08 މެއި 2022
އައްޑޫގައި ކުރިއަށް ގެންދާ މަގެ ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގައި މަގު ކޮންނަ އިރު، ބައެއް ގޭތަކުގެ ފާރުތައް ވެއްޓޭ މައްސަލައެއް ބޮޑުވެއްޖެ އެވެ.
އައްޑޫގައި ކުރިއަށް ގެންދާ މަގެ ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގައި މަގު ކޮންނަ އިރު، ބައެއް ގޭތަކުގެ ފާރުތައް ވެއްޓޭ މައްސަލައެއް ބޮޑުވެއްޖެ އެވެ.
އިންޑިއާގެ އެފްކޯންސް އިންފްރަސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްގެން އައްޑޫގެ މަގުތައް ތަރައްގީކުރަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އެކަމަކު އެ މަސައްކަތުގެ ދަށުން މަގު ކޮންނަން ފެށި ފަހުން މިހާތަނަށް ފޭދޫގެ ދެ ގެއަކާއި ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގެ ފާރުން ބައެއް ވެއްޓުނެވެ.
އެކަމުގެ ޝަކުވާ ބޮޑުވެ، އެ މަސައްކަތްކުރަމުންދާ ކުންފުންޏާ އެކު އައްޑޫގައި ހުންނަ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ކައުންސިލުން ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ސޯބެ، "މިހާރު" އަށް ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއް ތަރައްގީކުރަން ފެށުމުގެ ކުރިން ސާވޭއެއް ވެސް ހަދާފައިވާ ކަމަށާއި އެ ސާވޭގެ ރިޕޯޓް ކައުންސިލުގައި ވެސް އޮންނާނެ ކަމަށެވެ.
ފާރުތައް ވެއްޓެން ދިމާވާ ސަބަބެއް ކަމަށް، ސޯބެ ވިދާޅުވީ އައްޑޫގައި ވަރަށް އިހުގެ ފާރުތައް ވެސް ހުރުން ކަމަށެވެ.
"ވަރަށް ކުރީ ޒަމާނުގެ ފާރުތައް ވެސް އެބަހުރި، ފައުންޑޭޝަން ނެތި ހުންނަ ފާރުތައް. އެއްވެސް ވަރަކަށް ސިމެންތި ޖަހާފައި ނެތް ފާރުތައް ވެސް އެބަހުރި. ކޮންޓްރެކްޓާ ސައިޑުން މަސައްކަތްކުރާއިރު ފިޔަވަޅު އަޅައިގެން މިހާރު ވެސް މަސައްކަތްކުރަނީ،" އޭނާ ވިދާޅުވި އެވެ.
މަގު ހެދުމުގެ މަސައްކަތްކުރާ ކުންފުނިން މަގުތައް ކޮންނައިރު އެކްސްކަވޭޓަރެއް ވެސް ބޭނުން ނުކުރާ ކަމަށާއި އެ މަސައްކަތްކުރަނީ ފާރުގައި އެއްޗެއް ވެސް ވިއްދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅައިގެން ކަމަށް ސޯބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ ވަރަށް ވިއްސާރަ ދުވަސްވަރަކަށްވާތީ ފަސްގަނޑު ދޫވެފައި އޮތުމުން ވެސް އެކަހަލަ މައްސަލަތައް ދިމާވެދާނެ އެވެ.
އެކަމަކު އެކަން ތަކުރާރު ނުވާނެ ގޮތަކަށް މަަސައްކަތް އިތުރަށް ރޭވުމަށް ކޮންޓްރެކްޓަރަށް ގެތަކުގެ މީހުންގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ދުވަސްވީ ފާރުތަކާ މެދު ދެ ފަރާތުން [ކޮންޓްރެކްޓަރާއި ގޭގެ ވެރިން] ވާހަކަ ދައްކައިގެން ހައްލު ހޯދަންޖެހޭނީ."
ސޯބެ ވިދާޅުވީ ދުވަސްވެފައި ހުރި ފާރުތައް ހުންނެ ގެތަކުގެ ވެރިންނާއި ވާހަކަ ދައްކައިގެން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން މޭޔަރު ވެސް އެ ބައްދަލުވުމުގައި ދެއްވި ކަމަށެވެ.
"މަގުތައް ހެދޭނީ މަގުތައް ވެސް ކޮނެގެން. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަނީ ޕްރޮޖެކްޓްގައި ދިމާވާ ކަންކަމަށް އެއްބާރުލުމާއި އެހީތެރިކަން ދީގެން ކުރިއަށް ގެންދާނެ ކަމަށް. މަގު ކޮންނައިރު އެއްވެސް މައްސަލައެއް އުޅޭ ނަމަ އަވަށު އޮފީސްތަކަށް ނޫނީ ކައުންސިލާ ވިޔަސް ހިއްސާކޮށްގެން ކުރިއަށް ގެންދިއުމަށް އެދެނީ." ސޯބެ ވިދާޅުވި އެވެ.
އައްޑޫގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ހިތަދު އާއި މަރަދު އާއި މަރަދޫ ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. އެ މަޝްރޫއުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓާ ޑްރެއިނޭޖް ގާއިމްކުރުމަށް ނިންމާފައިވެ އެވެ.
އެ މަޝްރޫއުގެ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ހުރިހާ އަވަށްތަކެއްގައި 40 ކިލޯމީޓަރުގެ މަގު، ތާރު އަޅައިގެންނާއި ގާ އަޅައިގެން ތަރައްގީ ކުރާނެ އެވެ. ހަންކެޑަ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ އާ ލިންކްރޯޑެއް ވެސް ހަދާނެ އެވެ.
އެއް ބިލިއަން ރުފިޔާގެ އެ މަޝްރޫއަކީ، އައްޑޫގައި މިހާތަނަށް ހިންގާ، މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫއެވެ.
އައްޑޫ ލިންކްރޯޑް ތަރައްގީކުރަނީ މޮނޮރެއިލް ލެވޭ ގޮތަށް
އަސްލަމް އައްޑުއަށް ވަޑައިގެން ހައްލުތަކާ ދިމާއަށް!
މި ރެއިން ފެށިގެން އައްޑޫގައި އަނެއްކާ ވެސް ކާފިއު
ފޭދޫގެ ފެން ހިންދާ ނިޒާމު ކައުންސިލާ ހަވާލުކޮށްފި
ކޮވިޑް-19: މީދޫގެ ހުރިހާ ގެއަކުން ސާމްޕަލް ނަގަނީ
އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އަދި ނުފެނޭ: އީއޯސީ
އައްޑު އާއި ފުވައްމުލަކުން 49 މީހުން ޕޮޒިޓިވް!
އައްޑޫގައި ކޮވިޑްގެ ސީރިއަސް ކޭސްއެއް އަދި ނެތް
އައްޑޫ ކްލަސްޓާ އިން ތިނަދު އާއި ހޯނޑެއްދުއަށް ބިރު!
އައްޑޫ ޑެޕިއުޓީ މޭޔަރު އިސްތިއުފާ ދީފި