12 އެޕްރީލް 2022
މިފްކޯއިން ކޮންމެ ދޯންޏަކުން ދުވާލަކު ފަސް ޓަނު މަސް ގަންނަ ގޮތަށް ލިމިޓްކުރުމުން މަސްވެރިން ރުޅިގަދަވެ ގއ. ކޫއްޑޫގައި މިއަދު ފެށި އިހުތިޖާޖާ ގުޅިގެން ކުރި މަޝްވަރާގައި، ހުރިހާ މަހެއް ގަންނަން މިފްކޯ އިން އެއްބަސްވުމަށް ފަހު އެ ނިންމުން އަނެއްކާ ބަދަލުކުރުމުން މައްސަލަ އިތުރަށް ގޯސްވެއްޖެ އެވެ.
މިފްކޯއިން ކޮންމެ ދޯންޏަކުން ދުވާލަކު ފަސް ޓަނު މަސް ގަންނަ ގޮތަށް ލިމިޓްކުރުމުން މަސްވެރިން ރުޅިގަދަވެ ގއ. ކޫއްޑޫގައި މިއަދު ފެށި އިހުތިޖާޖާ ގުޅިގެން ކުރި މަޝްވަރާގައި، ހުރިހާ މަހެއް ގަންނަން މިފްކޯ އިން އެއްބަސްވުމަށް ފަހު އެ ނިންމުން އަނެއްކާ ބަދަލުކުރުމުން މައްސަލަ އިތުރަށް ގޯސްވެއްޖެ އެވެ.
މިފްކޯގެ ފެކްޓަރީ ހުންނަ ކޫއްޑޫގައި ފެށި އިހްތިޖާޖާ ގުޅޭ ގޮތުން ވާހަކަ ދެއްކި މަސްވެރިން ބުނި ގޮތުގައި މިއަދުގެ ބައްދަލުވުމަށް ފަހު މެންދުރު 12:00 ހާއިރު ހައްލެއްގެ ގޮތުގައި އެއްބަސްވީ ކިޔޫގައި ތިބި ދޯނިތަކުން ބޭނި ހުރިހާ މަހެއް މިފްކޯއިން ގަތުމަށެވެ. ނަމަވެސް ހަވީރު 4:00 ހާއިރު އެ ނިންމުން ބަދަލުކޮށް އަނެއްކާ ވެސް ފަސް ޓަނަށް ލިމިޓުކޮށްފައިވާ ކަމަށް މަސްވެރިން ބުންޏެވެ.
މަސްވެރިންގެ މި ވާހަކައާ ބެހޭ ގޮތުން މިފްކޯގެ އަދި ކޫއްޑޫގެ ބަހެއް ވެސް ނުލިބުނެވެ.
މިވަގުތު މަސް ކިރުވަން އޮތް ދޯންޏެއްގެ މަސްވެރިޔަކު "މިހާރު" އަށް ބުނީ އެ ބަދަލު ކުއްލިއަކަށް ގެނައީ މިއަދު މަސް ބާނަން ދިޔަ ބައެއް ދޯނިތަކުން މައްސަލަ ޖެއްސުމުން ކަމަށެވެ. އެ ދޯނިތަކުން ކޫއްޑޫއަށް އައީ ކިރުވޭ ވަރު ބަލައިގެން ފަސް ޓަނުގެ މަސް ބާނައިގެން ކަމަށާއި އައި އިރު ލިމިޓް އުވާލާފައި އޮތުމުން ހިތްހަމަ ނުޖެހި މައްސަލަ ޖެއްސީ ކަމަށް އޭނާ ބުންޏެވެ.
"މިއަދު މަހަށް ދިޔަ ދޯނިތަކުން އައީ ފަސް ޓަނު ބާނައިގެން. އެކަމަކު ކިޔޫގައި ތިބިި 15 ޓަނު 45 ޓަނު ބާނައިގެން އައިސް ތިބި ދޯނިތައް. ކޫއްޑޫ އިން ހުރިހާ މަހެއް ގަންނަން ނިންމީމަ އެމީހުން އެކަމާ ރުޅި އައީ. އެމީހުން ރުޅިއައިމާ ކުއްލިއަކަށް އަނެއްކާ އަންގައިފި ފަސް ޓަނޭ ދޯންޏަކަށް ކިރޭނީ. ކިހާ ބޮޑު ދެރަ ކަމެއް އެއީ،" އޭނާ ބުންޏެވެ.
މަސް ކިރުވޭ ލިމިޓް އުވާލުމުން މަސްވެރިންގެ މެދުގައި ހަމަނުޖެހުން އުފެދި ބައެއް ދޯނިތަކުން ވަނީ މަސް ކިރުވަން ހުރަސް ވެސް އަޅައިފަ އެވެ.
މިއަދު ކޫއްޑޫގައި ކުރިއަށްދިޔަ މުާހަރާގެ މަންޒަރުތައް-- ވީޑިއޯ: ޒުވާން މަސްވެރިޔާ ފޭސްބުކް ޕޭޖް
ކޫއްޑޫގެ ހާލަތު ގޯސްވުމުގެ ސަބަބުން އެތަނަށް އެސްއޯ ފުލުހުން ވެސް ވަނީ ގޮސްފަ އެވެ. މިހާރު ވެސް އެތަނުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިވަގުތު މަސް ކިރުވަން ތިބި ދޯނިތަކުގެ ތެރޭގައި ގިނަ އަދަދަކަށް މަސް ބާނައިގެން ކިޔޫގައި ޖެހިގެން ތިބި ދޯނިތައް އެބަތިއްބެވެ. އެ ދޯނިތައް ފުރާނީ ހުރިހާ މަހެއް ކިރުމުން ކަމަށް ބުނެ އަދިވެސް ދަނީ އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް މިހާރު އެތަނުގެ ހާލަތު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.
"ސަރުކާރުން މަސްވެރިންނަށް ހަމަ އަގު ދޭނަމޭ ބުނޭ. މިއީތޯ ހަމަ އަގަކީ. ބާނާ މަހުގެ މަދު އަދަދެއް ކިރުވާފައި ނުއަގުގައި ދެން ވިއްކަން މި ޖެހެނީ. އެެހެންނޫނީ އުކާލަން މިޖެހެނީ. އަޅުގަނޑުމެން ދޯނިތައް ނުނަގާނަން ހުރިހާ މަހެއް ނުކިރަނީސް،" މަސްވެރިޔަކު ބުންޏެވެ.
ކޫއްޑޫގެ ހާލަތާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ދޭން ކޫއްޑޫއިން ވެސް އިންކާރު ކުރީ އެވެ.
މިފްކޯއިން މަސް ކިރުވާ ވަރު ލިމިޓު ކުރުމުން ދެކުނުގެ ބައެއް މަސް ދޯނިތައް ވަނީ ހުޅުމާލެއަށް މިސްރާބު ޖަހައިފަ އެވެ. އެއީ އެންސިސް ފިޝަރީޒް އަށް މަސް ކިރުވުމަށެވެ.
މަސް ކިރުވަން ހުޅުމާލެ އަންނަނީ ބޮޑެތި ދޯނިތަކުންނެވެ. އެއީ ކޫއްޑުއަށް ފަސް ޓަނު މަސް ކިރުވުމަށް ފަހު ލިބޭ ފައިސާއިން ދެކޮޅު ނުޖެހޭތީ ކަމަށް އެންސިސް އަށް މަސް ކިރުވަން އައި ދޯންޏެއްގެ މަސްވެރިޔަކު ކިޔައިދިނެވެ.
"30 ޓަނު، 45 ޓަނު ބާނައިގެން އެންމެ ފަސް ޓަނު ކޫއްޑުއަށް ކިރުވައިގެން މިވަރުގެ ދޯންޏެއްގެ އެއް ދުވަހުގެ ހަރަދު ވެސް ނުހިފެހެއްޓޭނެ. އެހެންވެ ދުރުވިޔަސް ހުޅުމާލެ އައިސް ހުރިހާ މަހެއް މި ކިރުވަނީ. މިއަދުވެސް ދޯންޏެއް ގޮސްފި މަސް ކިރުވާފައި،" އޭނާ ބުންޏެވެ.
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މައްސަލަ ހައްލުކުރާނީ މަސްވެރިންނާ ގުޅިގެން: މިފްކޯ
މުޒާހަރާއާ ހެދި ކޫއްޑޫ ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައި!
މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް
މަސްކޮޅު ނުކިރި އުކާލަން ޖެހޭ ހާލަތް ކުރިމަތިވެއްޖެ!
މިފްކޯ އިން ދެކުނުގެ މަސްވެރިންނަށް ފައިސާ ދޫކުރަނީ
"މަސް ނުކިރިގެން އުޅެނީ މިފްކޯގެ ކޮރަޕްޝަނާ ހެދި"
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ