10 އޯގަސްޓް 2022
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު 200 މީޓަރުގެ ގައުމީ ރެކޯޑް ވެސް މުގުރާލައި، ރާއްޖޭގެ ސްޕްރިންޓްގެ އަންހެން ކެޓަގަރީގެ ގައުމީ ހުރިހާ ރެކޯޑެއް އައިޝަތު ހިމްނާ ހަސަން މުގުރާލައިފި އެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު 200 މީޓަރުގެ ގައުމީ ރެކޯޑް ވެސް މުގުރާލައި، ރާއްޖޭގެ ސްޕްރިންޓްގެ އަންހެން ކެޓަގަރީގެ ގައުމީ ހުރިހާ ރެކޯޑެއް އައިޝަތު ހިމްނާ ހަސަން މުގުރާލައިފި އެވެ.
ހިމްނާ އަތުގައި މިހާރު ރާއްޖޭގެ އަންހެނުންގެ 100 މީޓަރުގެ ރެކޯޑް، 200 މީޓަރުގެ ރެކޯޑް، 400 މީޓަރުގެ ރެކޯޑް ވެސް އެބައޮތެވެ. އެޔާއެކު ސްޕްރިންޓްގެ އައުްޓްޑޯ ހުރިހާ ރެކެޑެއް އޮތް އޭނާ މިހާރު ވަނީ ހަދައިފަ އެވެ. އަދި ޓީމު އިވެންޓުން އަންހެނުންގެ 4 ގުނަ 100 މީޓަރުގެ ރެކޯޑްގައި ވެސް ހިމްނާގެ ހިއްސާ އެބައޮތެވެ.
މިއަދު 200 މީޓަރުގެ ހީޓް 2 ގައި ހިމްނާ ފަސްވަނައިގައި ރޭސް ނިންމީ 24.66 ސިކުތުންނެވެ. ހިމްނާ މުގުރާލީ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ އަފާ އިސްމާއީލް ހެދި ހަ އަހަރު ކުރިން ހެދި ރެކޯޑެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި 2016 ގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި އަފާ ރެކޯޑް ހެދީ 24.96 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އޭގެ ކުރިން ވެސް އެ ރެކޯޑް އޮންނަނީ އަފާ އަތުގަ އެވެ. ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަފާ ރޭސް ނިންމީ 25:43 ސިކުތުންނެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލި އަންހެން އެތުލީޓްގެ ޝަރަފު ހޯދި ހިމްނާ ވަނީ މިދިޔަ ހަފުތާގައި 100 މީޓަރުގެ ގައުމީ ރެކޯޑް ވެސް މުގުރައިލައިފަ އެވެ. އެއީ ގައުމީ ރެކޯޑްގައި އޭނާގެ އެންމެ ބޮޑު ކާމިޔާބެވެ. އަދި އެ ރެކޯޑާއެކު ހިމްނާ ވަނީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހީ ރެކޯޑެއް މުގުރާލައިފަ އެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި މިއަދު ހިމްނާ ވާދަ ކުރަނީ: އޭނާ މިއަދު ވަނީ 200 މީޓަރުގެ ގައުމީ ރެކޯޑް މުގުރާލައިފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
ހިމްނާ ރެކޯޑް މުގުރާލުމުގެ ކުރިން 21 އަހަރު ވަންދެން އެ ރެކޯޑް މުގުރާނުލެވި އޮތެވެ. ކޮމަންވެލްތު ގޭމްސްގައި ވާދަކޮށް ހިމްނާ، 12.17 ސިކުންތުން މުގުރާލި ގައުމީ ރެކޯޑް ކުރިން އޮތީ ރާއްޖޭގެ އުފެދުނު އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު އަތުގަ އެވެ. ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ޝަމްހާ ރޭސް ނިންމީ 12.27 ސިކުންތުންނެވެ.
މި އަހަރު މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެތުލެޓިކްސްގެ އެއްވަނަ އަންހެން އެތުލީޓްގެ މަގާމު ހޯދި ހިމްނާ ވަނީ 400 މީޓަރުގެ ރެކޯޑް ފަސް ފަހަރަށް މުގުރާލައިފަ އެވެ. އެ އިވެންޓަށް ފަރިތަ ހިމްނާ އެންމެ ފަހުން އެ ރެކޯޑް މުގުރާލީ ޖޫން މަހު ބޭއްވި ގައުމީ ޓައިމް ޓްރެއަލްގައި ވާދަކޮށް 57.56 ސިކުންތުންނެވެ. އޭރު އޭނާ ރެކޯޑް މުގުރާލީ ކުރިން ހެދި ރެކޯޑަށް އެއް އަހަރު ވެސް ނުވަނީހެވެ.
މިދިޔަ އަހަރު އޯގަސްޓް މަހު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 58.90 ސިކުތުންނެވެ. އޭގެ ކުރިން އޭނާ އެ ރެކޯޑް ހެދީ ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ.
ދެވަނަ ފަހަރު އޭނާ މުގުރާލީ ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި 59.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެންމެ ފުރަތަމަ ފަހަރަށް 400 މީޓަރުގެ ރެކޯޑް އޭނާ ހެދީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އޭރު އޭނާ ރޭސް ނިންމީ 59.76 ސިކުތުންނެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ މިރްފަތު އަހްމަދު، އަތުގަ އެވެ. އިންޑީގެ ނިއު ދެއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރުފަތު ރޭސް ނިންމީ 59.76 ސިކުންތުންނެވެ.
މިއަދު 200 މީޓަރުގައި ރާއްޖޭގެ ރިފާ މުހައްމަދު ވެސް ވާދަ ކުރި އެވެ. ހީޓް 1 ގައި ވާދަކޮށް އޭނާ ދިޔައީ ހަވަނަ އަށެވެ. އޭނާ ރޭސް ނިންމީ 26.09 ސިކުންތުންނެވެ.
ގާތްގާތުގައި ހިމްނާ 400 މީޓަރު ރެކޯޑް އާކޮށްފި
ދެއަހަރުގެ ތަމްރީނަށް ހިމްނާ އާއި އިބާދުﷲ ޖެމެއިކާއަށް
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
200 މީޓަރުން ވެސް ސާއިދު އެއްވަނަ ހޯދައިފި
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
ހަ ދުވަސްތެރޭ ގައުމީ ރިލޭ ޓީމަށް ދެވަނަ ރެކޯޑް
ރާއްޖޭގެ ދިދަ އުފުލާނީ ހިމްނާ އާއި ވިލްދާން
ޒަމާންވީ 100 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައިފި
400 މީޓަރުގެ ގައުމީ ރެކޯޑް ހިމްނާ މުގުރާލައިފި
ކޮމަންވެލްތު ގޭމްސްގެ ސްކޮޑްގައި ސާއިދާއި ހިމްނާ