Roadha Mihaaru
އުސޫލާ ޚިލާފަށް ސަލާމް ބުނުމުން ނަސޭހަތް ދެނީ

އުސޫލާ ޚިލާފަށް ސަލާމް ބުނި މެޖިސްޓްރޭޓަކަށް ނަސޭހަތް ދެނީ

13 އެޕްރީލް 2020

އުސޫލާ ޚިލާފަށް ސަލާމް ބުނި މެޖިސްޓްރޭޓަކު ސުލޫކީ މިންގަނޑާ ޚިލާފްވި ކަމަށް ނިންމައި، އޭނާ އަށް ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުސޫލާ ޚިލާފަށް ސަލާމް ބުނި މެޖިސްޓްރޭޓަކު ސުލޫކީ މިންގަނޑާ ޚިލާފްވި ކަމަށް ނިންމައި، އޭނާ އަށް ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފް ސަލާމް ބުނުމުގެ އުސޫލާ ޚިލާފަށް ސަލާމް ވިދާޅުވާ ކަމަށް ބުނެ ލިބުނު ޝަކުވާ ބެލިއިރު އޭނާ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަޒީފާއާ ބެހޭ ގާނޫނާއި ގާނޫނުއަސާސީ އާއިި ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ވެފައިވާ ކަމަށެވެ.

އެހެންވެ، އޭނާ އަށް ނަސޭހަތް ދިނުމާ އެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުމަށް މައިކްރޯސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް ބޭއްވި އެ ބައްދަލުވުމުގައި އަންގަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ކޮމިޝަނުން އެ ގޮތަށް ނިންމިއިރު، އެކި މައްސަލަތަކާ ގުޅިގެން މީގެ ކުރިން ބައެއް ވެސް ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވަކިކުރަން ވެެސް ޖޭއެސްސީން ކުރިން ނިންމި އެވެ. އަދި އެހެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާތީ އެ ބޭފުޅުން އަދިިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.