Roadha Mihaaru
ކޮފީ ވިތު ކަރަންގައި ޕުޝްޕާގެ ޖޯޑު ފެންނާނެ

ކޮފީ ވިތު ކަރަންގައި މިފަހަރު އައްލޫ އާއި ރަޝްމިކާ ފެންނާނެ

06 މެއި 2022

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހުށަހަޅާ، ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު، އެ ޝޯގެ އެޕިސޯޑެއްގައި ތަމަޅަ އަދި ތެލުގޫ ސިނަމާގައި ވިދަމުން އަންނަ އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހުށަހަޅާ، ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަން ފަށަން ތައްޔާރުވެފައިވާއިރު، އެ ޝޯގެ އެޕިސޯޑެއްގައި ތަމަޅަ އަދި ތެލުގޫ ސިނަމާގައި ވިދަމުން އަންނަ އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ފިލްމުތަކަށް ވުރެ ދެކުނު އިންޑިއާގެ ފިލްމުތަކަށް ލިބޭ ތަރުހީބު ބޮޑުވަމުން އަންނަ މި ދަނޑިވަޅުގައި "ކޮފީ ވިތު ކަރަން" އަށް ދެކުނު އިންޑިއާގެ އެކްޓަރުން ނުގެނައުން ވާނީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ އަހަރު ޑިސެމްބަރު މަހު 17 ގައި ނެރުނު އަދި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވެސް ލިބުނު، "ޕުޝްޕާ: ދަ ރައިޒް"ގެ ލީޑު ދެ ތަރިން ކަމަށްވާ، އައްލޫ އާއި ރަޝްމިކާ، އެ ޝޯ އަށް ގެންދިއުމަށް ވަނީ ވާހަކަދައްކައިފަ އެވެ. އަދި އެމީހުން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށްވެ އެވެ.

އައްލޫ އާއި ރަޝްމިކާގެ އިތުރުން ވެސް ދެކުނު އިންޑިއާގެ ފިލްމުތަކުގައި މަޝްހޫރު، ސަމަންތާ ރުތު ޕްރަބޫ އާއި ޔަޝް ކަހަލަ ތަރިންތަކެއް ފެންނާނެ ކަމަށްވެ އެވެ.

ކޮފީ ވިތު ކަރަންގެ ހަ ވަނަ ސީޒަންގައި ދެކުނު އިންޑިއާގެ އެކްޓަރު ޕްރަބާސް ފެނުނެވެ. އޭނާ ވަނީ ބޮލީވުޑްގެ ދެ ފިލްމަކުން ފެނިފަ އެވެ. އާންމުކޮށް އެ ޝޯ އިން ފެންނަނީ ބޮލީވުޑްގައި މަސައްކަތްކުރާ ތަރިންނެވެ. އެކަމަކު މިހާރު ބޮކްސް އޮފީހުގައި އެންމެ ތަރުހީބު ބޮޑީ ދެކުނު އިންޑިއާގެ ފިލްމުތަކަށް ވުމުން، ގިނަ ބަޔަކު ތިބީ އެ ތަރިން ފެންނާނެ ކަމަށް އުއްމީދުކޮށްގެންނެވެ.

ކަރަން ހޯސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަން އެއްވެސް ޓީވީ ޗެނަލަކުން މިފަހަރު ނުދައްކާނެ އެވެ. އެ ޝޯ މިފަހަރު ސްޓްރީމް ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.