނުލާން ނިންމައިފި
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!