21 ފެބުރުއަރީ 2024
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ދޫކުރާނީ މަސްވެރިންނާ ގުޅިގެން ކަމަށް މިފްކޯއިން ބުނެފި އެވެ.
މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އޮޑިފަހަރަށް ދޭން ޖެހޭ ފައިސާ ދޫކުރާނީ މަސްވެރިންނާ ގުޅިގެން ކަމަށް މިފްކޯއިން ބުނެފި އެވެ.
އެ ކުންފުނިން މިރޭ ނެރުނު ބަޔާނުގައި ބުނީ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެސް އާއި މިފްކޯގެ ސީއީއޯ އާއި މެނޭޖްމެންޓުން މަސްވެރިނާ ބައްދަލުކޮށް އެ މީހުންގެ އުދާސްތަކާއި ޝަކުވާތައް އަޑުއަހާފައިވާ ކަމަށެވެ. މިފްކޯއިން ބުނީ، މަސްވެރިން ތަހައްމަލުކުރަމުންދާ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯގެ މެނޭޖްމެންޓުން ހާއްސަ އިސްކަމެއްދޭ ކަމަށެވެ.
"މި ބައްދަލުވުމުގައި މަސްވެރިން ދެއްކެވި ރިވެތި ނަމޫނާ އާއި އެ ބޭފުޅުން ބެހެއްޓެވި ގާތްކަން ނުހަނު އުފަލާ އެކު ބަލައިގަންނަމެވެ،" މިފްކޯގެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނީ، މަސްވެރިންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
މަސްވެރިންނަށް ނުލިބި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އޭނާ ވިދާޅުވީ އަންނަ ހަފްތާއާ ހަމައަށް 100 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމަށެވެ.
މިހާތަނަށް މި ސަރުކާރުން މަސްވެރިންނަށް ވަނީ 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. އެކަމަކު އަދިވެސް 300 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އެބަހުއްޓެވެ.
މިފްކޯ އާއި ސަރުކާރުގެ އިސްވެރިން މަސްވެރިންނާ މިއަދު ބައްދަލުކުރި އިރު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުދީގެން މުޒާހަރާ ކުރާތާ ތިން ދުވަސް ވެއްޖެ އެވެ. އެ މުޒާހަރާތަކާ ގުޅިގެން، ފައިސާ ދޫކޮށް ނިންމަން ސަރުކާރުން ފުރަތަމަ ވެސް ތާރީހުތަކެއް ދިނެވެ. އެކަމަކު، މަސްވެރިން ބުނަމުންދަނީ އިހުތިޖާޖު ހުއްޓާލާނީ އެއްކޮށް ފައިސާ ދިނުމުން ކަމަށެވެ.
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މުޒާހަރާއާ ހެދި ކޫއްޑޫ ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައި!
މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނު މަސް
"މަސް ނުކިރިގެން އުޅެނީ މިފްކޯގެ ކޮރަޕްޝަނާ ހެދި"
މަސްވެރިކަން ރަނގަޅުވެ، ކޫއްޑު އަށް ބާރު ބޮޑު ވެއްޖެ
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ދޯނިތަކަށް 10 ޓަނުގެ އައިސް ކްރެޑިޓަށް ދެނީ
މަސްވެރިކަން ރަނގަޅުވާން ފަށައިފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޭނެ: މިފްކޯ