އިންޑިއާގައި ވެރިކަންކުރާ ޕާޓީގެ އިސް ދެ ވެރިއަކު، އިސްލާމް ދީނަށާއި މި އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް، މިދިޔަ ހުކުރު ދުވަހު އިންޑިއާގައި މުޒާހަރާ ކުރި މުސްލިމުންނާ ދެކޮޅަށް، އެ ގައުމުގެ ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް، މުސްލިމުންނަށް ބޮޑެތި އަނިޔާތަކެއް ދީ ދެ ޒުވާނަކު މަރާލައިފި އެވެ.
އިންޑިއާގައި ވެރިކަންކުރާ ޕާޓީގެ އިސް ދެ ވެރިއަކު، އިސްލާމް ދީނަށާއި މި އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކޮށް، މިދިޔަ ހުކުރު ދުވަހު އިންޑިއާގައި މުޒާހަރާ ކުރި މުސްލިމުންނާ ދެކޮޅަށް، އެ ގައުމުގެ ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށް، މުސްލިމުންނަށް ބޮޑެތި އަނިޔާތަކެއް ދީ ދެ ޒުވާނަކު މަރާލައިފި އެވެ.
އިސްލާމް ދީނަށާއި މި އުންމަތުގެ މާތް ނަބިއްޔާއަށް ފުރައްސާރަކުރި މީހުން ހައްޔަރުކުރުމަށް ގޮވާލައި، އެތައް ހާސް ބަޔަކު އިންޑިއާގެ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. އެ ގައުމުގެ އިރުމަތީ ޖަރްކަންދު ސްޓޭޓްގެ ރަންޗީ ކިޔާ ސަހަރުގައި ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވީ މުއްދައްސިރު، 14، އާއި ސާހިލް އަންސާރީ، 19، އެވެ.
Indian police detain Indian Muslims for protesting RSS-BJP regime’s insults to Islam and brutally beat them in the police station.
— Pieter Friedrich (@FriedrichPieter) June 12, 2022
Innocent until proven guilty? Not in Modi’s regime. Thrashed until subdued and cowed is more like it.#IndianMuslimsLivesMatter pic.twitter.com/RY2rwLnqiF
މީގެ ތެރެއިން މުއްދައްސިރު މަރުވީ، ފުލުހުން އޭނާގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން، ރާޖެންދުރަ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސް އަށް ގެންގޮސް ފަރުވާ ދެނިކޮށެވެ. ސާހިލް މަރުވީ ހުކުރު ނަމާދުން ނިމިގެން ގެއަށް ދިޔަ މަގުމަތީ، ފުލުހުން ޖެހި ވަޒަނެއް އޭނާގެ ބުރަކައްޓަށް އެރުމުގެ ސަބަބުންނެވެ.
މުސްލިމުން މުޒާހަރާ އަށް ނުކުތުމުން، އެކަމާ ދެކޮޅަށް ހަރުކަށި ހިންދޫންގެ ޖަމާއަތެއް ވެސް، ލަކުޑިބުރިތަކާއި ތޫނު ހަތިޔާރު ހިފައިގެން މުޒާހަރާ އަށް ނުކުމެ މުސްލިމުންނާ ކުރިމަތިލި އެވެ. އެއަށް ފަހު ހަރުކަށި ހިންދޫންނާއި ފުލުހުން ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ދިނެވެ.
Visual from Ranchi A boy was stuck after clash watch how @HemantSorenJMM police are throwing stones and firing bullets on him pic.twitter.com/8mGuIBPJcB#جمعة_نصرة_رسول_الله#غضبة_المليار_لرسول_الله#إلا_رسول_الله_يا_مودي#IndianMuslimsUnderAttack#StopTargetingIndianMuslims
— United Against Religious Hate (@officialuarh) June 11, 2022
ފުލުހުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލީ ކަރުނަ ގޭހާއި މުގުރާއި ލަޓިބުރިތަކާއި ބަޑި ހިފައިގެންނެވެ. މުޒާހަރާގެ ތެރެއިން ބައެއް މުސްލިމުން އަތުލައިގަނެ، ލަޓިބުރިތަކުން ތަޅައި އަނިޔާ ކުރުމަށް ފަހު، ދުވެ ފިލަން ދޫކޮށްލުމަށް ފަހު، ދުވަން ފެށުމާއެކު ގަލުން ތަޅައި އަނިޔާ ކުރި އެވެ. އެއަށް ފަހު ވައިގެ ތެރެއަށް ބަޑި ޖަހައި ބިރުގެންނެވި އެވެ.
އަލް ޖަޒީރާ ޓީވީ ޗެނަލުން ބުނި ގޮތުގައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މުސްލިމުންގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރި އެވެ. މުޒާހަރާ ކުރި މުސްލިމުންނަށް، ހަރުކަށި ހިންދޫން އަނިޔާކޮށް ގޯނާ ކުރަމުން ދިޔައިރު، ފުލުހުން ތިބީ ހިންދޫންގެ ހިމާޔަތުގަ އެވެ.
Indian police demolish Muslim houses after they took part in protests to oppose the insulting remarks on Prophet Muhammad (PBUH) in Uttar Pradesh.#MuslimsNotSafe_In_India #MuslimsUnderAttackinIndia #banindia#BuycottIndia pic.twitter.com/yquDaKPSuI
— Kashmir Resistance (@imaam_anwar) June 11, 2022
ހުކުރު ދުވަހު މުޒާހަރާތައް ބޭއްވި ސަރަހައްދުތަކުގެ ތެރޭގައި، އެންމެ އުތުރުގައި އޮންނަ އުއްތަރް ޕްރަދޭޝް އާއި ހުޅަނގު ބެންގޯލް އާއި މަހާރާޝްތުރާ އާއި ވެރިރަށް ދިއްލީ ވެސް ހިމެނެ އެވެ.
އުއްތަރް ޕްރަދޭޝްގައި ބޭއްވި މުޒާހަރާގައި އިސްވެ ހަރަކާތްތެރިވި ބައެއް މީހުން ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށުން އެމީހުންގެ ގެތައް ވަނީ ތަޅައި ސުންނާފަތިކޮށްފަ އެވެ. އެ ސަރަހައްދުން އެކަނި ވެސް މުސްލިމުންގެ 200 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Indian Police searching for anyone looking like a Muslim on the streets. Persecution , Humiliation and lynching against Muslims.#غضبة_المليار_لرسول_الله#إلا_رسول_الله_يا_مودي#IndianMuslimsUnderAttack#مقاطعة_المنتجات_الهندية#StopTargetingIndianMuslims pic.twitter.com/FPIFsCZkpF
— Ahmed Alsomairi (@Alsomairi_Ahmed) June 12, 2022
އުއްތަރް ޕްރަދޭޝްގެ ފުލުހުން ހައްޔަރުކުރި ބައެއް މީހުންގެ ގައިގައި ލަކުޑިބުރިތަކުން ތަޅައި އަނިޔާކުރާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ބައެއް ގޭގެއަށް ފުލުހުން ދަންވަރު ވަދެ، އެ ގޭގޭގައި ތިބި ފިރިހެނުން ހައްޔަރުކޮށްގެން ގެންގޮސް މިހާރު ތިބީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.
އިސްލާމް ދީނާއި ނަބިއްޔާގެ ދިފާއުގައި މުޒާހަރާ ކުރި މުސްލިމުންނާ ދެކޮޅަށް، އިންޑިއާގެ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާތީ، އިންޑިއާގެ މުސްލިމް ޖަމާއަތްތަކުން ގެންދަނީ އެކަން ކުށްވެރިކުރަމުންނެވެ.
If you kill one, you will get 100 more, if you kill 100, you will get 1000 more Muslim in india
— The Truth of Indian (@SkyOfTech1) June 11, 2022
Goli Modi Nupur sharma#MuslimsUnderAttackinIndia #nupursharmabjp #MuslimsNotSafe_In_India #BJP_हटाओ_देश_बचाओ #crytocurrency #Cryptomarket pic.twitter.com/yjrQcRomWm pic.twitter.com/1NEquy3M1W
އިންޑިއާ ފުލުހުން، މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ދިފާއުކޮށް، ވެރިކަން ކުރާ ބީޖޭޕީން ބުނެފައިވަނީ، ގޯސް ހެދީ މުސްލިމުން ކަމަށެވެ. އެ ޕާޓީގެ ތަރުޖަމާނު އަލޯކް ވަޓްސް ވިދާޅުވީ މުޒާހަރާ ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށާއި، ނަމަވެސް މުޒާހަރާ ކުރަން ނުކުމެ ގާ އުކުމަކީ ގޯހެއް ކަމަށެވެ.
ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ތުހުމަތުކުރެވޭ ބީޖޭޕީގެ ދެ ވެރިންނަށް އެ ޕާޓީން މިހާރު ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން، ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ މިހާރުވަނީ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އަދި ވެރިރަށް ނިއު ދިއްލީގައި ހުންނަ، އެ ޕާޓީގެ މީޑިއާ އިންޗާޖްގެ މަގާމުގައި ހުރި ނަވީން ކުމާރު މިހާރު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
މުސްލިމުން ކިބައިން މާފަށްއެދެން އެމްއެންޕީން ގޮވާލައިފި
އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ޕީޕީއެމުން ނުކުންނަނީ
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
އިންޑިއާގެ މުސްލިމް މާމަ ޓައިމްގެ ގަދަ 100 އަށް
މައްސަލަ ބޮޑު ގާނޫނު ދިފާއުކުރަން ބީޖޭޕީ ނުކުންނަނީ
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
އިންޑިއާގެ މުޒާހަރާތަކުގައި ލޭ އޮހޮރުވުން ބޮޑުވަނީ
އިންޑިއާގެ މުޒާހަރާތަކުގައި އިތުރު ތިން މަރު