ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށް ކުރިމަތިވި، ބަނޑުފުޅުގެ އާލާސްކަންފުޅަކަށް ފަހު، ކުރިއަށް އޮތް ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ކެމްޕެއިންގައި އަލުން ބައިވެރިވެވަޑައިގަންނަވަން އިއްޔެ ފައްޓަވައިފި އެވެ.
ތުރުކީ ވިލާތުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށް ކުރިމަތިވި، ބަނޑުފުޅުގެ އާލާސްކަންފުޅަކަށް ފަހު، ކުރިއަށް އޮތް ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ކެމްޕެއިންގައި އަލުން ބައިވެރިވެވަޑައިގަންނަވަން އިއްޔެ ފައްޓަވައިފި އެވެ.
ރައީސް އުރުދުޣާނަށް އާލާސްކަންފުޅެއް ކުރިމަތިވެގެން ފަރުވާ ހޯއްދަވަން ފެއްޓެވީ، މިދިޔަ ބުދަ ދުވަހު އެ ގައުމުގެ ޓީވީ ޗެނަލަކުން އިންތިޚާބާ ބެހޭ ގޮތުން ވަގުތުން ދުރަށް ފޮނުވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަނިކޮށް، ބަނޑުފުޅުގައި ރިއްސަން ފެށުމުން އެ ޕްރޮގްރާމް ކެންސަލް ކުރައްވައިފަ އެވެ. ވިހި މިނެޓްގެ މެދުކެނޑުމަކަށް ފަހު އެ ޕްރޮގްރާމް ނިންމައިލީ، އާލާސްކަންފުޅެއް ކުރިމަތިވެފައިވާ ކަމަށް، ރައީސް އުރުދުޣާން އަމިއްލައަށް ވިދާޅުވުމަށް ފަހު އެވެ.
އޭގެ ތިން ދުވަސް ފަހުން އިއްޔެ އަލުން ކެމްޕޭނަށް ނުކުމެވަޑައިގެން އެންމެ ފުރަތަމަ ވެސް ބައިވެރިވެވަޑައިގަތީ، އިދިކޮޅު ޕާޓީތަކުގެ ބޮޑު މަގުބޫލުކަމެއް އޮންނަ، ބަނދަރުމަތީ ސަހަރެއް ކަމަށްވާ އިޒްމީރުގައި އޮތް އެއްވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ރައީސް އުރުދުޣާން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިންތިޒާރުގައި، އެތައް ހާސް ބަޔަކު އެތައް ގަޑިއިރެއް ވަންދެން ދުވާލުގެ ގަދަ ހޫނުގައި ތިއްބެވެ.
ތުރުކީ ވިލާތުގެ ނޫސްތަކުން ބުނި ގޮތުގައި ރައީސް އުރުދުޣާން އިއްޔެ ކެމްޕޭނަށް ނުކުމެވަޑައިގެންނެވި އިރު، އާލާސްކަންފުޅެއްގައި އުޅުއްވި ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. އިއްޔެގެ އެ ބައްދަލުވުމުގައި ރައީސް އުރުދުޣާން 40 މިނެޓް ވަންދެން ވާހަކަ ދެއްކެވި އިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވަރަށް ވަރުގަދަ އަށް ބަހުގެ ހަމަލާތައް ދެއްވި އެވެ.
ރިއާސީ އިންތިޚާބާއި އާންމު އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ، މި ފެށޭ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. ފުރަތަމަ ބުރުގެ ވޯޓުލުމުގައި، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓްގެ ވޯޓު ލިބިވަޑައިނުގެންފި ނަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ވާދަކުރައްވާ ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އޭގެ ދެ ހަފުތާ ފަހުންނެވެ.
މިފަހަރުގެ ރިއާސީ އިންތިޚާބުގައި ރައީސް އުރުދުޣާންއާ އެންމެ ގާތުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ބެލެވެނީ، އިދިކޮޅު ހަ ސިޔާސީ ޕާޓީއެއްގެ ތާއީދާއެކު ވާދަ ކުރައްވާ، ސެކިއުލާ ސިޔާސަތެއް ގެންގުޅުއްވާ ކަމާލް ކިލިޗްދްރޯލޫ އެވެ. އޭނާއަކީ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ޗެއާމަނެވެ.
އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު ތުރުކީ ވިލާތުގެ މުހިންމު ބައެއް ސަރަހައްދުތަކުގައި ރައީސް އުރުދުޣާން އަށް ވުރެ، ކަލާމްގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
ރައީސް އުރުދުޣާން، ވެރިކަމުގެ އާ ދައުރަކަށް ހޮވިއްޖެ
ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށިއްޖެ
އުރުދުޣާން އަށް އިތުރު ދައުރެއްގެ މަގު ތަނަވަސްވެއްޖެ
ތުރުކީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
އުރުދުޣާން ސައޫދީ އަރަބިއްޔާގައި
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި
އދ.ގައި އޮތީ އިޒްރޭލު ހިމާޔަތްކުރާ މަޖިލީހެއް