Roadha Mihaaru
އަންނާރު ތޮށިން މީރު ސައިތައްޓެއް

އަންނާރު ތޮށިން މީރު ސައިތައްޓެއް

12 އެޕްރީލް 2022

މޭވާ އާއި ތަރުކާރީ ކާއިރު އޭގެ ތޮށިގަނޑާ އެކު ކެއުމުގެ ފައިދާ ބޮޑުކަން އެކި ދިރާސާތަކުން އެނގެ އެވެ. އެއީ ބައެއް މޭވާގެ އެތެރޭގައި އޮންނަ ބަޔަށް ވުރެ، އޭގެ ތޮށިގަނޑުން ހަށިގަނޑަށް ލިބޭ ފައިދާ ބޮޑުކަމުންނެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މޭވާ އާއި ތަރުކާރީ ކާއިރު އޭގެ ތޮށިގަނޑާ އެކު ކެއުމުގެ ފައިދާ ބޮޑުކަން އެކި ދިރާސާތަކުން އެނގެ އެވެ. އެއީ ބައެއް މޭވާގެ އެތެރޭގައި އޮންނަ ބަޔަށް ވުރެ، އޭގެ ތޮށިގަނޑުން ހަށިގަނޑަށް ލިބޭ ފައިދާ ބޮޑުކަމުންނެވެ.

އަންނާރަކީ މީރު މޭވާއެއް ނަމަވެސް އެންމެން ވެސް ކަނީ އޭގެ އެތެރޭގައި ހުންނަ އޮށްތަކެވެ. މިފަހަރު މި ކިޔައިދެނީ އަންނާރުގެ ތޮށިގަނޑުން، ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭނެ ސައިތައްޓެއް ހަދާނެ ގޮތެވެ.

އަންނާރު ތޮށިން ސައި ހަދަން ބޭނުންވާ ތަކެތި:

- 1 ޖޯޑު ހޫނު ފެން

- އަންނާރުގެ ތޮށި

- މާމުއި

- ލުނބޯ

އަންނާރު ތޮށި ފުށަށް ހަދާނެ ގޮތް:

އަންނާރު ތޮށިތައް ދޮވެލުމަށް ފަހު އަވީގައި ހިކެން ދެން ބަހައްޓާށެވެ. ތޮށިތައް އެއްކޮށް ހިކި، މުނަރަ ވުމުން އަތުން ކުދިކުދި ކޮށްލާށެވެ. ބޭނުން ނަމަ، މިކްސަރަށް އަޅާފައި ބްލެންޑް ކޮށްލިޔަސް އެންމެ ރަނގަޅެވެ. ރަނގަޅަށް ބްލެންޑް ވުމުން ވައި ނުވަންނަހެން ޖަގަކަށް އަޅާފައި ފްރިޖުގައި ބަހައްޓާށެވެ. (ގިނަ ދުވަހު ބޭނުން ކުރަން ބޭނުން ނަމަ)

ސައިތަށި ހަދާނެގޮތް:

ހޫން ފެންތަށްޓަށް، ޕައުޑާ ކުރި އަންނާރު ތޮށިން ސަމުސަލެއް އަޅާލާށެވެ. އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށް ފަހު، ފްރޭންޏަކުން އެހެން ތައްޓަކަށް ފުރާނާލާށެވެ. ރަހަ ފުރިހަމަ ކޮށްލުމަށް ލުނބޯ ފަޅިއެއް ފެލައިލައި، މާމުއި ސަމުސަލެއް އަޅާފައި ގިރާލާށެވެ.

އަންނާރު ތޮށީގެ ސައިން ލިބޭ ފައިދާ:

- ހަޖަމުގެ ކުރުމުގެ މައްސަލަ ހައްލު ކޮށްދޭ

- ހިތުގެ މައްސަލަތައް ކުޑަ ކޮށްދޭ

- ޒުވާންކަންމަތީ ހުރުމަށް އެހީތެރިވެދޭ

- ހަމުގެ ކެންސަރު ފަދަ، ބަލިތަކުން ދުރުކޮށްދޭ