Roadha Mihaaru
މެޖިސްޓްރޭޓް މައުސޫމް ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް

މެޖިސްޓްރޭޓް މައުސޫމް ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި

22 ޖުލައި 2020

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ އަށް ފޮނުވައިފި އެވެ.

އިސް މެޖިިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮޮމިޝަން (ޖޭއެސްސީ) އިން ވަކިކުރަން މަޖިލީހަށް ފޮނުވީ ރިޝްވަތާއި ނާޖާއިޒް ފައިދާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގަ އެވެ. އެ މައްސަލަތައް ބަލަމުންދާތީ އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓަން ޖޭއެސްސީއަށް އެހީތެރިވެ ދިނުން ކަމަށެވެ. އަދި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އިންސާފު ކަށަވަރުކޮށް ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ، އެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން އެހެން ބައެއް ފަނޑިޔާރުން ވެސް ސުލޫކީ މައްސަލަތަކުގައި މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވި އެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވާއިރު، ދެން ތިއްބެވި ބޭފުޅުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.