Roadha Mihaaru
ދަތް އުނގުޅަން ހިތިގަހު ގޮފިކޮޅެއް؛ ފައިދާ ބޮޑު

ދަތް އުނގުޅަން ހިތިގަހު ގޮފިކޮޅެއް؛ ފައިދާ ބޮޑު

03 ޖޫން 2022

ހިތި ފަތަކީ އެތައް އަހަރުތަކެއް ކުރިން ފެށިގެން ދިވެހިން ބޭހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ފެނަށް އަޅައިގެން އަދި އެނޫން ވެސް ގޮތްގޮތަށް ފަތް ބޭނުންކުރާއިރު ހިތި ގަހުގެ ގޮފިން ދަތަށް ފައިދާކުރާ ކަން އެނގޭ ހެއްޔެވެ؟

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ހިތި ފަތަކީ އެތައް އަހަރުތަކެއް ކުރިން ފެށިގެން ދިވެހިން ބޭހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ފެނަށް އަޅައިގެން އަދި އެނޫން ވެސް ގޮތްގޮތަށް ފަތް ބޭނުންކުރާއިރު ހިތި ގަހުގެ ގޮފިން ދަތަށް ފައިދާކުރާ ކަން އެނގޭ ހެއްޔެވެ؟

އިންޑިއާގެ ނިއުޓްރީޝަނެއް ކަމަށްވާ ނިދީ ގުޕްތާ ބުނާ ގޮތުގައި އަނގައިގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަކީ ހަމައެކި ބޭސް ބޭނުންކޮށްގެން ނިންމާލެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އެންމެ ފުނުގައިވާ މައްސަލަ ހޯދުން މުހިއްމު ކަމަށާއި ހިތި ގަހުގެ ގޮތްޕަކީ އެންމެ އެތެރޭގެ މައްސަލަތަކަށް އެހީއެއް ހޯދައިދޭނެ ކަމެއް ކަމުގައި ނިދީ ބުނެ އެވެ.

ނިދީ ބުނާގޮތުގައި ހިތި ގަހުގެ ގޮފިން ދަތް އުނގުޅުމަކީ ދަތަށް ވަރަށް ފައިދާ ވާނެ ކަމެކެވެ. ހިތި ގޮފިން ދަތް އުނގުޅާއިރު އޭގެ ތެޔޮ އަނގައަށް ދެ އެވެ. އެއީ އެންޓި ބެކްޓީރިއަލް އަދި އެންޓި މައިކްރޯބިއަލް ސިފަތައް ހުންނަ އެއްޗެކެވެ.

ނިދީ ބުނި ގޮތުގައި އޭނާ އެ ބޭނުންކުރަނީ ހަފުތާގެ ދެ ދުވަހަކު އެވެ. އެހެން ދުވަސްތަކުގައި އާދައިގެ ބޭހުން ދަތް އުނގުޅަނީ އެވެ. އޭނާ ބުނަނީ ނަތީޖާ ރަނގަޅު ކަމަށެވެ.

އޭނާ ބުނީ ހިތި ގޮފިން ދަތް އުނގުޅުމުން ހިރުގަނޑު ވަރުގަދަވެ އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށް އެހީއަކަށްވާ ކަމަށެވެ. އަދި އޭޭގެ އިތުރުން ދަތް ހުދުވުމަށް ވެސް އެ ގޮފި އެހީތެރިވާ ކަމަށް ބުންޏެވެ.