Roadha Mihaaru
މޫދު ކުޅިވަރުތަކަށް މާފުށީ ޖަލު ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

މޫދު ކުޅިވަރުތަކަށް މާފުށީ ޖަލު ސަރަހައްދު ބޭނުންކުރުން މަނާކޮށްފި

05 ޖޫން 2022

މޫދު ކުޅިވަރުތަކަށް މާފުށީ ޖަލު ސަރަހައްދު ބޭނުންކުރުން މާފުށީ ކައުންސިލުން މިއަދު މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޫދު ކުޅިވަރުތަކަށް މާފުށީ ޖަލު ސަރަހައްދު ބޭނުންކުރުން މާފުށީ ކައުންސިލުން މިއަދު މަނާކޮށްފި އެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނުގައި ބުނީ ޖަލު ހިމެނޭ ސަރަހައްދު މަތިން ޕެރެސައިލިންނާއި ޑްރޯން އަދި ޖަލުގެ މޫދުގެ އައްސޭރިފަށް ކައިރިން ޖެޓްސްކީ ފަދަ ވޯޓަސްޕޯޓްސްގެ އުޅަނދުތައް ދުއްވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ނަމަވެސް އެ ސަރަހައްދަކީ ހާއްސަ ހުއްދައާއެކު ވަދެވޭ ތަނަކަށްވާއިރު ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިންގާ ހަރަކާތްތައް އާއްމުންނަށް ފެނުމުގެ ފުރުސަތު އޮތުމުން ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ހުއްދަ ނެތި ޖަލު ހިމެނޭ ސަރަހައްދުގެ ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު އޮތުމާއި ޖަލަށް ވަގަށް ތަކެތި ވެއްދުމާއި އުކުން ނުވަތަ ޕޮޓްކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް އިއުލާނުގައި ބުނެ އެވެ.

"ވީމާ، މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގެ މަތިން ޕެރަސެއިލިން އާއި ޑްރޯން އަދި މާފުށީ އައްސޭރިފަށާ ކައިރިން ވޯޓަސްޕޯޓްސްއަށް ބޭނުންކުރާ އެއްވެސް އުޅަނދެއް ދުއްވުމާއި ގާތްކުރުމަކީ މަނާކަމެއްކަމުގައި އަންގަމެވެ،" ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.