Roadha Mihaaru
400 މީޓަރުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލައިފި

އެއް އަހަރު ތެރޭ 400 މީޓަރުގެ ގައުމީ ރެކޯޑް ދެވަނަ ފަހަރަށް ހިމްނާ މުގުރާލައިފި

14 ޖޫން 2022

ސްޕްރިންޓް ކެޓަގަރީގެ އެންމެ އުނދަގޫ އިވެންޓް، 400 މީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑް އެއް އަހަރު ތެރޭ އައިޝަތު ހިމްނާ ހަސަން ދެވަނަ ފަހަރަށް މުގުރާލައިފި އެވެ.

ސްޕްރިންޓް ކެޓަގަރީގެ އެންމެ އުނދަގޫ އިވެންޓް، 400 މީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑް އެއް އަހަރު ތެރޭ އައިޝަތު ހިމްނާ ހަސަން ދެވަނަ ފަހަރަށް މުގުރާލައިފި އެވެ.

އިއްޔެ ބޭއްވި ގައުމީ ޓީމު ސެލެކްޝަންގެ ޓައިމް ޓްރެއަލްގައި 400 މީޓަރުގެ ރެކޯޑް އޭނާ މުގުރާލީ، ކުރިން އޭނާ ހެދި ރެކޯޑަށް ވުރެ އެއް މިނެޓާއި 30 ސިކުންތަށް ވުރެ އަވަހަށެވެ.

މިދިޔަ އަހަރު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 58.90 ސިކުންތުން އޭނާ ހެދި ރެކޯޑް އިއްޔެ ހުޅުމާލޭ ސިންޓެޓިކް ޓްރެކްގައި ދުވެ އޭނާ ނިންމީ 57.56 ސިކުންތުންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ތޮލާލް، ހިމްނާ އަށް މަރުހަބާ ވިދާލުވެ ކުރެއްވި ޓްވީޓް

އޭގެ ކުރިން ވެސް އެ އިވެންޓްގެ ރެކޯޑް އޮންނަނީ ހިމްނާ އަތުގަ އެވެ. ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ. އިއްޔެ އަކީ އޭނާ މިރެކޯޑް އާ ކުރި ފަސްވަނަ ފަހަރެވެ. ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި ވާދަކޮށް ހިމްނާ ވަނީ ދެވަނަ ފަހަރަށް އެ ރެކޯޑް އާ ކޮށްފަ އެވެ. އޭރު އޭނާ ރޭސް ނިންމީ 59.73 ސިކުންތުންނެވެ.

މި އިވެންޓްގެ ރެކޯޑް ހިމްނާ އެންމެ ފުރަތަމަ ހެދީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރްފަތު އަހްމަދު، 1:33 (އެއް މިނެޓް ތިރިސް ސިކުންތު) ނިންމައިގެން ހެދި ރެކޯޑް ހިމްނާ މުގުރާލި 59.76 ސިކުންތުންނެވެ.

ހިމްނާ އަށް އެންމެ ފަރިތަ އިވެންޓަކީ ވެސް 400 މީޓަރުގެ އިވެންޓެވެ.ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގައި ވާދަކޮށް އެ ކެޓެގެރީގެ ފައިނަލަށް ވެސް ހިމްނާ ދަތުރު ކުރި އެވެ.