Roadha Mihaaru
ނަރުދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް

ނަރުދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއަށް

29 އެޕްރީލް 2022

ށ.ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ށ.ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

މަޝްރޫއުގެ ތަފްސީލް:

- ޓީ ޖެޓީއެއް ތަރައްގީކޮށް ބަނދަރުގެ ޖާގަ މިހާރަށްވުރެ ދެގުނަ ބޮޑުކުރާނެ

- މަޝްރޫއު ނިމޭއިރު ބަނދަރުގެ ޖުމްލަ ދިގުމިނުގައި 786 ފޫޓު ހުންނާނެ.

- 210 މީޓަރުގެ އެއްގަމުތޮށި ލާނެ.

- ލޭންޑިން ކްރާފްޓް ފަދަ އުޅަނދުފަހަރު ގާތް ކުރުމަށް ރޭމްޕް ތަރައްގީ ކުރާނެ.

- ބަނދަރު ބޭނުންކުރާ އުޅަނދުފަހަރު ވާ އެއްސުމަށް ބޮއި ހަރުކުރާނެ.

މިއީ 1 އަހަރުން ނިންމަން 44 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.

ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު މިހާރު ބޭނުން ކުރަމުން އަންނަ ނެރު ބަދަލުކުރާނެ ކަމަށެވެ. އަދި ނެރުގެ ދެ ފަރާތުގައި ބޮޑު ހިލައިން ފައިކަށިލުމުގެ މަސައްކަތާއި 371 މީޓަރު ދިގުމިނުގައި ކަނޑުތޮށިލުމަށް ހަވާލުކޮށްފައިވާކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ ބަނދަރު ކޮނެގެން ނެގޭ ވެލި އެޅުމަށްފަހު 205 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި އެ ސަރަހައްދު ހިމާޔަތް ކުރުން ވެސް މަޝްރޫއުގެ ތެރޭގައި ހިމެނިފައިވާ ކަމަށެވެ.