Roadha Mihaaru
"މަސް ނުކިރިގެން އުޅެނީ މިފްކޯގެ ކޮރަޕްޝަނާ ހެދި"

މަސް ނުކިރިގެން އުޅެނީ މިފްކޯ ކޮރަޕްޝަން ބޮޑުވެގެން: ސައުދު

27 އެޕްރީލް 2017

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ދޯނިތަކުން މަސް ކިރާ މިންވަރު މިއަދު ލިމިޓްް ކުރީ އެ ކުންފުނީގައި ކޮރަޕްޝަން ބޮޑުވެގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ދޯނިތަކުން މަސް ކިރާ މިންވަރު މިއަދު ލިމިޓްް ކުރީ އެ ކުންފުނީގައި ކޮރަޕްޝަން ބޮޑުވެގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

މިފްކޯއިން މިއަދު ވަނީ އެ ކުންފުނީގެ އޮޕަރޭޝަން މެނޭޖް ކުރުމަށް، މަސް ކިރުވާ ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސްކަމަށް ކަނޑައަޅާފަ އެވެ. އެތަނުން ބުނިގޮތުގައި މަސް ކިރާ މިންވަރު ލިމިޓު ކުރީ މިފްކޯ އަށް މަސް ލިބެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، މަސް ގަތުމަށް ދިމާވާ ދަތިތައް ހައްލު ކުރުމަށެވެ.

މިކަމަށް ފާޑު ވިދާޅުވެ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފްކޯއިން އެ ކުންފުނީގެ ފިޝަރީޒް ކޮމްޕެލްކްސް ހުންނަ ގއ. ކޫއްޑޫގެ ކުރިމަގަށް ވެސް އިހުމާލުވެފައިވާ ކަމަށެވެ.

"މަސްވެރިކަމުގެ ސިނާއަތުން މި ފެންނަނީ ސަރުކާރުން މަސްވެރިންނާ މެދު އިހުމާލުވަމުން ދާތަން،" މަސްވެރިންނަށް ކުރާ "އަނިޔާ" ހުއްޓާލަން ގޮވާލައްވައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.

މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ. މިދިޔަ ދެ ދުވަހު ވެސް މިފްކޯ އަށް 720 ޓަނު މަސް ކިރުވި އެވެ. އެއީ ދުވާލަކު 360 ޓަނުގެ މަހެވެ. އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.